Skip to main content

އައިޝަތު ނަސާޔާ

Viewer
🇲🇻 ތިލަދުން Desk
345 Stories
18 Reads

Published on ތިލަދުން (Thiladhun) by އައިޝަތު ނަސާޔާ

މޮނިޓަރިންގައި އޮތް އިހަވަންދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި
Thiladhunmathi News

މޮނިޓަރިންގައި އޮތް އިހަވަންދޫގައި ފިޔަވަޅުތައް ވަރުގަދަކޮށްފި

ކޯވިޑް-19ގެ ސަބަބުން ހއ. އިހަވަންދޫ މޮނިޓަރިން ހާލަތުގައި އޮތްއިރު، އެ އެރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅު އިތުރަށް ވަރުގަދަކޮށްފިއެވެ. އިހަަވަންދޫ މޮނިޓަރިން ހާލަތަށް އިއްޔެ ގެނެސްފައި މިވަނީ އެރަށުގެ ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ފިޔަވަޅުތައް އެޅުމަށް އީއޯސީ އިން ނިންމާފައިވާ ކަމަށްވެސް އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ. އެގޮތުން ރައ...

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުޚަބާއެއް
Raajje

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުޚަބާއެއް

މިއަހަރު ދިވެހި ރާއްޖެއަށް ޒިޔާރަތްކުރި އެންމެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިން ހޫނު މަރުޚަބާއެއް ކިޔައިފިއެވެ. މޯލްޑިވްސް މާރކެޓިން އެންޑް ޕީއާރު ކޯޕޮރޭޝަން އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ފުރުސަތު ލިބިވަޑައިގެންނެވި ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ގެ ޖޯޖީނާ ކެނިންގއެވެ. ޖޯޖީނާ ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނު 06:10 ގައެވެ. މިފަރާތަށް މަރުޚަބާ ދެންނެވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއ...

މިއަހަރު މާލޭގައި އެއް ލައްކަ ގަސް އިންދަން ޕްރޮގްރާމެއް ފަށައިފި
News

މިއަހަރު މާލޭގައި އެއް ލައްކަ ގަސް އިންދަން ޕްރޮގްރާމެއް ފަށައިފި

މިފެށުނު އަހަރުގެ ތެރޭގައި އެއް ލައްކަ ގަސް މާލޭގައި އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، މި ޕްރޮގްރާމަކީ މާލެ ސިޓީ ފެހި ކުރުމުގެ ގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އިސްނަންގަވައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މުއިއްޒު ވަނީ މިދިޔަ އަހަރު މޭ މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކައުންސިލްގެ އަމާޒަކީ ހަ މަސް ދުވަސް ތެރޭ ގަސް އިންދުމަށް ވާންޖެހޭ ތައްޔާރީތައް ނިންމުމަށް ފަހު، […]

އިހަވަންދޫއިން ކޮވިޑްއަށް ޕޮޒިޓިވްވި 91 އަހަރުގެ މީހަކަށް، އެރަށު މަރުކަޒުގައި ފަރުވާދޭން ފަށައިފި
Thiladhunmathi News

އިހަވަންދޫއިން ކޮވިޑްއަށް ޕޮޒިޓިވްވި 91 އަހަރުގެ މީހަކަށް، އެރަށު މަރުކަޒުގައި ފަރުވާދޭން ފަށައިފި

ހއ. އިހަވަންދޫއިން ކޮވިޑްއަށް ޕޮސިޓިވްވި ހައިރިސްކު މީހަކަށް، އެރަށު މަރުކަޒުގައި ފަރުވާދޭން ފަށައިފި އެވެ. އެރަށު އާމިނޯ ދިޔޯ ސިއްޙީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި އެރަށުން ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާ މީހަކު ހާލު ގޯސްވުމުގެ ސަބަބުން މިހާރު ވަނީ  އެމަރުކަޒުގައި ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާޙް މިނޫހަށް މަޢުލޫމާތުދެމުން ވިދާޅުވީ ހާލުދެރަވެ ފަރުވާދެމުން ދަނީ 91 އަހަރުގެ އަންހެނަކަށް ކަމަށެވެ. އިހަ...

