ދިވެހިންގެ މާލީ ބައިވެރިވުން ދެނެގަންނަން ސާވޭއެއް ހަދަނީ
ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ) އިން އިސްނަގައިގެން”ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ” އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. މި ސްޓްރެޓެޖީ އެކުލަވާލުމަށް ބޭނުންވާ މުހިންމު މައުލޫމާތު ހޯދުމަށް އެ އިދާރާއިންވަނީ ގައުމީ ފެންވަރުގެ ސާވޭއެއް ކުރިއަށް ގެންދަން ނިންމާފައެވެ. މި ސާވޭ ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ. މި ސާވޭއަކީ ރާއްޖޭގައި މާލީ ބައިވެރިވުން އޮތް މިންވަރު ދެނެގަނެ، މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުން މާލ...