މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 170 ވަނަ ޞަފްޙާ

ހަންޏާމީދޫ ފެނުގެ ނިޒާމުގެ މަަސައްކަތް ބާރަށް ކުރިއަށް

ހަންޏާމީދޫ ފެނުގެ ނިޒާމުގެ މަަސައްކަތް ބާރަށް ކުރިއަށް

އދ. ހަންޏާމީދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައކްަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 41 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 70 އިންސައްތަ މަސައްކަތާއި 4.91 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ. […]

އަޙްމަދު ވަހީދު
ސަރުކާރުގެ ސަބްމެރިން ކޭބަލް އަޅަން އިންޑިއާ ކުންފުންޏަކަށް

ސަރުކާރުގެ ސަބްމެރިން ކޭބަލް އަޅަން އިންޑިއާ ކުންފުންޏަކަށް

ސަރުކާރުގެ އެންމެ ފުރަތަމަ ސަބްމެރިން ކޭބަލް އަޅަން އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ކުންފުނި، ރިލަޔަންސް ޖިއޯއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް)ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާޕާސަން ރިޔާޒް މަންސޫރެވެ. އަދި ޖިއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް މެތިއު އޮމެންއެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ބައިވެ...

އަޙްމަދު ވަހީދު
އުރީދޫގެ އަހަރީ އާއްމު ޖަލްސާ މާޗު 7ގައި

އުރީދޫގެ އަހަރީ އާއްމު ޖަލްސާ މާޗު 7ގައި

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ މާޗު ހަތް ވަނަ ދުވަހަށް ތާވަލު ކޮށްފިއެވެ. އެ ކުންފުނިން ބުނީ މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭ 8:30 ގައި ކަމަށެވެ. ޖަލްސާ އޮންނާނޯ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލުގައެވެ. އުރީދޫ އިން ބުނީ ކޯވިޑް-19ގެ މިހާރުގެ ހާލަތާއި ހިއްސާދާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ، އަހަރީ އާންމު ޖަލްސާ ބާއްވާއިރު، ސަރުކާރުން އިއުލާނުކޮށްފައިވާ […]

އަޙްމަދު ވަހީދު
ވީއައިއޭގެ އާ ރެކޯޑެއް، އިއްޔެ 839 އެއާ ޓްރެފިކް މޫވްމަންޓް

ވީއައިއޭގެ އާ ރެކޯޑެއް، އިއްޔެ 839 އެއާ ޓްރެފިކް މޫވްމަންޓް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އެއާ ޓްރެފިކް މޫވްމެންޓުގެ އާ ރެކޯޑެއް ހަދައިފިއެވެ. ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްްޔެ 839 އެއާ ޓްރެފިކް މޫވްމަންޓް ވަނީ ރެކޯޑު ކޮށްފައެވެ. އެންމެ ފަހުން މިފަދަ ރެކޯޑެއް ހެދުނީ ޖެނިއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެ ދުވަހު 826 އެއާޓްރެފިކް މޫވްމަންޓް ވަނީ ރެކޯޑް ކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެ އެކަނިވެސް 210 މަތިންދާ ބޯޓު ވީއައިއޭގެ […]

އަޙްމަދު ވަހީދު
ދަރަނބޫދޫ ބަނދަރުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

ދަރަނބޫދޫ ބަނދަރުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ އެއްގަމުތޮށި […]

އަޙްމަދު ވަހީދު
ފެނަކައިން ހިދުމަތް ދޭ ރަށްތަކުން އައިސް ލިބޭ ގޮތް ހަދަނީ

ފެނަކައިން ހިދުމަތް ދޭ ރަށްތަކުން އައިސް ލިބޭ ގޮތް ހަދަނީ

ފެނަކަ ކޯޕަރޭޝަނުން އިންޖީނުގެތައް ހިންގާ ހުރިހާ ރަށަކުން މަސްވެރިންނަށް އައިސް ލިބޭނެ ގޮތް ހަދަން މަސައްކަތް ކުރަމުންއަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. މިހާރު ޅ. އަރޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްްޔެ ނައިފަރުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަކީ ސަރުކާރިން އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން ފެނަކައިގެ އިންޖީނުގެތައް ހުންނަ ރަށްރަށުން މަސްވެރިންނަށް...

