މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 105 ވަނަ ޞަފްޙާ

އެސްޓީއޯ ނިޕޯން އަދި މަކިޓާ ރަމަޟާން ބާޒާރު ފަށައިފި

އެސްޓީއޯ ނިޕޯން އަދި މަކިޓާ ރަމަޟާން ބާޒާރު ފަށައިފި

އެސްޓީއޯ ނިޕޯން ރަމަޟާން ބާޒާރާއި މަކިޓާ ޝޯރޫމުގެ ރަމަޟާން ބާޒާރު ފަށައިފިއެވެ. މިއަދު މަކިޓާ ޝޯރޫމުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަ، އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، މުހައްމަދު އީމާންއެވެ. ނިޕޯން ރަމަޟާން ބާޒާރާއި މަކިޓާ ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށްދާނީ މިއަދުން ފެށިގެން 29 އެޕްރީލްގެ ނިޔަލަށެވެ. މި ބާޒާރުގައި މަކިޓާ ޝޯރޫމާއި ނިޕޯންގެ އުފެއްދުންތައް ގަނެގެން އަގުހުރި އިނާމުތަކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ...

އަޙްމަދު ވަހީދު
އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މާޗު މަހު

އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މާޗު މަހު

އުރީދޫ މޯލްޑިވްސް ގެ އަހަރީ އާންމު ޖަލްސާ މިއަހަރުގެ މާރިޗު މަހު ބާައްވަން ތާވަލުކޮށްފިއެވެ. މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ، 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލަސާގައި ބައިވެރިވެވަޑައިގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެއެވެ. އުރީދޫ އިން 2023 ވ...

އަޙްމަދު ވަހީދު
އެލައިޑް މޮޓޯ ކެމްޕޭން ފަށައިފި

އެލައިޑް މޮޓޯ ކެމްޕޭން ފަށައިފި

އެލައިޑްގެ މޮޓޯ ކެމްޕޭން މިއަދު ފަށައިފިއެވެ. އެލައިޑުން ކޮމްޕްރިހެންސިވް މޮޓޯ އިންޝުއަރެންސް ޕްލިސީ ލޯންޗް ކުރީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިޕޮލިސީގެ ދަށުން 140 ހެލްމެޓް ދިނުމަށް އެލައިޑުން ވަނީ ނިންމާފައެވެ. އެގޮތުން ޕޮލިސީ ނަގާ ފުރަތަމަ 140 ފަރާތައް މި ހެލްމެޓް ލިބޭނެއެވެ. އެލައިޑުން ވަނީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅިގެން ފުލުހުންގެ “ރައްކާ” ޕްރޮގްރާމަށް ވެސް ހެލްމެޓް ހަދިޔާކޮށްފައެވެ. އެ ޕްރޮގްރާމަށް 100 ހެލްމެޓް ވަނީ […]

އަޙްމަދު ވަހީދު
އީޓުކުރިން ކެއާ ޕްލަސްއާ ގުޅިގެން ހާއްސަ ގިވްއަވޭއެއް

އީޓުކުރިން ކެއާ ޕްލަސްއާ ގުޅިގެން ހާއްސަ ގިވްއަވޭއެއް

އީޓުކުރިން ސްކިން ކެއާގެ އުފެއްދުންތައް ވިއްކާ “ކެއާ ޕްލަސް” އާ ގުޅިގެން ގިވްއަވޭއެއް ފަށައިފިއެވެ. މި ގިވްއަވޭގެ ދަށުން ގައިގެ ހަންގަނޑަށް ފައިދާހުރި އެކި މާއްދާތައް ހިމެނޭ 10 ސިރަމް ފުޅި ލިބޭނެއެވެ. ގިވްއަވޭގައި ބައިވެރިވެވޭނީ އީޓުކުރި އަދި ކެއާ ޕްލަސް އަށް ފޮލޯކުރުމަށް ފަހު އީޓުކުރި ޕޭޖުގައިވާ ގިވްއަވޭއާ ގުޅޭ ޕޯސްޓަށް ލައިކްކޮށް، ސްޓޯރީ އަށް އެ ޕޯސްޓް ހިއްސާ ކުރުމުންނެވެ. ޕްރައިވެޓް އެކައުންޓުތަކުން ސްޓޯރީއަށް ޕޯސްޓު ޝެއާކުރުމަށް ފަހު، ސްކްރީންޝޮޓް ފޮނުވަން އީޓުކުރިން ވަނީ […]

