މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 138 ވަނަ ޞަފްޙާ

ކުޑަގިރި ހުޅުވުން ފަސްކޮށްފި

ކުޑަގިރި ހުޅުވުން ފަސްކޮށްފި

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަޅަަމުންދާ ޕިކްނިލް އައިލެންޑް ހުޅުވުން ފަސްކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން ވަނީ މިކަން ”ތިލަދުން” އަށް ކަށަވަރު ކޮށްދީފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ހުޅުވުން ފަސް ކުރީ ބައެއް މަސައްކަތްތައް ނުނިމި ހުރުމުން ކަމަށެވެ. ލަސްކުރިކަމަށް ބުނި ނަމަވެސް އެތަން ހުޅުވާނެ ތާރީހެއް ނުބުނެއެވެ. ކުރިން ތާވަލު ކޮށްފައި އޮތްގޮތުން އެ ރަށުގެ މަސައްކަތް ނިންމައި މާދަމާ ހުޅުވާނެއެވެ. މިނިވަން ދުވަހަށް ކުޑަގިރި ހުޅުވަން ތާވަލު ކުރުމުން އެ ތަނުގެ މަސައްކަތް ކުރަމުންދާ […]

އަޙްމަދު ވަހީދު
ވެމްކޯގައި ރަޖިސްޓްރީވާން ލުއި ގޮތެއް

ވެމްކޯގައި ރަޖިސްޓްރީވާން ލުއި ގޮތެއް

ކުނި އުކާލުމުގެ ހިދުމަތަށް ފަސޭހަ އިން ރަޖިސްޓްރީވެވޭ ގޮތަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން “ޑޯ ސްޓެޕް ޕްލަސް” ތައާރަފުކޮށްފިއެވެ ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އަންނަ ކުނި އުކާލުމުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގޭބިސީތައް ރަޖިސްޓްރީކުރުމުގެ އުސޫލު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ބަދަލުކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު އެހެނިހެން ޔުޓިލިޓީ ހިދުމަތްތަކޭ އެއްގޮތަށް، ކުނި އުކާލުމުގެ ހިދުމަތަކީ ވެ...

އަޙްމަދު ވަހީދު
އަހަރެންގެ ބޭންކުގެ 3 މަހު ފައިދާއަށް 592,000,000.00 ރ އަހަރެންގެ ޑޮލަރު ލިމިޓު 250

އަހަރެންގެ ބޭންކުގެ 3 މަހު ފައިދާއަށް 592,000,000.00 ރ އަހަރެންގެ ޑޮލަރު ލިމިޓު 250

ދިވެހިންގެ ބޭންކް، ބީއެމްއެލްއަކީ ކޮންމެ ކުއާޓަރެއްގައި މިލިއަނުން އަދި އަހަރެއްގައި ބިލިއަނުން ފައިދާ ހޯދާ ބޭންކެކެވެ. ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކަށްވުމުގެ ފައިދާވެސް އެއީއެވެ. ނަމަވެސް އެ ބޭންކުގެ ފައިދާއާ އެއްވަރުގެ ހިދުމަތެއް “އަހަރެންގެ ބޭންކަށް“ ނުދެވޭ ކަމަށް އަހަރެންނަށް ގަބޫލުކުރެއެވެ. ކޯވިޑާ ގުޅިގެން ބޭރު ގައުމުތަކުގައި ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުންކޮށްގެން މުއާމަލާތް ކުރެވޭ އަދަދު ވަނީ ވަރަށް ބޮޑަށް ލިމިޓު ކޮށްފައެވެ. އެގޮތުން، 2020 އަހަރު ޑޮލަރު މަދު ކަމަށްބުނެ އެ ލިމިޓް މަހަކު...

އަޙްމަދު ވަހީދު
ފުވައްމުލަކު އެތެރޭގެ މަގުތަކުގެ ބޮޑުބައެއް ނިންމާލައިފި

ފުވައްމުލަކު އެތެރޭގެ މަގުތަކުގެ ބޮޑުބައެއް ނިންމާލައިފި

ފުވައްމުލަށް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް 23 ޖުލައި ފެށޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 […]

އަޙްމަދު ވަހީދު
ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ 83 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. އަދި ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގެ 98 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން، 3.48 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 255 މީޓަރުގެ ސަރ...