ނޮޅިވަރަންފަރު ޕްރީސްކޫލް ހިންގާނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނޮޅިވަރަންފަރު ޕްރީސްކޫލް ހިންގާނެ ފަރާތެއް ހޯދަނީ

ހދ. ނޮޅިވަރަންފަރު ޕްރީސްކޫލް ހިންގާނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެރަށު ޕްރީސްކޫލް ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ޖަނަވަރީ 04 ވާ އަންގާރަ ދުވަހުގެ 11:00 އަށް އެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށް އެދިލައްވާ ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2022 ޖަނަވަރީ 09 ވާ އާދިއްތަ ދުވަހުގ...

ފިއްލަދޫގެ ބޭރުގައި އޮންނަ "ދޮށިމަސްކަނދު" އަލުން އަޅައިފި
Thiladhunmathi News

ފިއްލަދޫގެ ބޭރުގައި އޮންނަ "ދޮށިމަސްކަނދު" އަލުން އަޅައިފި

ހއ. ފިއްލަދޫގެ ބޭރުގައި އޮންނަ “ދޮށިމަސްކަނދު” އަލުން އަޅައިފި އެވެ. ހއ އަތޮޅު ކައުންސިލުން ބުނެފައިވާ ގޮތުގައި އެރަށުގައި އަލުން ކަނދުފަތި އަޅާފައި މިވަނީ ރަށުގެ ބޭރުގައި ކުރިން އޮތް ކަނދުފަތި ކަނޑައިގެން ދިއުމުން އޭގެ ބަދަލުގައެވެ. އެގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އެރަށުގައި ކަނދުފަތި ގާއިމް ކޮށްފައި މިވަނީ އެރަށުގެ އިރުން 15 މޭލުގެ ބޭރުގައެވެ. މިނިސްޓަރ އޮފް ފިޝަރީޒް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން މިއަދު […]

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ލަންކާއަށް
Raajje

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ލަންކާއަށް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި 4 ދުވަހުގެ މި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަޙްމަދު ވަނީ މިދިޔަ ނޮވެމްބަރ މަހުވެސް ލަންކާއަށް ވަޑައިގެންފައެވެ. އެދަތުރުފުޅަކީ އެގައުމުގެ “ޕް...

ކުޅުދުއްފުށި ސިޓީގައި ފިނި މައިޒާނެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީގައި ފިނި މައިޒާނެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

ކުޅުދުއްފުށި ސިޓީގެ ހުޅަނގު ފަރާތު އަތިރިމަތީ ސަރަހައްދުގައި ފިނި މައިޒާންއެއް ތަރައްޤީ ކުރާނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާންކޮށްފިއެވެ. އެކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ކުޅުދުއްފުށީ ހުޅަނގު ފަރާތު އަތިރިމަތީ ސަރަހައްދުގައި ފިނި މައިޒާނެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަަމަށާއި މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ފެށޭ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ 10:00 ގެ ކުރިން ރަޖިސްޓްރީ ވުމަށް އެދިލައްވާ ކ...

މަދިރި މަދުކުރުމަށް ބޭނުންކުރާ ބައެއް ތަކެތި ތުރާކުނު ސިއްޚީ މަރުކަޒަށް ހަދިޔާ ކޮށްފި
Thiladhunmathi News

މަދިރި މަދުކުރުމަށް ބޭނުންކުރާ ބައެއް ތަކެތި ތުރާކުނު ސިއްޚީ މަރުކަޒަށް ހަދިޔާ ކޮށްފި

ހއ. ތުރާކުނު ކައުންސިލްގެ ފަރާތުން އެރަށު ސިއްޚީ މަރުކަޒަށް މަދިރި މަދުކުރުމަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާ ކޮށްފިއެވެ. ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފް ” ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަދިރި އަދި ހުވަނި މަދުކުރުމަށްޓަކައި ފޮގް މެޝިންއެއްގެ އިތުރުން ހައި ޕްރެޝަރ ޕަންޕެއް ވެސް ސިއްޚީ މަރުކަޒަށް ހަދިޔާކޮށްފައިވާނެ ކަމަށެވެ. އެކައުންސިލުން ފާހަގަ ކުރައްވާފައިވާ ގޮތުގައި މި ތަކެތި މަރުކަޒަށް ހަދިޔާ ކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ރަށުގެ ރައްޔިތުން […]

