މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 114 ވަނަ ޞަފްޙާ

އުރީދޫ ލަކީޑްރޯގެ ނަސީބުވެރިންނާ ޓިކެޓް ހަވާލުކޮށްފި

އުރީދޫ ލަކީޑްރޯގެ ނަސީބުވެރިންނާ ޓިކެޓް ހަވާލުކޮށްފި

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 އާ ގުޅުވައިގެން އުރީދޫ އިން ކުރިއަށްގެންދިޔަ “ފުޓްބޯލް ފޯރި” ލަކީޑްރޯއިން ހޮވުނު ހަތަރު ނަސީބުވެރިންނާ ޓިކެޓް ހަވާލުކޮށްފިއެވެ. މިއަދު މި ނަސޫބުވެރިންނާ ޓިކެޓް ހަވާލުކޮށްދެއްވީ އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުއެވެ. މި ލަކީޑްރޯއިން ހޮވުނު ފަރާތްތަކަށް އުރީދޫ އިން ދީފައިވަނީ ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި ފްރާންސްއާއި މޮރޮކޯ ބައްދަލު ކުރާ މެޗުގެ ޓިކެޓެވެ. ބުދަ ދުވަހުގެ ރޭ ދަންވަރު 12:00 ގައި ފަށާ މި މެޗު […]

އަޙްމަދު ވަހީދު
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 77 އިންސައްތަ ނިމިއްޖެ

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 77 އިންސައްތަ ނިމިއްޖެ

ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 490 މީޓަރުގެ ބޭރުތޮށި ލުމާއި، […]

އަޙްމަދު ވަހީދު
މިފްކޯ އިން ލޮނުމެދު މަސްދަޅާއި، ވަޅޯމަސް މަސްދަޅު ބާޒާރަށް ނެރެފި

މިފްކޯ އިން ލޮނުމެދު މަސްދަޅާއި، ވަޅޯމަސް މަސްދަޅު ބާޒާރަށް ނެރެފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އައު ދެ އުފެއްދުމެއް ބާޒާރަށް ނެރެފި އެވެ. އެ ކުންފުނީގެ އައު އުފެއްދުންތައް ބާޒާރަށް ނެރެފައިވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ގދ. ފަރެސްމާތޮޑާގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ރައީސް ސާލިހެވެ. މިފްކޯއިން އަލަށް ބާޒާރަށް ނެރެފައިވަނީ ފަސްމީރު ބްރޭންޑްގެ މަސްދަޅުގެ ލޮނުމެދު މަސްދަޅާއި، ވަޅޯމަސް މަސްދަޅެވެ. އެ ކުންފުނިން ވިދާޅުވީ ލޮނުމެދު މަސްދަޅަކީ، ގިތެޔޮމިރުސް މަސްދަޅާއި، ހިކިމިރުސް މަސްދަޅެކޭ އެއްގޮތަށް މަސްދަޅުގައި ލ...

މުޙައްމަދު އަފްރާޙް
ރާއްޖޭގެ ހަލުވި ކުރިއެރުން ދެމެހެއްޓުމަށް ސްމާޓް އިންވެސްޓްމަންޓްތައް މުހިންމު: ވޯލްޑް ބޭންކް

ރާއްޖޭގެ ހަލުވި ކުރިއެރުން ދެމެހެއްޓުމަށް ސްމާޓް އިންވެސްޓްމަންޓްތައް މުހިންމު: ވޯލްޑް ބޭންކް

ރާއްޖޭގެ ހަލުވި ކުރިއެރުން ދެމެހެއްޓުމަށް ސްމާޓް އިންވެސްޓްމަންޓްތައް މުހިންމު ކަމަށް ވޯލްޑް ބޭންކް ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިސާ ވިދާޅުވެއްޖެއެވެ. އޭނާ މިފަދައިން ވިދާޅުވީ ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ. ޖުލައި 2022ގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައިސާ ވަނީ ދަރަނި ބޮޑުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކ...

އަޙްމަދު ވަހީދު
ކަނޑުއޮތްގިރި ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ކަނޑުއޮތްގިރި ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ކ. ކަނޑުއޮތްގިރި ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލާއި ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އާ ނެރުގެ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 46 އިންސައްތަ ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 10،00 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ […]

އަޙްމަދު ވަހީދު
އުރީދޫ 5ޖީ އެއާފައިބަރ ކަނެކްޝަނާއެކު ރައުޓަރުން 50 އިންސައްތަ ޑިސްކައުންޓް