އަޙްމަދު ވަހީދު
ބީއެމްއެލް އިން ޑޮލަރު ނެގޭ ލިމިޓު އުވާލައިފި

ބީއެމްއެލް އިން ޑޮލަރު ނެގޭ ލިމިޓު އުވާލައިފި

ޑޮލަރު އެކައުންޓުން ނަގުދު ފައިސާ ނެގުމަށް ބޭންކް އޮފް މޯލްޑިވްސް، (ބީއެމްއެލް) އިން ކަނޑައަޅާފައިވާ ލިމިޓް އުވާލައިފިއެވެ. ބީއެމްއެލުން ބުނީ އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓް 1 ފެބްރުއަރީން ފެށިގެން އުވާލާފައިވާ ކަމަށެވެ. އެގޮތުން ހ. މެރިން ޑްރީމް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާ މުއިގައި ގާއިމްކޮށްފައިވާ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޮލަރު އެކައުންޓުން 1،600...

އަޙްމަދު ވަހީދު
އެމްޑަބްލިއުއެސްސީން ޅ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ސެންޓަރަށް ހަދައިދީފި

އެމްޑަބްލިއުއެސްސީން ޅ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ސެންޓަރަށް ހަދައިދީފި

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑަުަޔަލިސިސް ސެންޓަރެއް ހަދައިދީފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިއީ އެ ސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅޭ ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހެދި ސެންޓަރެކެވެ. މި ސެންޓަރުގެ ސަބަބުން އެ ސަރަހައްދުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް މާލެ އައުމުގެ ބަދަލުގައި، ރަށުގައި ތިބެގެން ނުވަތަ […]

އަޙްމަދު ވަހީދު
ކަމަދޫ ބަނދަރު ތަރައްގީކުރަން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ކަމަދޫ ބަނދަރު ތަރައްގީކުރަން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާަ ގޮތުގައި މި މަޝްރޫއުގެ، އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، އައު ހާބަ ބޭސިން ފުންކުރުމުގެ ވޭރިއޭޝަން މަސައްކަތުގެ 92 އިންސައްތަ މިހާރު ވަނީ ނިންމާލެވިފައެވެ. މި މަޝްރޫއުގެ ދަށުން، 30،933 ކިއުބިކް މީޓަރުގެ ސަރަހައްދެއް...

އަޙްމަދު ވަހީދު
ދިއްދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ދިއްދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ޖެޓީ ހެދުމުގެ މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުމް ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 81 އިންސައްތަ ނިމިފައިވާއިރު، ހާބަ ޕޭވްމެންޓް އެޅުމުގެ މަސައްކަތުގެ 77 […]

އަޙްމަދު ވަހީދު
ތިން ރަށެއްގެ އެއާޕޯޓުގެ ބިން ހިއްކަން ޝައުގުވެރިކަން ފާޅުކޮށްފި

ތިން ރަށެއްގެ އެއާޕޯޓުގެ ބިން ހިއްކަން ޝައުގުވެރިކަން ފާޅުކޮށްފި

ތިން ރަށެއްގެ އެއާޕޯޓު އެޅުމަށް ބިން ހިއްކުމަށް މިހާތަނަށް ބީލަން ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. ސަރުކާރުން އެއާޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކުމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ހދ. މަކުނުދޫއާއި، ށ. ބިލެއްފަހިއާއި ބ. ތުޅާދޫ އަދި ތ. ވިލުފުށީގެއެވެ. އެ މިނިސްޓްރީން ބުނީ ލިބިފައިވާ ބީލަންތައް ބަލާ، އެކަށީގެންވާ ކުންފުންޏެއް ހޮވުމަށް ކުރިއަށްގެންދާ އިވަލުއޭޝަންގެ މަސައްކަތް ފިނޭންސް މިނިސްޓްރީ އަދި ޕްލޭނިންގ މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ. ރެސްޓްރިކްޓެޑް...

އަޙްމަދު ވަހީދު
ދެ ރަށެއްގެ އައިސްޕްލާންޓް ހަދަން ފެނަކައާ ހަވާލުކޮށްފި

ދެ ރަށެއްގެ އައިސްޕްލާންޓް ހަދަން ފެނަކައާ ހަވާލުކޮށްފި

ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ގދ. ފިިޔޯރީ އާއި ގދ. މަޑަވެލީގެ އައިސްޕްލާންޓުގެ މަސައްކަތެވެ. އިއްޔެ ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަޙްމަދު ޔާމީނެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުޙައްމަދެވެ. ފިޝަރީޒް...