އަޙްމަދު ވަހީދު
މޫލީ މެދުވެރިކޮށް އެޕަލް ގިފްޓް ކާޑަކާއި 3850 ޕަބްޖީ ޔޫސީ ހޯދުމުގެ ފުރުސަތު

މޫލީ މެދުވެރިކޮށް އެޕަލް ގިފްޓް ކާޑަކާއި 3850 ޕަބްޖީ ޔޫސީ ހޯދުމުގެ ފުރުސަތު

މޫލީ މެދުވެރިކޮށް އެޕަލް ގިފްޓް ކާޑަކާއި ޕަބްޖީ ޔޫސީ ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތުގެ ދަށުން މޫލީ ގެ އީ2އެސް ޕްރޮޑަކްޓުތައް ގަންނަ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން އެއްވަނައަށް ހޮވާލެވޭ ނަސީބުވެރިއަކަށް 50 ޑޮލަރުގެ އެޕަލް ގިފްޓް ކާޑެއް ލިބޭއިރު ދެވަނައަށް 3850 ޕަބްޖީ ޔޫސީ ލިބޭނެއެވެ. މޫލީއަކީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމެވެ. މި ޕްލެޓްފޯމުގެ ދަށުން ލިބެން ހުންނަ އީ2އެސް ޕްރޮޑަކްޓުތަކަކީ ޑިޖިޓަލް ކާޑާއި ގޭމިން ކަރަންސީގެ ބާވަތްތަކެވެ. މީގެ ތެރޭގައި […]

އަޙްމަދު ވަހީދު
އުކުޅަހުގެ ވޯލްޓޭޖް ޑްރޮޕް މައްސަލައަށް ދާއިމީ ހައްލެއް

އުކުޅަހުގެ ވޯލްޓޭޖް ޑްރޮޕް މައްސަލައަށް ދާއިމީ ހައްލެއް

އއ. އުކުޅަހުގެ އިންޖީނުގެއަށް ދިމާވެފައިވާ ވޯލްޓޭޖް ޑްރޮޕްގެ މައްސަލައަށް ސްޓެލްކޯއިން ދާއިމީ ހައްލެއް ހޯދައިދީފިއެވެ. އެ ކުންފުނިން ވަނީ އުކުޅަހުގެ ވޯލްޓޭޖް ޑްރޮޕް މައްސަލަ ހައްލު ކުރުމަށް ވޯލްޓޭޖް ސްޓެބިލައިޒާއެއް ބަހައްޓައި އިއްޔެ ބޭނުންކުރަން ފަށާފައެވެ. މިއާއެކު އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯއިން އަންނަނީ އުކުޅަހުގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ. މި މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް އެ ކުންފުނިން ވަ...

އަޙްމަދު ވަހީދު
މޯލްޑިވްސް ގޭސްގެ މުވައްޒަފުންގެ ޕްރޮފައިލް ފޮޓޯތައް ސުވާލު މާކެއްގެ ތެރޭގައި!

މޯލްޑިވްސް ގޭސްގެ މުވައްޒަފުންގެ ޕްރޮފައިލް ފޮޓޯތައް ސުވާލު މާކެއްގެ ތެރޭގައި!

