ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި "ކެލަވަކި ބަގީޗާ" ހުޅުވައިފި
ހއ. ކެލާގެ ހިތްގައިމު ކަނޑޫފަލުގައި ތަރައްޤީކުރި “ކެލަވަކި ބަގީޗާ” ހުޅުވައިފި އެވެ. މި ޕްރޮގްރާމަކީ ޔުނައިޓެޑް ނޭޝަންސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ހިންގާ ގްލޯބަލް އެންވައިރަމެންޓް ފެސިލިޓީ، ސްމޯލް ގްރާންޓް ޕްރޮގްރާމުގެ ދަށުން ކެލާ ޔޫތު ފޯރަމުން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ކެލާ ޔޫތް ފޯރަމް އިން މައުލޫމާތު ދީފައިވާ މިޕްރޮގްރާމް ނިންމާ “ކެލަވަކި ބަގީޗާ” ގެ ނަމުގައި އިއްޔެ ވަނީ އެ ސަރަހައްދު ރަސްމީކޮށް ހުލުވާލާފައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ސަރަޙައްދު ހުޅުވަ...