މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 124 ވަނަ ޞަފްޙާ

ޕީކް ސީޒަނަށް ސިންގަޕޯ އެއާލައިންގެ ބޮޑެތި ބޯޓުތައް ރާއްޖެއަށް

ޕީކް ސީޒަނަށް ސިންގަޕޯ އެއާލައިންގެ ބޮޑެތި ބޯޓުތައް ރާއްޖެއަށް

މި އަހަރު ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ބޮޑު ބޯޓުތަކުގައި ދަތުރު ކުރުމަށް ނިންމައިފިއެވެ. އެ އެއާލައިނުން ބުނެފައިވާ ގޮތުގައި މިއީ ޕީކް ސީޒަނާ ގުޅިގެން ރާއްޖެއަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ގެނައި ބަދަލެކެވެ. އެގޮތުން. ސިންގަޕޫރުގެ އިތުރުން އޮސްޓްރޭލިއާ އާއި އެމެރިލާ އާއި ޔޫރަޕުން ވެސް ރާއްޖެއަށް އޮތް ޑިމާންޑް ބޮޑުވާނެ ކަމަށް އެ އެއާލައިނުންވަނީ ލަފާ ކޮށްފައެވެ. އެ އެއާލައިނުގެ އެއާބަސް އޭ350 މީޑިއަމް ހޯލް ބޯޓުތަކުގެ ދަތުރުތައް […]

އަޙްމަދު ވަހީދު
ޕަބްޖީ ކޮންޓެންޑާ ސީރީޒްގެ ތިންވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފި

ޕަބްޖީ ކޮންޓެންޑާ ސީރީޒްގެ ތިންވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފި

އުރީދޫ ނޭޝަން އިން ކުރިއަށްގެންދާ އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒްގެ ތިންވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މި ބުރުގައި ބައިވެރިވާން ރަޖިސްޓްރީ ކުރަން ޖެހޭނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަ ސީރީޒް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ ކޮލިފައިންގް މެޗް ސިލްސިލާއެކެވެ. މި ސިލްސ...

އަޙްމަދު ވަހީދު
މަސްވެރިކަން ރަނގަޅުވި ނަމަވެސް، މިދިޔަ އަހަރަށް ވުރެ އެކްސްޕޯޓު ދަށް

މަސްވެރިކަން ރަނގަޅުވި ނަމަވެސް، މިދިޔަ އަހަރަށް ވުރެ އެކްސްޕޯޓު ދަށް

މިދިޔަ ސެޕްޓެމްބަރު މަހު، މަސްވެރިކަން ރަނގަޅުވި ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ޖުމްލަ އެކްސްޕޯޓު ދަށަށް ހިނގައްޖެއެވެ. ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ ޖުމްލަ އަގު 166 މިލިއަން ރުފިޔާއަށް އަރައެވެ. މިއީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކްސްޕޯޓުކުރި 172 މިލިއަން ރުފިޔާއަށް ވުރެ ހަތަރު އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް، ފާއިތުވި ތިން މަހާއަޅާ ބަލާއިރު، މިދިޔަ މަހުގެ އެކްސްޕޯޓު ވަނީ […]

ޝިއުނާ އާދަމް
ސްޓެލްކޯގެ އެހީ ކާށިދޫ ހެލްތު ސެންޓަރަށް

ސްޓެލްކޯގެ އެހީ ކާށިދޫ ހެލްތު ސެންޓަރަށް

ސްޓެލްކޯއިން ކ. ކާށިދޫގެ ހެލްތު ސެންޓަރަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނިން ކާށިދޫ ހެލްތު ސެންޓަރަށް ހަދިޔާ ކުރި ތަކެތީގެ ތެރޭގައި އެ ސެންޓަރުގެ ޑެލިވަރީ ރޫމާއި މާބަނޑު މީހުންގެ ވޯޑުގައި ހަރުކުރުމަށް ދެ އޭސީއާއި ލެބޯޓްރީއަށް ބޭނުންވާ ކޮމްޕިއުޓަރު ސިސްޓަމެއް ހިމެނެއެވެ. ސްޓެލްކޯއިން މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. ރާއްޖޭގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީ ޒިންމާގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން އެންމ...