އަޙްމަދު ވަހީދު
ސްޓެލްކޯ ފްލެޓުތަކަށް އަންނަ މަހުގެ 6 ގައި ވަދެވޭނެ: ޝަރީފް

ސްޓެލްކޯ ފްލެޓުތަކަށް އަންނަ މަހުގެ 6 ގައި ވަދެވޭނެ: ޝަރީފް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން އިމާރާތްކޮށްފައިވާ ފްލެޓުތަކަށް އަންނަ މަހުގެ ހަވަނަ ދުވަހު ވަދެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ފްލެޓުތަކަށް ވަދެވޭނެ ތާރީހާއި ދެ ޓަވަރުގައި، އެޕާޓްމަންޓްތައް ކުއްޔަށް ދޭނެ އަގުތައް އިއުލާނުކޮށްފައިވަނީ ތާޖުއްދީން ސްކޫލް ހޯލުގައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ރޭ ބޭއްވި ބައްދަލުވުމުގައެވެ. ސްޓެލްކޯއިން ވަނީ ހިޔާ މަޝްރޫއުގެ ދަށުން 15 ބުރީގެ ދެ ޓަވަރު އަޅައިފައެވެ. މި ދެ ޓަވަރުގައު 360 ފެލްޓު ހަ...

އަޙްމަދު ވަހީދު
ގައުމީ އެއާލައިނުން ކުޅުދުއްފުއްޓަށް ދިއުމަށްވުރެ، ވިޒް އެއާއިން އަބޫދާބީއަށް މާ އަގުހެޔޮ!

ގައުމީ އެއާލައިނުން ކުޅުދުއްފުއްޓަށް ދިއުމަށްވުރެ، ވިޒް އެއާއިން އަބޫދާބީއަށް މާ އަގުހެޔޮ!

ބަޖެޓް އެއާލައިނެއް ކަމަށްވާ ވިޒް އެއާއިން އަބޫދާބީއަށް ދިއުމަށް ޓިކެޓް ވިއްކަން ފަށައިފި އެވެ. ޔޫއޭއީގެ އެންމެ އަގުހެޔޮ ވިޒް އެއާގައި ރާއްޖެއިން އަބޫދާބީއަށް ދިއުމަށް ޓިކެޓް ވިއްކާ އަގަކީ ކޮޅަކަށް 87 ޑޮލަރެވެ. އެއީ 1341.54 ރުފިޔާ އެވެ. މިއީ ނިސްބަތުން ރާއްޖޭގެ އެތެރޭގެ އުދުހުން ތަކަށް ވުރެވެސް އެތައް ގުނަ އެއް ހެޔޮ އަގެކެވެ. މި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހާއި އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހުގެ އިތުރުން […]

ސަނިއްޔާ އަބޫބަކުރު
ސްޓެލްކޯއިން އިތުރު ހައުސިން ޕްރޮޖެކްޓެއް، މިފަހަރު ވިލިމާލޭގައި

ސްޓެލްކޯއިން އިތުރު ހައުސިން ޕްރޮޖެކްޓެއް، މިފަހަރު ވިލިމާލޭގައި

ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ. ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ރޭ ބޭއްވި ބައްދަލުވުމެއްގައި ޝަރީފު ވިދާޅުވީ އާ ހައުސިން މަޝްރޫއު ކުރިއަށްގެންދާނީ ވިލިމާލޭގައި ކަމަށެވެ. އަދި މި މަސައްކަތް ފެށުމަށް ބޯޑުން ހުއްދަ ހޯދުމުގެ މަސައްކަތް މިހާރު އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް ޝަރީފު ނުދެއްވައެވެ. ނަމަވެސް ވިލިމ...