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރިކުރާ މޯލްޑިވްސް ގޭސްގެ މުވައްޒަފުންގެ ފޭސްބުކް އަދި އެހެނިހެން ސޯޝަލް މީޑިއާ ގެ ޕްރޮފައިލް ގެ ފޮޓޯތައް ސުވާލު މާކުތަކުން ފުރާލައިފި އެވެ. އެކުންފުނިން މީސްމީޑިޔާގައި ބޭނުން ކުރަމުން އަންނަ ރަސްމީ ޗެނަލްތަކުގެ ޕްރޮފައިލްވެސް ވަނީ ބަދަލުވެފަ އެވެ. މި ސުވާލު މާކު ތަކާއި ގުޅިގެން އާންމުން އަންނަނީ އެކި ސުވާލު ކުރަމުންނެވެ. ރާއްޖޭގެ ބާޒާރުގައި އެންމެ ހެޔޮ އަގުގައި ގޭސް ވިއްކަމުން އަންނަ މޯލްޑިވްސް ގޭސް އިން ގޭސް އަގު […]

އިބްރާހިމް އަސްވާޤް
ހުއްދަ ނަގައިގެން ސޯޝަލް ހައުސިންގެ ފްލެޓުތައް ކުއްޔަށް ދެވޭ ގޮތް ހަދައިފި

ހުއްދަ ނަގައިގެން ސޯޝަލް ހައުސިންގެ ފްލެޓުތައް ކުއްޔަށް ދެވޭ ގޮތް ހަދައިފި

ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކުރާ ރޯހައުސްތަކާއި ފުލެޓުތައް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާބެހޭ ގަވާއިދެއް އެކުލަވާލައިފިއެވެ. ހައުސިން މިނިސްޓްރީން ނެރެފައިވާ ގަވާއިދުގައިވާ ގޮތުން ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދެވޭނީ އެ މަޝްރޫއު ހިންގި އިދާރާއިން ކަނޑައަޅައިފައިވާ އުސޫލުތަކުގެ ދަށުން އެ އިދާރާއެއްގެ ހުއްދަ ލިބިގެން ކަމަށެވެ. ނަމަވެސް އިޖުތިމާއީ ހައުސިން މަޝްރޫއުތަކުގެ ދަށުން ދޫކޮށްފައިވާ ފުލެޓްތަކާއި ރޯހައުސްތަކާއި ގޯތި...

އަޙްމަދު ވަހީދު
ދިރާގުގެ ބައެއް ނަންބަރުތަކުން ގުޅުމާއި ޑާޓާ ލިބުމުގައި އަނެއްކާވެސް ދަތިތަކެއް

ދިރާގުގެ ބައެއް ނަންބަރުތަކުން ގުޅުމާއި ޑާޓާ ލިބުމުގައި އަނެއްކާވެސް ދަތިތަކެއް

ދިރާގުގެ ބައެއް ނަންބަރުތަކުން ގުޅުމާއި ޑާޓާ ލިބުމުގައި އަނެއްކާވެސް ދަތިތަކެއް ދިމާވެއްޖެއެވެ. ދިރާގުން ކުރި ޓްވީޓެއްގައި ބުނީ ބައެއް ކަސްޓަމަރުންނަށް ވޮއިސް ކޯލް ކުރުމުގައި އަދި ޑާޓާ ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލަ ދިމާވާން ޖެހުނު ސަބަބެއް ހާމަ އެއް ނުކުރެއެވެ. މި މައްސަލަ ހައްލުކޮށް ވީހާ ވެސް އަވަހަށް އަލުން ހިދުމަތް ދެވޭތޯ މަސައްކަތްކުރާ ކަމަށް ވެސް ދިރާގުން ބުންޏެވެ. Some...

އިބްރާހިމް އަސްވާޤް
ރަޝިޔާގެ ބިލިއަނަރު އަޒްމަނަވްގެ ޕްރައިވެޓް އެއާބަސް ރާއްޖޭގައި

