ވެއްޓި ބޯފަޅައިގެން ދިޔަ ބާރަށު މީހެއް ފަރުވާއަށް މާލެ ގެންދެވޭނެގޮތެއްނެތި އާއިލާ ހާސްކަމުގައި!
މިދިޔަ ހޯމަ ދުވަހު ވެއްޓި ބޯފަޅައިގެން ދިޔަ ހއ. ބާރަށް، އުމުރުން 78 އަހަރުގެ އަބްދުއްރައްޒާގު ގެ ހާލު ދެރަވެ، މާލެ ގެންދެވޭނެ ގޮތެއް ނެތުމުން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެމުން އަބްދުއްރައްޒާގުގެ ދަރިއަކު ބުނެފައިވަނީ ބައްޕައަކީ ނުހިނގޭ މީހެއް ކަމަށާއި ނަފްސާނީ ގޮތުން ވެސް ބަލި މީހެއް ކަމަށެވެ. އަދި ބާރަށު ސިއްޚީ މަރުކަޒުން އެންމެ އެދެވޭ ޚިދުމަތެއް ލިބެން ނެތުމުން އެރޭ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އޭނާ […]