އަޙްމަދު ވަހީދު
ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިން ދަމަހައްޓައިފި

ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިން ދަމަހައްޓައިފި

ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންސްއިން ރާއްޖެއަށް ދީފައިވާ ރޭޓިން ދަމަހައްޓައިފިއެވެ. ފިޗުން ރާއްޖެއަށް ދީފައިވަނީ ބީ މައިނަސްގެ ރޭޓިންއެކެވެ. މި ރޭޓިން ދަމަހައްޓާފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަންކުރުމަށް ފަހުއެވެ. ފިޗުން މިކަން ހާމަ ކުރީ މިއަދު އިއުލާން ކުރި، ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ދޭ ރޭޓިންގައެވެ. ފިޗުން ބުނި ގޮތުގައި ރޭޓިން ދެމެހެއްޓީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވިކަމާއެކު ކުރިއަރައި، ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބުމުންނެވެ. ފިޗުން ލަފާކުރާ ގޮތުގައި ރާ...

އަޙްމަދު ވަހީދު
މާލެ ނޫން ރަށްތަކުގައިވެސް މިނީ ބަހުން ކަރުދާސް ޓިކެޓް ވިއްކަން ފަށަނީ

މާލެ ނޫން ރަށްތަކުގައިވެސް މިނީ ބަހުން ކަރުދާސް ޓިކެޓް ވިއްކަން ފަށަނީ

މާލެ ނޫން ރަށްތަކުގައިވެސް މިނީ ބަހުން ކަރުދާސް ޓިކެޓް ވިއްކަން ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ. އާރުޓީއެލްގެ ދަށުން މިހާރު މިނީ ބަހުގެ ހިދުމަތް ދެނީ މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ލާމު އަތޮޅުގައެވެ. މި ސަރަހައްދުތަކުގައި ބަސްތަކުން ކަރުދާސް ޓިކެޓް ވިއްކަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި ކަރުދާސް ޓިކެޓް ގަންނަ ފަރާތްތަކުން ގެންދަން ޖެހޭނީ ސިދާ […]

އަޙްމަދު ވަހީދު
ކީކިމިންޏަށް ކަޅުބިލަމަހާއި ކަންނެލި ގަންނަން ފަށައިފި

ކީކިމިންޏަށް ކަޅުބިލަމަހާއި ކަންނެލި ގަންނަން ފަށައިފި

ށ. ކީކިމިނީގައި ހަދާފައިވާ މަސް ފެކްޓަރީން އިއްޔެއިން ފެށިގެން މަސް ގަންނަން ފަށައިފި އެވެ. ވިލާ ގުރޫޕްގެ ދަށުން ހިންގަމުން ގެންދާ އައިލެންޑް އެންޓަރޕްރައިޒަސް އިން ހިންގާ ކީކިމިންޏަކީ 1،900 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކޮށްފައިވާ ތަނެކެވެ. އެ ރަށަށް ކަނޑުމަސް ގަންނަން ފެށުމުން މަސް ކިރުވަން ބޭނުންވާ މަސް ދޯނިތަކުން ގުޅައިގެން މަސް ކިރުވުމުގެ އިންތިޒާ ހަމަޖެއްސުމަށް އައިލެންޑް އެންޓާޕްރައިޒަސް އިން އެދިފައިވެ އެވެ. އެގޮތުން މަސް ކިރުމުގެ ކަންކަން ސާފުކޮށް މައުލޫމާތު އޮޅުން ފިލުވުމަށް ގުޅަން ޖެ...

މުޙައްމަދު އަފްރާޙް
މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 1.4 ބިލިއަން ރުފިޔާ

މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 1.4 ބިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން މިދިޔަ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ. މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 29 އިންސައްތައިިގެ ދަށްވުމެކެވެ. ނަމަވެސް، އެއީ އެ މަހަށް އަންދާޒާ ކުރި ވަރަށް ވުރެ 11 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މީރާ އަށް ލިބިފައި ވަނީ 1.9 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. މީރާއިން ބުނިގޮތުގައި […]

އަޙްމަދު ވަހީދު
ކަމަދޫ ބަނދަރުގެ ހާބަ ބޭސިން ފުންކޮށް ނިމިއްޖެ

ކަމަދޫ ބަނދަރުގެ ހާބަ ބޭސިން ފުންކޮށް ނިމިއްޖެ

ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. މީގެ އިތުރުން، ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން، 25،636 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 180 […]

އަޙްމަދު ވަހީދު
ހުރިހާ ރަށެއްގައި ހުރި ބަސް ހުއްޓިތައް ހިޔާކުރުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ: އާޒިމް

ހުރިހާ ރަށެއްގައި ހުރި ބަސް ހުއްޓިތައް ހިޔާކުރުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ: އާޒިމް

ހުރިހާ ރަށެއްގައި ބަސް ހުއްޓިތައް ހިޔާކުރުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެގެ ގިނަ ސަރަހައްދުތަކުގައި ބަސް ސްޓޮޕް ހުރީ ވަރަށް ތާށި ސަރަހައްދުތަކުގައި ކަމަށެވެ. މާލޭގެ މަގުތަކަކީ ތޮށްޖެހުން ބޮޑު ތާށި މަގުތަކެއްކަން ފާހަގަކުރައްވާ އާޒިމް ވަނީ އޭގެ ކޮންމެ ތަނެއްގައި އެންމެ އެކަށީގެންވާ ފެންވަރުގެ މޮޅު ބަސް...