އަޙްމަދު ވަހީދު
ހިޓާޗީގެ ޕްރޮޑަކްޓެއް ބޭނުން ކުރާ ފޮޓޯއެއް ހިއްސާކޮށްގެން އިނާމެއް ހޯދުމުގެ ފުރުސަތު

ހިޓާޗީގެ ޕްރޮޑަކްޓެއް ބޭނުން ކުރާ ފޮޓޯއެއް ހިއްސާކޮށްގެން އިނާމެއް ހޯދުމުގެ ފުރުސަތު

ހިޓާޗީގެ ޕްރޮޑަކްޓެއް ބޭނުން ކުރާ ފޮޓޯއެއް ހިއްސާކޮށްގެން އިނާމެއް ހޯދުމުގެ ފުރުސަތު އެސްޓީއޯއިން ހުޅުވާލައިފިއެވެ. މިއީ އެސްޓީއޯގެ ހަމަ ހިޓާޗީ 2022 ކެމްޕޭނުގެ ދަށުން ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގެ ދަށުން 28 ޖުލައިގެ މެންދުރު 2:00 އާ ހަމައަށް ފޮޓޯ ހިއްސާ ކުރެވޭނެއެވެ. ހިޓާޗީ ބްރޭންޑުގެ އުފެއްދުމެއް ބޭނުން ކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް ފޭސްބުކްގައި ނުވަތަ އިންސްޓަގްރާމުގައި ނުވަތަ ޓްވިޓާގައި ހިއްސާ ކުރުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. https://twitter.com/stopc_mv/status/155069367728...

އަޙްމަދު ވަހީދު
އޭޝިއާގެ “ބެސްޓް އައިލެންޑް” އަކީ ރާއްޖެ

އޭޝިއާގެ “ބެސްޓް އައިލެންޑް” އަކީ ރާއްޖެ

ވޯލްޑްސް ބެސްޓް އެވޯޑްސްގެ “ބެސްޓް އައިލެންޑް އިން އޭޝިއާ” އެވޯޑު ދިވެހިރާއްޖެ ކާމިޔާބުކޮށްފިއެވެ. ރާއްޖެއަށް މި އެވޯޑު ލިބިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ނިއުޔޯކުގައި ބޭއްވި ޓްރެވަލް އެންޑް ލެޝަރ 2022 “ވޯލްޑްސް ބެސްޓް އެވޯޑް”ގައެވެ. ރާއްޖޭގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ އެމެރިކާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު، އަދި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ. ޓްރެވަލް އެންޑް ލެޝަރ ގްލޯބަލް ވިޝަން އެވޯ...

އަޙްމަދު ވަހީދު
އެސްޓީއޯއިން އެންމެ މަގުބޫލު އާ އަދަބީބަސް ހޮވަން އާއްމުންނަށް

އެސްޓީއޯއިން އެންމެ މަގުބޫލު އާ އަދަބީބަސް ހޮވަން އާއްމުންނަށް

އާ އަދަބީބަހެއް ހޯދަން އެސްޓީއޯއިން ހުޅުވާލި ފުރުސަތުގައި ލިބުނު ބަސްތަކުގެ ތެރެއިން އެންމެ މަގުބޫލު ބަހެއް ހޯދަން އާއްމުންނަށް ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މާދަމާގެ ނިޔަލަށެވެ. އެސްޓީއޯއިން ބުނީ އާ އަދަބީބަހެއް ހޯދަން އެ ކުންފުނިން ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ އާ ބަސްތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން، 36 އާ އަދަބީ ބަސްތަކެއް އެސްޓީއޯއިން ވަނީ އާއްމުންގެ ވޯޓަށް ހުޅުވާލައިފައެވެ. މި ވޯޓުގައި ބައިވެރިވުމަށް އެމީހަކަށް އެންމެ ކަމުދާ އާ އަދަބީ ބަސް ހިޔާރު ކުރުމަށްފަހު [...

އަޙްމަދު ވަހީދު
ފުރަތަމަ 6 މަސް: އޭޝިއާ ޕެސިފިކްގެ ހޮޓެލް އިންވެސްޓްމަންޓުން 33 އިންސައްތައިގެ ކުރިއެރުމެއް، ރާއްޖެއަށްވެސް ކުރިއެރުން

ފުރަތަމަ 6 މަސް: އޭޝިއާ ޕެސިފިކްގެ ހޮޓެލް އިންވެސްޓްމަންޓުން 33 އިންސައްތައިގެ ކުރިއެރުމެއް، ރާއްޖެއަށްވެސް ކުރިއެރުން

