މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 146 ވަނަ ޞަފްޙާ

ދެ ހަފްތާއިން ފެނިގެންދިޔައީ އުއްމީދީ ނަތީޖާއެއް: ވެމްކޯ

ދެ ހަފްތާއިން ފެނިގެންދިޔައީ އުއްމީދީ ނަތީޖާއެއް: ވެމްކޯ

ކުނި ވަކިކޮށްގެން އުކާލަން ފެށިތާ ދެ ހަފްތާ ވެފައިވާއިރު ފެނިގެންދަނީ އުއްމީދީ ނަތީޖާއެއް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި ބައެއް ގޭބިސީތަކުން ކުނި ނެރުމުގެ އާދަޔަށް ހެޔޮ ބަދަލު އަންނަމުންދެއެވެ. އެގޮތުން ބައެއް ގޭބިސީތަކުން ކުނި ކޮަތަޅު ފުރާލުމަށްފަހު ނޫނީ އުކާލުމަށް ނުނެރޭކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިއީ އުފަލާއެކު ބަލައިގަންނަ ބަދަލެއް ކަމަށް ވެމްކޯއިން ވަނީ ފާހަގަ ކޮށްފައެވެ. ވެމްކޯއިން ވަނީ […]

އަޙްމަދު ވަހީދު
35 އަހަރުވީ ބާ އިންޖީނުގެ ނިއްވާލާ، މާމެންދޫގެ އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފި

35 އަހަރުވީ ބާ އިންޖީނުގެ ނިއްވާލާ، މާމެންދޫގެ އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފި

ލ.މާމެންދޫގައި މީހުން ދިރިއުޅޭ ސަރައްހައްދުގައި ހުރި އިންޖީނުގެ ނިއްވާލައި އާ އިންޖީނުގެއިން ޚިދުމަތް ދޭން ފަށައިފިއެވެ. މި އިންޖީނުގެއިން ހިދުމަތް ދޭން ފެށުމާއެކު އެރަށުގައި ހުރި 35 އަހަރުވީ އިންޖީނުގޭގެ ޖަނަރޭޓަރު ވަނީ ނިއްވާލާފައެވެ. އެ އިންޖީނުގެ އަކީ އާއްމުން ދިރިއުޅޭ ގެތައް ހުންނަ ސަރަޙައްދުގައި ހުންނަ އިންޖީނުގެއެކެވެ. އާ އިންޖީނުގެއަކީ ޖާގައިގެ ގޮތުންވެސް ބޮޑު ތަނެއް ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. އެގޮތުން އާ އިންޖީނުގެގޭގައި 25 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. އާ އިންޖީނު ގ...

އަޙްމަދު ވަހީދު
އެމްޓީސީސީން ބަސް ޑްރައިވަރުން ހޯދަނީ

އެމްޓީސީސީން ބަސް ޑްރައިވަރުން ހޯދަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބަސް ޑްރައިވަރުން ހޯދަން އިއުލާންކޮށްފިއެވެ. އެ ކުންފުނިން މިއަދުކުރި އިއުލާނެއްގައި ވަނީ 35 ބަސް ޑްރައިވަރުން ހޯދާ ކަމަށް ބުނެފައެވެ. މި މަގާމަށް މުވައްޒަފުން ހޯދަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓަށެވެ. މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރާނެއެވެ. އެމްޓީސީސީގެ ބަސް ޑްރައިވަރެއްގެ މުސާރައަކީ 14،000ރ. އެވެ. މީގެ އިތުރުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ އ...

އަޙްމަދު ވަހީދު
ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްލަތުގެ ބޮޑުބައެއް ނިންމާލައިފި

ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްލަތުގެ ބޮޑުބައެއް ނިންމާލައިފި

ފުވައްމުލަށް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތުގެ 72.65 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ. އަދި ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމ...

އަޙްމަދު ވަހީދު
ސެމްސަން ފޯނުތައް ހާއްސަ އަގުތަކެއްގައި މޫލީ އިން

ސެމްސަން ފޯނުތައް ހާއްސަ އަގުތަކެއްގައި މޫލީ އިން

އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ އިން ސެމްސަންގެ ފޯނުތައް ހާއްސަ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ލިމިޓެޑް ޓައިމް އޮފާއެއްގެ ގޮތުގައި އުރީދޫ އިން ވަނީ ސެމްސަންގެ ފަހުގެ ފޯނުތައް ވަރަށް ބޮޑަށް އަގުހެޔޮ ކޮށްފައެވެ. މިއީ މިވަގުތު ރާއްޖޭގެ ބާޒާރުގައި މިތަކެތި ލިބެން ހުރި އެންމެ ހެޔޮ އަގެވެ. މޫލީ އިން ލިބެން ހުންނަ ސެމްސަން ބްރޭންޑުގެ ފޯނުގެ ތެރޭގައި ގެލެކްސީ އެސް21 އާއި ގެލެކްސީ ޒީ ފްލިޕް އާއި ނޯޓް 20 އާއި […]

