މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ވިޔަފާރި

3,926 ޝާއިޢުކުރެވިފައިވާ ލިޔުން

ވިޔަފާރި - 102 ވަނަ ޞަފްޙާ

ހިޔާ ފުލެޓުގައި ގަވާއިދާހިލާފަށް އަމަލުކުރާ ފަރާތްތަކަށް ފިޔަވަޅުއަޅަނީ

ހިޔާ ފުލެޓުގައި ގަވާއިދާހިލާފަށް އަމަލުކުރާ ފަރާތްތަކަށް ފިޔަވަޅުއަޅަނީ

ހިޔާ ފްލެޓުތަކުގައި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެޗްޑީސީން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ ހިޔާ ފުލެޓްތަކަކީ އެއްމެ ބޮޑު އެއް އަބާދީއެއް އެއް ސަރަހައްދެއްގައި ދިރިއުޅެމުން ގެންދާ ސަރަހައްދަށްވާއިރު އެ ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަމަށާއި، ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ފަސޭހައަށް ގިނަ އުސޫލުތަކަކާއި ގަވާއިދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. މިގޮތުން، ފިނިޝިންގެ މަސައްކަތްތައް ކުރުމުގައި އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އިމާރާތުގެ ސ...

އަޙްމަދު ވަހީދު
އެމްޑަބްލިއުއެސްސީން ލެބް އިކުއިޕްމެންޓް ކަލިބްރޭޝަންގެ ހިދުމަތް ފަށައިފި

އެމްޑަބްލިއުއެސްސީން ލެބް އިކުއިޕްމެންޓް ކަލިބްރޭޝަންގެ ހިދުމަތް ފަށައިފި

އެމްޑަބްލިޔުއެސްސީގެ ލެބޯޓަރީން ލެބް އިކުއިޕްމެންޓް ކެލިބްރޭޝަންގެ ހިދުމަތް ފަށައިފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފްކޮށްދެއްވީ، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ، ލެބޯޓަރީ އިކުއިޕްމަންޓް ކެލިބަރޭޓިންގެ ހިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުޓިލިޓީ ހިދުމަތްތައް ދެމުން އަން...

އަޙްމަދު ވަހީދު
އެމްޓީސީސީން “ސުޕަވައިޒާސް ފޯރަމް” ބާއްވައިފި

އެމްޓީސީސީން “ސުޕަވައިޒާސް ފޯރަމް” ބާއްވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން “ސުޕަވައިޒާސް ފޯރަމް 2023″ ބާއްވައިފިއެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ފޯރަމަކީ އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަންއާއި އެޗްއާރު ޑިވިޝަން ގުޅިގެން ކުރިއަށް ގެންދިޔަ ފޯރަމެކެވެ. މި ފޯރަމްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ޕްރޮޖެކްޓް ސައިޓް ސުޕަވައިޒަރުންނާއި، ޕްރޮޖެކްޓް ޓީމާއި، ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިގޮތުން، 88 ސައިޓް ސުޕަވައިޒަރުން...

އަޙްމަދު ވަހީދު
ބެސްޓް ބަޑީން “ބެސްޓީ ރޯދަ ސޭލް” އާއެކު ހާއްސަ ގިވްއަވޭތަކެއް

ބެސްޓް ބަޑީން “ބެސްޓީ ރޯދަ ސޭލް” އާއެކު ހާއްސަ ގިވްއަވޭތަކެއް

ބެސްޓް ބަޑީ އިން ރޯދަ މަހަށް ހާއްސަ “ބެސްޓީ ރޯދަ ސޭލް” ފަށައިފިއެވެ. އެ ފިހާރައިން ބުނެފައިވާ ގޮތުގައި ބެސްޓް ބަޑީން ކުރާ ކޮންމެ 100ރ. އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޫޕަން ހުށަހަޅާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގު ހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފައެވެ. މި ޕްރޮމޯޝަންގެ ދަށުން އެއްްވަނައަށްދާ ފަރާތަކަށް ރަށު ޕިކަޕެއް ލިބޭނެއެވެ. އަދި ދެވަނައަށްދާ ފަރާތަކަށް ސްމާޓް ޓީވީއެއް ހުށަހަޅާފައިވާއިރު ތިންވަނައަށްދާ ފަރާތަކަށް […]

އަޙްމަދު ވަހީދު
މަންދޫ ބަނދަރުގެ ބޮޑު ބައެއް ނިމިއްޖެ

މަންދޫ ބަނދަރުގެ ބޮޑު ބައެއް ނިމިއްޖެ

އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ 73 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެގޮތުން، އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، ހާބަ ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ 44 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 52,271 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 35,849 ކިއުބިކް މީޓަރުގެ ނެރު […]

އަޙްމަދު ވަހީދު
އަރުނިތާ، ޕަވަންދީޕް، ރާފިޔަތު އަދި ޝަލަބީގެ ލަވަ އަޑުއަހާލަން މޫލީން ޓިކެޓް ލިބޭނެ