އުރީދޫ 5ޖީ އެއާފައިބަރ ކަނެކްޝަނާއެކު ރައުޓަރުން 50 އިންސައްތަ ޑިސްކައުންޓް

އުރީދޫ 5ޖީ އެއާފައިބަރ ކަނެކްޝަނަކާއެކު ރައުޓާއިން 50 އިންސައްތަ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. އުރީދޫން ބުނީ 5ޖީ އެއާފައިބަރ އާއެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާ ކަނެކްޓް ކުރުމުގައި ދިމާވާ ލަސްތައް ވެސް އެތައް ގުނައަކަށް ކުޑަވެގެންދާނެ ކަމަށެވެ. އަދި ދުރު ރަށްރަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހަކަމާއެކު 5ޖީ އެއާފައިބަރގެ ހިދުމަތް ދިނުމުގެ ގޮތުން 12 މަހުގެ ކޮންޓްރެކްޓަކާ އެކު ޑިވައިސް ޕްލޭން އެއްވެސް އުރީދޫ އިން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން […]

އަޙްމަދު ވަހީދު
މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ށ. މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުއެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި، 213 މީޓަރު ނެރު ބްރޭކް ވޯޓަ ޖެހުމާއި، 360 މީޓަރުގެ ސޭންޑްފިލް […]

އަޙްމަދު ވަހީދު
މާފަރު އެއާޕޯޓު ބޮޑުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

މާފަރު އެއާޕޯޓު ބޮޑުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އެއް އަހަރު ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 27 މިލިއަން އެމެރިކާ ޑޮލަރު (419 ދިވެހި ރުފ...

އަޙްމަދު ވަހީދު
ހޮނިހިރު ދުވަހުން ފެށިގެން އޯކިޑު ރޫޓަށް ބަދަލުތަކެއް ގެންނަނީ

ހޮނިހިރު ދުވަހުން ފެށިގެން އޯކިޑު ރޫޓަށް ބަދަލުތަކެއް ގެންނަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ މިނީ ބަހުގެ ޚިދުމަތް ދޭ އޯކިޑު ރޫޓަށް ބަދަލުތަކެއް ގެންނަން ނިންމައިފިއެވެ. އެމްޓީސީސީން ބުނީ ދެ ބަސް ހުއްޓިއެއް އުނިކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އުނި ކުރާ ބަސް ހުއްޓިތަކުގެ ތެރޭގައި ހިމެނެނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ވެސްޓްޕާކް ބަސް ހުއްޓިއާއި މަޖީދީ މަގުގައި ހުންނަ ސޯޝަލް ސެންޓަރު ބަސް ހުއްޓިއެވެ. ކަސްޓަމަރުންގެ ސަމާލުކަމަށް! pic.twitter.com/tFpoox3clV — MTCC Plc (@MTCCPlc) […]

އަޙްމަދު ވަހީދު
އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް 3 ގައި ރަޖިސްޓްރީވާން ހުޅުވާލައިފި، އެއްވަނައަށް ސްމާޓް ޓީވީއެއް!

އުރީދޫ ނޭޝަން ފީފާ ޓޯނަމަންޓް 3 ގައި ރަޖިސްޓްރީވާން ހުޅުވާލައިފި، އެއްވަނައަށް ސްމާޓް ޓީވީއެއް!

އުރީދޫ ނޭޝަން އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފީފާ މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އުރީދޫ ނޭޝަން ފީފާ ޓޯނަމެންޓްގައި ރެޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރަން ޖެހޭނީ އޮންލައިންކޮށެވެ. އެގޮތުން، ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 15 ގެ ކުރިން http://ore.do/fifa23 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. މި މަހުގެ 16ގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ނޭޝަން ފީފާ މުބާރާތަކީ އީޓުއެސް ގޭމިން ފުވައްމުލައް...

އަޙްމަދު ވަހީދު
އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަނުކޮށްފި

އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރަކު އައްޔަނުކޮށްފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރުކު އައްޔަނުކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވިގޮތުގައި، އެސްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އަޙްމަދު ސިރާޖް، (ވ. ސިނަމާލެ 2-04 4/ކ.މާލެ) އަދި މުޙައްމަދު މުޖާޙް މުނީރު (ގަރާޑީގެ/ގދ.ގައްދޫ) ވަނީ ޢައްޔަންކޮށްފައެވެ. މި ދެ ބޭފުޅުން އެ ބޯޑަށް އައްޔަނުކުރެއްވީ އިއްޔެއެވެ. މި ދެބޭފުޅުންވެސް އެސް.ޑީ.އެފް.ސީގެ ޑިރެކްޓ...