މުޙައްމަދު އަފްރާޙް
ދެވަނަ ފިޔަވަހީގައި އިތުރު ދެ ބަސް ސްޓޮޕް

ދެވަނަ ފިޔަވަހީގައި އިތުރު ދެ ބަސް ސްޓޮޕް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިތުރު ދެ ބަސް ސްޓޮޕް ހަދައިފިއެވެ. އެމްޓީސީސީން ބުނި ގޮތުގައި މި ބަސް ސްޓޮޕްތައް ހުންނާނީ މަސްޖިދް އަމީލް ޖަލީލް އާއި ސްޓެލްކޯ ފްލެޓު ކައިރީގައެވެ. މި ބަސް ސްޓޮޕްތަކުން މާދަމާއިން ފެށިގެން ދަތުރުތައް ކުރާނެއެވެ. އެގޮރުން ހަތަރު ރޫޓަކުން ދަތުރު ކުރާނެއެވެ. މި ބަސް ސްޓޮޕުން ދަތުރު ކުރާނީ ވެސްޓް ޕާކާއި، ކާނިވާ އަދި އެއާޕޯޓުގެ އިތުރުން ހުޅުމާލޭ ފޭސް އެކަކަށެވެ. […]

އަޙްމަދު ވަހީދު
ދިވެހިންގެ ބޭންކުގެ ސީއީއޯއަކަށް ދެކުނު އެފްރިކާގެ މީހެއް

ދިވެހިންގެ ބޭންކުގެ ސީއީއޯއަކަށް ދެކުނު އެފްރިކާގެ މީހެއް

ދިވެހިންގެ ބޭންކް، ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ދެކުނު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ކާލް ސްޓުމްކަ އައްޔަންކުރުމަށް ނިންމައިފިއެވެ. އޭނާ ބީއެމްއެލްއާ ގުޅިވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލްއަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހުގައެވެ. ކާލްއަކީ މެދުއިރުމައްޗާއި އެފްރިކާގެ އިތުރުން، އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑް ލެވެލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބ...

އަޙްމަދު ވަހީދު
މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމުގެ ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ

މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމުގެ ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމުގެ ޓެލެކޮމިއުނިކޭޝަން ޕާޓަނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ. އެމްއެމްސީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި އެ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް މުޙައްމަދު ޝަފާއު ހަސަންއެވެ. އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުއެވެ. އެމްއެމްސީ އިން ކޮންމެ އަހަރަކުވެސް ނޫސްވެރިކަމުގެ އިނާމު ދެމުންދާއިރު، މިއަހަރު ދެ ކެޓަގަރީއަކުން އިނާމު ދޭން ވަނީ...

އަޙްމަދު ވަހީދު
އެސްއެމްއީ ހަބުގެ ފުރަތަމަ ފަންގިފިލާއިން ކިއޯސްކުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އެސްއެމްއީ ހަބުގެ ފުރަތަމަ ފަންގިފިލާއިން ކިއޯސްކުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މި އަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމައިފައިވާ “އެސްއެމްއީ ހަބް” ގެ ފުރަތަމަ ފަންގިފިލާއިން ކިއޯސްކު ދޫކުރަން ނިންމައި އެ ކިއޯސްކުތަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ހަބުގެ ފުރަތަމަ ފަންގިފިލާއިން ދޫކުރާ ކިއޯސްކުތަކަކީ ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކަމަށެވެ. ބީސީސީން މިފަދަ ހަބެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެކި ދާއ...

އަޙްމަދު ވަހީދު
ލ. ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

ލ. ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

Lލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިޔަށް ދަނީ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމުގެ މަސައްކަތެވެ. މީގެ އިތުރުން، ފެން ހިންދާ ނިޒާމުގެ ހޮޅި އެޅުމުގެ މަސައްކަތުގެ 93 އިންސައްތަ މަސައްކަތާއި މަގުމަތީ ދުވާރު ހެދުމުގެ މަސައްކަތުގެ 53 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން...

އަޙްމަދު ވަހީދު