އަރުނިތާ، ޕަވަންދީޕް، ރާފިޔަތު އަދި ޝަލަބީގެ ލަވަ އަޑުއަހާލަން މޫލީން ޓިކެޓް ލިބޭނެ

މިއުޒިކަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަރަށް ފަސޭހައިން މިއުޒިކަލް އައިޑޮލްގެ ޓިކެޓް އުރީދޫ މޯލްަޑިވްސްގެ އީކޮމާސް ޕްލެޓްފޯމް، މޫލީ އިން ލިބޭގޮތް ހަދައިފިއެވެ. މިއުޒިކަލް އައިޑަލް އަކީ 3 މާޗް 2023 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ދިވެހި އަދި އިންޑިއާގެ ހުނަރުވެރިން ލަވަކިޔުންތެރިންނާއެކު ބާއްވާ މިއުޒިކް ޝޯއެކެވެ. އިންޑިއަން އައިޑޮލް ސީޒަން ތިނަކުން އެއްވަނަ ހޯދައިފައިވާ ޕަވަންދީޕް އާއި ރަނަރަޕް އަރޫނީތާ ގެ ހުނަރު މި ޝޯއިންފެނިގެންދާނެއެވެ. މީގެ އިތުރުން މޯލްޑިވިއަން އައިޑޮލް ސީޒަން އެކެ...

އަޙްމަދު ވަހީދު
ކިޔުއާރު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތައް ބީއެމްއެލް އިން ލިމިޓު ކޮށްފި

ކިޔުއާރު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތައް ބީއެމްއެލް އިން ލިމިޓު ކޮށްފި

ކިޔުއާރު ކޯޑު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތު ތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލިމިޓުކޮށްފިއެވެ. ބީއެމްއެލް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިއަދުން ފެށިގެން އެ ބޭންކުގެ މޯބައިލް ވޮލެޓް މެދުވެރިކޮށް ކިޔުއާރު ކޯޑު ބޭނުންކޮށްގެން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަގަކީ 750 ރުފިޔާ ކަމަށެވެ. ކުރިން މިފަދަ މުއާމަލާތު ތަކުގައި ބޭންކުން ވަކި ލިމިޓެއް ކަނޑައަޅައިފައި ނުވެއެވެ. ބޭންކުން ބުނެފައިވާ ގޮތުގައި ކޮންމެ މުއާމަލާތަކަށް 750 ރުފިޔާގެ ލިމިޓެއް ކަނޑައަޅާފައިވާއިރު […]

އަޙްމަދު ވަހީދު
ހުޅުމާލޭގައި ޒަމާނީ ވަސީލަތްތައް ގާއިމުކޮށް ވިޔަފާރީގެ ގިނަ ޚިދުމަތް ލިބޭ ތަނަކަށް ހެދުމަށް އެޗްޑީސީން އަމާޒު ހިފާފައި!

ހުޅުމާލޭގައި ޒަމާނީ ވަސީލަތްތައް ގާއިމުކޮށް ވިޔަފާރީގެ ގިނަ ޚިދުމަތް ލިބޭ ތަނަކަށް ހެދުމަށް އެޗްޑީސީން އަމާޒު ހިފާފައި!

ހުޅުމާލެ އަކީ މިވަގުތު ރާއްޖޭގައި އެއްފަހަރާ އެއްމެ ގިނަ ބަޔަކު އާބާދު ވަމުން އަންނަ ރަށެވެ. ދެވަނަ ފިޔަވަހީގައި ގިނަ ގެދޮރުވެރިކަމުގެ މަޝްރޫއުތަކެއް ނިމި އަލަށް އާބާދު ވަމުން އަންނަ އިރު، ހުޅުމާލޭގައި ލިބެން ހުންނަ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ގިނަ ޙިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެ ކުންފުނިން، ވިޔަފާރީ ވެރިންނަށް ހުރި ފުރުސަތުތައް އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރުތަކަށް...

އަޙްމަދު ވަހީދު
ސްޓެލްކޯއިން ހަންޏާމީދޫގައި ފެނުގެ ހިދުމަތް ފަށައިފި

ސްޓެލްކޯއިން ހަންޏާމީދޫގައި ފެނުގެ ހިދުމަތް ފަށައިފި

އދ. ހަންޏާމީދޫގައި ރަސްމީކޮށް ފެނުގެ ހިދުމަތްދޭން ފަށައިފިއެވެ. ހަންޏާމީދޫގެ ފެނުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކުރީ އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފް އަދި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމް އެވެ. ސްޓެލްކޯއިން ބުނި ގޮތުގައި މި ހިދުމަތް އިފްތިތާހު ކުރެވުމާއިއެކު، ފެނުގެ ހިދުމަތަށް އެދިފައިވާ ހަންޏާމީދުގެ ހުރިހާ ގޭބީސީއަކާއި ވިޔަފާރިއަށް މިހާރު ފެނުގެ ހިދުމަތް ލިބެމުންދާނެއެއެވެ. މިވަގުތު ހަންޏާމީދޫގައި 170 ކަނެކްޝަނަކަ...