އަޙްމަދު ވަހީދު
ފުލުހުންގެ “ރައްކާ” ޕްރޮގްރާމަށް އެލައިޑުން 100 ހެލްމެޓު

ފުލުހުންގެ “ރައްކާ” ޕްރޮގްރާމަށް އެލައިޑުން 100 ހެލްމެޓު

މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިއަށްގެންދާ “ރައްކާ ރޯޑް ސޭފްޓީ” ޕްރޮގްރާމަށް އެލައިޑް އިންޝުއަރެންސް އިން 100 ހެލްމެޓު ހަދިޔާކޮށްފިއެވެ. އެލައިޑުގެ ފަރާތުން މި ހެލްމެޓުތައް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާންއެވެ. ފުލުހުންގެ ފަރާތުން މި ހެލްމެޓުތަކާއި ހަވާލުވެވަޑައިގެންނެވީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަަޙްމަދު ފަސީހެވެ. “ރައްކާ ރޯޑް ސޭފްޓީ” ޕްރޮގްރާމަކީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން އެލައިޑް އިންޝުއަރެންސ...

އަޙްމަދު ވަހީދު
ބީއެމްއެލް އިން ރަސްދޫގައި ސެލްފް ސާވިސް އޭޓީއެމެއް

ބީއެމްއެލް އިން ރަސްދޫގައި ސެލްފް ސާވިސް އޭޓީއެމެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން  އއ. ރަސްދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ. ބީއެމްއެލުން ބުނީ މިއަދު ހިދުމަތް ދޭން ފެށުނު ރަސްދޫ ބްރާންޗުގެ އައު އިމާރާތުގައި ގާއިމުކޮށްފައިވާ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. ރަސ...

އަޙްމަދު ވަހީދު
ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި

ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާލައިފި

މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ. ސަރުކާރުން މި މަސައްކަތް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ 22.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން، 5,575 ކިއު ިބކް މީޓަރުގެ މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، 4,108 ކިއުބިކް މީޓަރުގެ ސެންޓްރަލް ވޭސްޓް ސަރަހައްދު ފުންކުރުމާއި، 518 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 202 މީޓަރުގެ ބޭރުތޮށި ލުމުގެ […]

އަޙްމަދު ވަހީދު
އެލައިޑުގެ ތަފާޔު ކަލަންޑަރު ބޭނުންތަ؟ މާދަމާ މިއޮތީ ފުރުސަތެއް

އެލައިޑުގެ ތަފާޔު ކަލަންޑަރު ބޭނުންތަ؟ މާދަމާ މިއޮތީ ފުރުސަތެއް

މާދަމާއަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރަންސްގެ ހިދުމަތްދޭ އެލައިޑް އިންޝުއަރަންސްގެ 38 ވަނަ އަހަރީ ދުވަހެވެ. މިދިޔަ 38 އަހަރުގެ ތެރޭގައި އެލައިޑްގެ އަމާޒަކަށް ވެފައި ވަނީ ރާއްޖޭގައި ރައްޔިތުންނާއި ވިޔަފާރިތަކާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަމުގައި އެންމެ ގާތް އެހީތެރިޔަކަށް ވުމަށެވެ. މި އަހަރަކީ އެލައިޑަށް ވަރަށް ހާއްސަ އަހަރެކެވެ. މި އަހަރަށް ހާއްސަކޮށްގެން އެލައިޑުން އުފެއްދި ކަލަންޑަރުގެ ބޭނުންތެރިކަމާއި ފަސޭހަކަމާ ގުޅިގެން ތައުރީފު ވަރަށް ބޮޑެވެ. ފަންނުވެރިކަން އިސްކޮށް އޮފ...

އަޙްމަދު ވަހީދު
ސަތޭކައަށްވުރެ ގިނަ ޗެނަލް ފާސްކުރުމަށް އެސްއެސްނެޓުން ބްރޯޑްކޮމްއަށް ހުށަހަޅައިފި

ސަތޭކައަށްވުރެ ގިނަ ޗެނަލް ފާސްކުރުމަށް އެސްއެސްނެޓުން ބްރޯޑްކޮމްއަށް ހުށަހަޅައިފި

އަލަށް ކޭބަލްޓީވީގެ ޚިދުމަތް ފަށާ އެސްއެސްނެޓުން ސަތޭކައަށްވުރެ ގިނަ ޓީވީ ޗެނަލް ފާސްކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅައިފިއެވެ. އެސްއެސްނެޓުން ހާމަކުރިގޮތުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗެނަލްތައް ފާސްކުރުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މުހައްމަދު އާސިފް (މޮންދު) ވިދާޅުވި ގޮތުގައި މިހާތަނަށް ބްރޯޑްކޮމްއަށް ހުށަހެޅި ޗެނަލްތަކުގެ ތެރެއިން 48 ޗެނަލެއް ބްރޯޑްކޮމް އިން ވަނީ ފާސްކޮށްދެއްވާފައެވެ. އޭގެ ތެރޭގ...

އިބްރާހިމް އަސްވާޤް