ދިއްދޫގައި އިލެކްޓްރިކަލް ވަޔަރިން ކޯހެއް ފަށަނީ
ހއ. ދިއްދޫގައި “އިލެކްޓްރިކަލް ވަޔަރިން” ކޯހެއް ހިންގުމަށް އެރަށު ކައުންސިލުން ނިންމައި، އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ދިއްދޫ ކައުންސިލާއި، މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކޯހެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، ފޯނު ނަމްބަރު އަދި “ޑައި...