ރަޝިޔާގެ ބިލިއަނަރު އަޒްމަނަވްގެ ޕްރައިވެޓް އެއާބަސް ރާއްޖޭގައި

ރަޝިއާގެ ބިލިއަނަރެއް ކަމަށްވާ އެލީޝާ ބަރަކަނޯވިޗް އަޒްމަނަވްގެ ޕްރައިވެޓް އެއާބަސް އޭ340 ރާއްޖެއަށް އަތުވެއްޖެއެވެ. ރާއްޖޭގެ އޭވިޝަންގެ ހަބަރު ގެނެސްދޭ އޭވިއޭޓަސް މޯލްޑިވްސްގައި ބުނެފައިވާ ގޮތުގައި މި ބޯޓު އައީ މި ހަފިތާ ތެރޭގައެވެ. ނަމަވެސް އެއާ ގުޅޭ އިތުރު މައުލޫމާތެއް އެ ވެބްސައިޓުގައި އާއްމު ކޮށްފައި ނުވެއެވެ. އަޒްމަނަވް މައިނިން އާއި މެޓަލްގެ ވިޔަފާރި ކުރާ ބޭފުޅެކެވެ. އޭނާ އަކީ ރަޝިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މެޓަލޯ އިންވެސްޓްމަންޓުގެ މެޖޯރިޓީ ޝެއާ ހޮލްޑާވެސްމެއެވެ. […]

އަޙްމަދު ވަހީދު
އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ވައިބަރ އިން ފައިސާ ފޮނުވޭ ގޮތް ހަދައިފި

އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ވައިބަރ އިން ފައިސާ ފޮނުވޭ ގޮތް ހަދައިފި

އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ވައިބަރ އިން ފައިސާ ފޮނުވޭ ހިދުމަތެއް މިއަދު ތައާރަފުކޮށްފި އެވެ. މި ހިދުމަތް ތައާރަފު ކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު ހަސަން އަލް ހަމާދީ އާއި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމެވެ. މި ރަސްމިއްޔާތުގައި ވައިބާރގެ ސީނިއާ ޑިރެކްޓަރު ޑީވިޑް ސޫ ވެސް ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވިއެވެ. އުރީދޫން ބުނި ގޮތުގައި އެ ކުންފުނިން މި ހިދުމަތް ތައާރަފުކުރީ ވަކިވަކި […]

އަޙްމަދު ވަހީދު
އެސްޓީއޯގެ އެންމެ ރަނގަޅު 5 ކޮންސްޓްރަކްޝަން އެޖެންޓުންނަށް އިނާމު ދީފި

އެސްޓީއޯގެ އެންމެ ރަނގަޅު 5 ކޮންސްޓްރަކްޝަން އެޖެންޓުންނަށް އިނާމު ދީފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން މިދިޔަ އަހަރު އެންމެ ރަނގަޅު ވިޔަފާރި ކޮށްފައިވާ އެޖެންޓުންގެ އަގު ވަޒަންކޮށްފިއެވެ. އެޖެންޓުންގެ އަގު ވަޒަން ކުރުމަށްޓަކައި މިއަދު ބޭއްވި ހަފްލާގައި މިދިޔަ އަހަރު އެންމެ ރަނގަޅު ފަސް އެޖެންޓުން ހޮވައި، ކޮންމެ މީހަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗަރެެއް ވަނީ ދީފައެވެ. މި ގިފްޓް ވައުޗާޔައް ހަވާލުކޮށްދެއްވީ އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާންއެވެ. އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓުން...

އަޙްމަދު ވަހީދު
މިފަހަރުވެސް ދިވެހި ޕްރިމިއާ ލީގުގެ ޕާޓްނަރަކަށް އުރީދޫ

މިފަހަރުވެސް ދިވެހި ޕްރިމިއާ ލީގުގެ ޕާޓްނަރަކަށް އުރީދޫ

އުރީދޫ ދިވެހި ޕްރިމިއާ ލީގު މިއަހަރުގެ އާ ސީޒަނަށް އުރީދޫ މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) ގުޅިގެން މިއަދު ޕާޓްނާޝިޕް އިއުލާންކޮށްފިއެވެ. އުރީދޫގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ އިވެންޓެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަަލް-ހަމާދީއެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އުރީދޫގެ ސީއީއޯ ހާލިދު ވިދާޅުވީ ފުޓްބޯޅައަކީ އެއްބައިވަންތަކަން ގެނުވައިދާ ކުޅިވަރަކަަސް ވާއިރި...

އަޙްމަދު ވަހީދު