އަޙްމަދު ވަހީދު
ސްޓެލްކޯ ޓަވަރުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ފަށައިފި

ސްޓެލްކޯ ޓަވަރުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްޓެލްކޯގެ ފްލެޓުތަކަށް ކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ މަސައްކަތް ފަށައިފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަރުގެ ދަށުން ޓްރާންސްފޯމަރު ބެހެއްޓުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ. އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސްޓެލްކޯއިން ނިންމާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ. ބޯޑުން މިގޮތަށް ނިންމީ ކަރަންޓުގެ ކަންކަން ލަސްވުމުންނެވެ....

އަޙްމަދު ވަހީދު
މިދިޔަ މަހު މީރާ މެދުވެރިކޮށް 1.28 ބިލިއަން ރުފިޔާ

މިދިޔަ މަހު މީރާ މެދުވެރިކޮށް 1.28 ބިލިއަން ރުފިޔާ

މިދިޔަ މެއި މަހު މީރާ މެދުވެރިކޮށް އާމްދަނީގެ ގޮތުގައި ދައުލަތަށއ 1.28 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މީރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މެއި މަހު ބަލައިގަތް އާމްދަނީއާ އަޅާބަލާއިރު 63 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ މަހު ބަލައިގަތް އާމްދަނީއަކީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.8 އިންސައްތަ އިތުރު އަދަދެކެވެ. މީރާއިން މައުލޫމާތުދޭ ގޮތުގައި، މެއި 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު […]

އަޙްމަދު ވަހީދު
ސްޓީވީ އެވޯޑްސްގެ 3 އެވޯޑެއް އުރީދޫއަށް

ސްޓީވީ އެވޯޑްސްގެ 3 އެވޯޑެއް އުރީދޫއަށް

މިއަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގައި ފާހަނގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ. އެ ކުންފުންޏަށް ވަނީ 3 އެވޯޑެއް ލިބިފައެވެ. މީގެ ތެރޭގައި ކޯވިޑް 19 ގެ ގޮންޖެހުންތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމުގައި އުރީދޫ އިން ފޯރުކޮށްދިން ހިދުމަތްތަކަށް ގޯލްޑް އެވޯޑް ލިބިފައިވާއިރު މޫލީ އަދި އެމް-ފައިސާ ގެ ހިދުމަތަށްވެސް އެވޯޑް ލިބުނެވެ. އުރީދޫއަށް ލިބުނު އެވޯޑްތައް • ގޯލްޑް ސްޓީވީ – އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީސް (ކޯވިޑް 19 […]

އަޙްމަދު ވަހީދު
ފަރެސްމާތޮޑާ އެއާޕޯޓުގެ 55 އިންސައްތަ ނިމިއްޖެ

ފަރެސްމާތޮޑާ އެއާޕޯޓުގެ 55 އިންސައްތަ ނިމިއްޖެ

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 55 އިންސައްތަ ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސަޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ފަޔަ ބިލްޑިން މަސައްކަތުގެ 87 އިންސައްތަ އަދި ރަންވޭ މަސައްކަތުގެ 70 އިންސައްތަ ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަ ޕެޑް އަދި ފަޔަ ރޯޑެއް ގާއިމުކުރުމާއި، ފަޔަ ބިލްޑިންއެއް އިމާރާތް ކުރުމާއި، […]

އަޙްމަދު ވަހީދު
ކުޑަކުދިންނާ ގުޅުންހުރި ކަންކަމުގެ ވާހަކަތައް ކިޔައިދޭ ''ތުއްތު ދަރިފުޅު'' އިފްތިތާހު ކޮށްފި

ކުޑަކުދިންނާ ގުޅުންހުރި ކަންކަމުގެ ވާހަކަތައް ކިޔައިދޭ ''ތުއްތު ދަރިފުޅު'' އިފްތިތާހު ކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން “ތުއްތު ދަރިފުޅު” ގެ ނަމުގައި ކުޑަކުދިންނާ ގުޅުންހުރި ފޮތެއް އިފްތިތާހު ކޮށްފިއެވެ. މި ފޮތަކީ ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި، އަދި އެކަންތައްތަކާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ މުއަލޫމާތު އެކުލެވޭނެހެން، އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ފޮތެކެވެ. އެގޮތުން ހޮސްޕިޓަލުގައި ތުއްތު ދަރިފުޅު އުފަންވާ ވަގުތު ދެވޭ ފަރުވާއިން ފެށިގެން، ހޮސްޕިޓަލުން ދޫކޮއްލުމަށްފަހު ދަރިފުޅު ގ...