ފުލުހުންގެ އެހީތެރިކަމާއެކު ދިއްދޫ ސްވިމިން ޓްރެކް ސާފުކޮށްފި
Thiladhunmathi News

ފުލުހުންގެ އެހީތެރިކަމާއެކު ދިއްދޫ ސްވިމިން ޓްރެކް ސާފުކޮށްފި

ހއ. ދިއްދޫގައި ތިއްބަވާ ފުލުހުންނާއި އެރަށު ކައުންސިލުން ގުޅިގެން އެރަށު ސްވިމިންޓްރަކް ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ހަރަކާތަކީ މި ފެށޭ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މޫދު ކުޅިވަރުތަކަށް ތައްޔާރު ވުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއް ކަމަށެވެ. އެގޮތުން މި ކުޅިވަރުތަކަށް ތައްޔާރު ވުމުގެ ގޮތުން ރަށުގެ އެހެނިހެން މުއައްސަސަތަކާއި ގުޅިގެން ރ...

ބިލެތްފަހީ ހިތާނީ ކޭޕްތަކަށް އެރަށު ކައުންސިލުން ޒިޔާރަތް ކުރައްވައިފި
News

ބިލެތްފަހީ ހިތާނީ ކޭޕްތަކަށް އެރަށު ކައުންސިލުން ޒިޔާރަތް ކުރައްވައިފި

ށ. ބިލެތްފަހީ ހިތާނު ކޭމްޕްތަކަށް އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުން ޒިޔާރަތް ކުރައްވައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ މި ޒިޔާރަތް ކޮށްފައިވާނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އެގޮތުން އެދުވަހު ރަށުގެ ކުރިއަށް ގެންދާ 2 ހިތާނީ ކޭމްޕް އަކަށް ޒިޔާރަތް ކޮށް ހިތާނަ ކޮށްފައިވާ 11 ކުއްޖަކަށް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ ހަދިޔާ ދީފައެވެ. ބިލެތ...

ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ނޮޅިވަރަމް ފުޓްބޯޅަދަނޑުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފި އެވެ. އެ ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެރަށު ފުޓްބޯޅަދަނޑުގެ ވަށާފާރު ރޭނުމާއި ފެންސްޖެހުމާއި އަދި ގޯލް ފެންސްޖަހާދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ވަނީ 10 ޖަނަވަރީ 2022 ވާ (ހޯމަ) ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލާފައެވެ. ރަޖިސްޓްރީ ވުމަށް އެއިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވ...

"ބޭސިކްސް އޮފް އެންޓަރޕްރިނިއަރޝިޕް" ނަމުގައި ކުޅުދުއްފުށި ސިޓީގައި ވެބިނާއެއް
Thiladhunmathi News

"ބޭސިކްސް އޮފް އެންޓަރޕްރިނިއަރޝިޕް" ނަމުގައި ކުޅުދުއްފުށި ސިޓީގައި ވެބިނާއެއް

“ބޭސިކްސް އޮފް އެންޓަރޕްރިނިއަރޝިޕް” ނަމުގައި ކުޅުދުއްފުށި ސިޓީގައި ވެބިނާއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މި ވެބިނާއަކީ އެކައުންސިލާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދެވޭ މި ވެބިނާގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކ...

ބާރަށު ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް
Thiladhunmathi News

ބާރަށު ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބީލަމަށް

ހއ. ބާރަށުގައި ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެރަށުގެ ކުނިމެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކައުންސިލް އިދާރާގެ އީމެއ...

ހޯރަފުށީ ފުޓުބޯޅަދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ހޯރަފުށީ ފުޓުބޯޅަދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ހޯރަފުށީ ފުޓުބޯޅަދަނޑުގައި ލައިޓިންގ ސިސްޓަމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ. މިގޮތުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަޠު ހުޅުވާލާފައިވާ ކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅަންޖެހޭ ތާރީޚަކީ މިފެށޭ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ 10:30 އެވ...