ޔުމްނާ ޢަލީ
ރޯދަޔަށް ހާއްސަ ފިހާރައެއް އެސްޓީއޯއިން ދެވަނަ ފިޔަވަހީގައި ހުޅުވަނީ

ރޯދަޔަށް ހާއްސަ ފިހާރައެއް އެސްޓީއޯއިން ދެވަނަ ފިޔަވަހީގައި ހުޅުވަނީ

ރޯދަމަހަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފިހާރައެއް ހުޅުމާލޭ ފޭސް ދޭއްގައި ހުޅުވުމަށް ނިންމައިފިއެވެ. އެސްޓީއޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ފިހާރަ މަރާމާތުގެ މަސައްކަތަށް ބަންދުކޮށްފައިވުމުން އެސްޓީއޯއިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނެ ފިހާރައެއް ނެތްކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި ހުޅުމާލެ ފަދަ ބޮޑު އަބާދީއެއްގައި އެސްޓީއޯގެ ފިހާރައެއް ނެތުމުން ތަކެތީގެ އަގު ބޮޑުވެގެން ގޮސްދާނެކަމުގެ ޝަކުވާވެސް ލިބެމުނ...

އަޙްމަދު ވަހީދު
ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް

ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް

އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ބިންހިއްކުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 24,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެއެވެ. މީގެ އިތުރުން، 430 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 185 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހ...

އަޙްމަދު ވަހީދު
ތިލަފުށިން ބިން ދޭނީ އެފްޑީއައިގެ ދަށުން ހުއްދަ ދީފައިވާ ފަރާތްތަކަށް

ތިލަފުށިން ބިން ދޭނީ އެފްޑީއައިގެ ދަށުން ހުއްދަ ދީފައިވާ ފަރާތްތަކަށް

ތިލަފުށިން ސިނާއީ ބޭނުމަށް ދޫކުރާ ބިންތަކުގެ ތެރެއިން ބޭރުގެ ކުންފުނިތަކަށް ބިން ދޫ ކުރާނީ ސަރުކާރުގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ގެ ދަށުން ހުއްދަ ދީފައިވާ، އަދި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށް ކަމަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. ރޭ އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށިން ހިއްކާ ބިމުގެ ތެރެއިން 4.3 ހެކްޓަރުގެ ބިން ބީލަމުގެ އުސޫލުން ދޫކުރަން ނިންމާފައިވާއިރު އެ ބީލަމުގައި ބޭރުގެ ވިޔަފާރިތަކަށް ބައިވެރިވެވޭނީ އެފްޑީ...

އަޙްމަދު ވަހީދު
ހިޓާޗީގެ އާ އުފެއްދުންތައް ރާއްޖެއަށް

ހިޓާޗީގެ އާ އުފެއްދުންތައް ރާއްޖެއަށް

ހިޓާޗީގެ އާ އުފެއްދުންތަކެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އުފެއްދުންތައް ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން އާއި ހިޓާޗީ ހޯމް އެޕްލައަންސްގެ ސޭލްސް ޑިރެކްޓަރު ޖައިންއެވެ. ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީގެ އުފެއްދުންތަކުގެ ތެރެއިން މި ފަހަރު އެސްޓީއޯއިން ތައާރަފްކުރި އުފެއްދުންތަކުގެ ތެރޭގައިވެސް، އާ ފީޗާތަކާއެކު އުފައްދާފައިވާ ފްރިޖާއި، ދޮންނަމެޝިނާއި، މައިކްރޯވޭވް އަވަ...

އަޙްމަދު ވަހީދު
ބޮޑެތި އިނާމުތަކާއެކު މިފްކޯ ރޯދަ ޕްރޮމޯޝަން ފަށައިފި

ބޮޑެތި އިނާމުތަކާއެކު މިފްކޯ ރޯދަ ޕްރޮމޯޝަން ފަށައިފި

ބޮޑެތި އިނާމުތަކަކާއެކު މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ. މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ މިފްކޯގެ މަސް ފިހާރައިގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އިޒްހާންއެވެ. މިފްކޯއިން ބުނީ އިއްޔެއިން ފެށިގެން މިއަހަރުގެ އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި މިފްކޯގެ މަސްފިހާރަތަކުން 200 ރުފިޔާ އިން މަތިން ކުރާ ކޮންމެ [...

އަޙްމަދު ވަހީދު
ހިތަދޫ ގޮނޑުދޮށުގެ ރިވެޓްމަންޓް ޖެހުމުގެ 53 އިންސައްތަ ނިމިއްޖެ

ހިތަދޫ ގޮނޑުދޮށުގެ ރިވެޓްމަންޓް ޖެހުމުގެ 53 އިންސައްތަ ނިމިއްޖެ

ސ. ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ވަނީ 53 އިނަސައްތަ ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 975 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުންކުރުމާއި، 6,891 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 100 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. […]

އަޙްމަދު ވަހީދު