ޔުމްނާ ޢަލީ
އުރީދޫއިން ރާއްޖޭގެ 28 ސިއްހީ މަރުކަޒަކަށް ހެލްތު ކިޓު ހަދިޔާ ކޮށްފި

އުރީދޫއިން ރާއްޖޭގެ 28 ސިއްހީ މަރުކަޒަކަށް ހެލްތު ކިޓު ހަދިޔާ ކޮށްފި

ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކަށް ހެލްތު ކިޓް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 28 ސިއްހީ މަރުކަޒަކަށް ހެލްތު ކިޓް ހަދިޔާކޮށްފިއެވެ. ހެލްތް ކިޓްތައް ހަވާލުކޮށްފައިވާ ސިއްހީ މަރުކަޒުތަކުގެ ތެރޭގައި ހއ އަދި ހދ އަތޮޅުގެ ހުރިހާ ސެންޓަރަކާއި ބ. ކުޑަރިކިލު ސިއްހީ މަރުކަޒާއި ކ. ތުލުސްދޫ ސިއްހީ މަރުކަޒާއި އދ. މާމިގިލީ ސިއްހީ މަރުކަޒު ހިމެނެއެވެ. ހެލްތް ކިޓުތައް ބެހުމަށް ހަމަޖެހިފައިވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްގީގެ 3 ވަނަަ ލަނޑުދަނޑިކަމަށް ވާ […]

އަޙްމަދު ވަހީދު
ވެލާނާގެއިން ރޭގަނޑު 10 ޖަހަންދެން ޕޯސްޓް ކުރުމުގެ ހިދުމަތްތައް

ވެލާނާގެއިން ރޭގަނޑު 10 ޖަހަންދެން ޕޯސްޓް ކުރުމުގެ ހިދުމަތްތައް

މަސައްކަތު ގަޑިތަކުގައި ޕޯސްޓުގެ ޚިދުމަތް ހޯދުމަށް އެކި ސަބަބުތަކާހުރެ ޕޯސްޓަށް ޒިޔާރަތް ނުކުރެވޭ ކަސްޓަމަރުންނަށް ވެލާނާގޭގައި ހުންނަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޕޯސްޓް ޝޮޕުން ހެނދުނު 08:00ން ރޭގަނޑު 22:00އަށް ޕޯސްޓްގެ ޙިދުމަތް ލިބެއެވެ. އެތަނުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި އިންޓަނޭޝަނަލް ރެޖިސްޓަޑް، އޯޑިނަރީ އަދި އީއެމްއެސްގެ ޚިދުމަތް ހިމެނެއެވެ. އަދި ޑޮމެސްޓިކް މެއިލްގެ ހިދުމަތް ވެސް ހިމެނެއެވެ. އެކްސްޕްރެސް މެއިލް ގެ ޚިދުމަތް ނުވަތަ އީއެމްއެސް އަކީ ރާއްޖެއިން ބޭރަށް ޕެކޭޖްތައް ޕޯސްޓް ކުރުމ...

އަޙްމަދު ވަހީދު
ސްޕޯޓްސް ކޯޕަރޭޝަންގެ "5K ޓީމް ރަން" އަންނަ ޖެނުއަރީގައި

ސްޕޯޓްސް ކޯޕަރޭޝަންގެ "5K ޓީމް ރަން" އަންނަ ޖެނުއަރީގައި

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމު ކޮށްގެން ބާއްވާ “5K ޓީމް ރަން” އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމައިފި އެވެ. އެ ކޯޕަރޭޝަނުން ވިދާޅުވީ 2023 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ބާއްވާ މި ދުވުން އޮންނާނީ ޖެނުއަރީ 13 ވާ ހުކުރު ދުވަހުގެ ހެނދުނު 06:30 ގައި ކަމަށެވެ. އަދި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ރޭހުގައި ބައިވެރިވުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކާއި ކުޅިވަރު އެކަޑަމީތައް އަދި އެން.ޖީ.އޯތަކަށް ވެސް ވަނީ ހުޅުވާލާފަ […]

މުޙައްމަދު އަފްރާޙް
ކޮކާކޯލާ ޕްރޮމޯޝަންގެ ނަސީބުވެރިން ގަތަރަށް

ކޮކާކޯލާ ޕްރޮމޯޝަންގެ ނަސީބުވެރިން ގަތަރަށް

ވޯލްޑް ކަޕާ ދިމާކޮށް ކޮކާކޯލާ އިން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ގަތަރަށް ފުރައިފިއެވެ. ކޮކާކޯލާއިން ބުނީ ފީފާ ވޯލްޑް ކަޕް ގަތަރު 2022ގެ މެޗެއް ލައިވްކޮށް ބަލައިލުމަށް ޕްރޮމޯޝަންގެ ނަސީބުވެރިންގެ ގޮތުގައި ހޮވުނު އަށް މީހަކާއި އެ މީހުންގެ ބައިވެރިން ގަތަރަށް ދިއުމަށް މިދިޔަ އާދީއްތަ ދުވަހު ފުރާފައިވާ ކަމަށެވެ. މި ފަރާތްތައް ގްރޫޕް ސްޓޭޖުން ކުއާޓާ ފައިނަލަށް ދަތުރުކުރި ޓީމުތަކުން މުބާރާތުގައި އިތުރަށް ދެމިތިބުމުގެ އަޒުމުގައި ކުޅޭ ފޯރިގަދަ މެޗުތަކުގެ ތެރެއިން މެޗެއް ވަގުތުން ބަލައިލެވޭ...

އަޙްމަދު ވަހީދު