އަޙްމަދު ވަހީދު
ކުޑަގިރީގައި ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް ނިންމާލައިފި

ކުޑަގިރީގައި ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް ނިންމާލައިފި

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ކަނޑައަޅާފައިވާ ކުޑަގިރީގައި ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ. ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ކުޑަގިރީގައި ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯރކް ގާއިމްކުރުމަށް ބޭނުންވާ 3000 މީޓަރުގެ ކޭބަލް ވަޅުލައި ނިމިފައިވާ ކަމަށެވެ. މި މަސައްކަތް އެ ކުންފުނިން ފެށީ 26 މެއި 2022 ގައެވެ. ސްޓެލްކޯއާ ސަރުކާރުން ހަވާލު ކޮށްފައިވަނީ ކުޑަގިރީގެ މަގުބައްތި ޖެހުމާއި ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯރކ...

އަޙްމަދު ވަހީދު
އިމާރާތް ކުރުމުގައި އުފެދޭ ކުނި އުކާލާ ވަގުތުތަކަށް ބަދަލު ގެނެސްފި

އިމާރާތް ކުރުމުގައި އުފެދޭ ކުނި އުކާލާ ވަގުތުތަކަށް ބަދަލު ގެނެސްފި

އިމާރާތް ކުރުމުގައި އުފެދޭ ކުނި އުކާލާ ވަގުތުތަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބަދަލު ގެނެސްފިއެވެ. އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ އިމާރާތް ކުރާއިރު އުފެދޭ ކުނީގެ ތެރޭގައި ހިމެނޭ ވެއްޔާއި ގާ ކުނޑިއާއި ގަލާއި ލަކުޑި އަދި ބޮޑެތި ކުނި އުކާލާ ވަގުތުތައް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. މި ބަދަލު ގެންނާނީ 11 ޖޫން އިން ފެށިގެން ކަމަށް ވެސް ވަނީ ބުނެފައެވެ. މި ބަދަލާއެކު މިފަދަ ކުނި އުކާލެވޭނީ ކޮންމެ ދުވަހެއްގެ […]

އަޙްމަދު ވަހީދު
ފެނަކައިން މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފި

ފެނަކައިން މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފި

ފެނަކަ ކޯޕަރޭޝަނުން ށ. މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފިއެވެ. އެ ކުންފުނިން މި ސިސްޓަމް ހަދިޔާ ކުރީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ސިސްޓަމެކެވެ. ސައުންޑް ސިސްޓަމް ހަދިޔާ ކުރުމުން މިލަންދޫ ސްކޫލުން ވަނީ ފެނަކައަށް ޝުކުރު އަދާ ކޮށްފައެވެ. ފެނަކަ ކޯޕަރޭޝަންގެ ސީ.އެސް.އާރުގެ ދަށުން މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާކުރެއްވުން. މި ފަދަ އެހީ އެއް ސުކޫލަށް ވެދެއްވީތީ ފެނަކަ […]

އަޙްމަދު ވަހީދު
އެމްއެސްއެސްގެ އެންމެ ބޮޑު ބަލްކް ކެރިއާ ބޯޓް ރާއްޖެ ގެނެސްފި

އެމްއެސްއެސްގެ އެންމެ ބޮޑު ބަލްކް ކެރިއާ ބޯޓް ރާއްޖެ ގެނެސްފި

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އެންމެ ބޮޑު ބަލްކް ކެރިއާ ބޯޓު، “އެމްއެސްއެސް ކްރޮމް” ރާއްޖެ ގެނެސްފިއެވެ. މިއަދު އެ ބޯޓު ރާއްޖެ ބަނދަރު ކޮށްފައިވާއިރު އެމްޕީއެލުން ވަނީ ފެނުގެ ސެލިއުޓާއެކު އެ ބޯޓަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށް އެމްއެސްއެސްއިން ގަނެފައިވާ ބޯޓެކެވެ. 23 ފަޅުވެރިންނާއެކު އެމްއެސްއެސް ކްރޮމްގެ ފުރަތަމަ ދަތުރުގައި 41500 މެޓްރިކް ޓަނުގެ ހިލައާއި ހިލަވެލި އެތެރެކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. މި ދަތުރުތައް ފެ...

އަޙްމަދު ވަހީދު
ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިިއަށް

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިިއަށް

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިމް ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. މި މަޝްރޫއުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 361 މީޓަރުގެ ބޭރުތޮށި ލުމާއި، 822 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ […]

އަޙްމަދު ވަހީދު