މިއަހަރުގެ ފުރަތަމަ ހަ މަސް ނިމުނު އިރު އޭޝިއާ ޕެސިފިކްގެ ހޮޓެލް އިންވެސްޓްމަންޓް ބޮޑުތަނުން ކުރިއަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ރިޕޯޓުތަކަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ބޮޑު އެއް ރިއަލްއެސްޓޭޓް ކުންފުނި ކަމަށްވާ ޖޭއެލްއެލް ކުންފުނީގެ ރިޕޯޓްތަކެވެ. މިއީ ރާއްޖޭގައި ވެސް ގިނަ ރިސޯޓްތައް ވިއްކުމުގައި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނީގެ ރިޕޯޓްތަކާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު މި ސަރަހައްދުގެ ހޮޓެލ...

އަޙްމަދު ވަހީދު
ސުޕަނެޓް ހިދުމަތް ކެނދިކުޅުދޫ އާއި އަލިފުއްޓަށް

ސުޕަނެޓް ހިދުމަތް ކެނދިކުޅުދޫ އާއި އަލިފުއްޓަށް

އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނ. ކެނދިކުޅުދޫ އާއި ރ.އަލިފުއްޓަށް މިއަދު ތައާރަފްކޮށްފިއެވެ. 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، މި ހިދުމަތް އެ ދެ ރަށަށް ތައާރަފްކޮށްފައިވާއިރު، މި ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބަ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެއެވެ. އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ފައިބަ ސުޕަނެޓްގެ ހިދުމަތް […]

އަޙްމަދު ވަހީދު
ކްލިކް ކޮމްޕިއުޓާސްގެ “ވަންޑޭ އޮފަރ” މިފަހަރު 12 ޕްރޮޑަކްޓަކުން ބޮޑެތި ޑިސްކައުންޓް

ކްލިކް ކޮމްޕިއުޓާސްގެ “ވަންޑޭ އޮފަރ” މިފަހަރު 12 ޕްރޮޑަކްޓަކުން ބޮޑެތި ޑިސްކައުންޓް

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ކްލިކް ކޮމްޕޮއުޓާސްގެ “ވަންޑޭ އޮފަރ” މާދަމާއަށް ތާވަލު ކޮށްފިއެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައިވާ މި އޮފަރ އަކީ އެއް ދުވަހަށް ހާއްސަ ސޭލެކެވެ. އެގޮތުން ގިނަ އަދަދެއްގެ ޕްރޮޑަކްޓުތަކުން ބޮޑެތި ޑިސްކައުންޓްތައް އެ ކުންފުނިން މި ދުވަހު ދެއެވެ. ކޮންމެ މަހެއްގެވެސް 22 ވަނަ ދުވަހު ކްލިކްގެ ފިހާރަތަކުން އަޅުވަމުން އަންނަ ބޮޑު އޮފާ އަޅުވަނީ އެދުވަހަށް އެކަންޏެވެ. މިފަހަރުގެ އޮފާގައި 12 ޕްރޮޑަކްޓަކުން ޑިސްކައުންޓް ވަނީ ދޭން […]

އަޙްމަދު ވަހީދު
އާރުޓީއެލް ބަހުގެ ހިދުމަތް މާލެ އާއި ބައެއް އަތޮޅުތަކުގައި ފަށަން ތައްޔާރުވެއްޖެ

އާރުޓީއެލް ބަހުގެ ހިދުމަތް މާލެ އާއި ބައެއް އަތޮޅުތަކުގައި ފަށަން ތައްޔާރުވެއްޖެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް މާލެއާއި އަތޮޅުތަކުގެ ރައްޔިތުންނަށް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ތައްޔާރުވެއްޖެއެވެ. މި މަސައްކަތުގެ ދަށުން މި މަހުގެ 16 ވަނަ ދުވަހު ވަނީ 36 ބަސް ރާއްޖެއަށް ގެނެސްފައެވެ.އިތުރު ފަސް ބަސް މި މަހު ފަހުކޮޅު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ފޮނަދޫ އަދި އިސްދޫ، ކަލައިދޫގައެވެ. މިނީ ބަހުގެ […]

އަޙްމަދު ވަހީދު