ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ މޯލްޑިވިއަން އިން ޓިކެޓް އަގުބޮޑުކޮށްފި
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑު ކޮށްފައިވާތީ މޯލްޑިވިއަން އެއާލައިނުން ދަތުރުތަކުގެ އަގު ބޮޑުކޮށްފިއެވެ. މިއަދުން ފެށިގެން އެ އެއާލައިނުން ވަނީ އެތެރޭގެ އުދުހުންތަކުގައި ޓިކެޓުތަކުން 180ރ. ބޮޑުކޮށްފައެވެ. މޯލްޑިވިއަން އިން މައުލޫމާތު ދޭ ގޮތުގައި ޔޫކްރޭނާއި ރަޝިއާ ހަނގުރާމައިގެ ސަބަބުން ޖެޓް ފިޔުލް ލިބޭ އަގު ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން އަގު 40 އިންސައްތަ ބޮޑުވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އެ އެއާލައިނުން ޓިކެޓް އަގު ބޮޑު ކުރީ ފިޔުލް ސާޗާޖުންނެވެ. އެތެރޭގެ އުދުހުންތަކުގެ […]