Skip to main content

އަޒްފާ ރަޝީދު

Viewer
🇲🇻 ތިލަދުން Desk
248 Stories
17 Reads

Published on ތިލަދުން (Thiladhun) by އަޒްފާ ރަޝީދު

ކޭއާރުއެޗްއިން ދެމުން އަންނަ ސްޕީޗް ތެރަޕީ ޚިދުމަތް ކާމިޔާބު ކަމާއެކު ކުރިއަށް
Thiladhunmathi News

ކޭއާރުއެޗްއިން ދެމުން އަންނަ ސްޕީޗް ތެރަޕީ ޚިދުމަތް ކާމިޔާބު ކަމާއެކު ކުރިއަށް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން 150 އަށްވުރެ ގިނަ ކުދިންނަށް ސްޕީޗް ތެރަޕީދީ، ކުދިންގެ އުޅުމާއި ވާހަކަދެއްކުން ކާމިޔާބުކަމާއި އެކު ރަގަޅުވެފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ. ކުޅުދުއްފުށި ހޮސްޕިޓަލްގެ ސްޕީޗް އެންޑް ޕެތަލޮޖިސްޓް ޑރ. ސްރީޝާމް ވިދާޅުވެފައިވާ ގޮތުގައި އެ ހޮސްޕިޓަލްއިން މިހާތަނަށް 150 ވުރެ ގިނަ ކުދިންނަށް ތެރަޕީދީފައިވާނެމަށާއި މިއީ ކުޅުދުއްފުށީގެ އިތުރުން އެހެން ރަށްރަށަށް ނިސްބަތްވާ ކުދިންވެސް މީގެ ތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ. މިގޮތުން ސްޕީޗް އަދި...

ކިންގް ސަލްމާން މިސްކިތް ވަރަށް އަވަހަށް ހުޅުވާނެ: ސައުދީ މީޑިޔާ
Raajje

ކިންގް ސަލްމާން މިސްކިތް ވަރަށް އަވަހަށް ހުޅުވާނެ: ސައުދީ މީޑިޔާ

ރާއްޖޭގައި އަޅާފައިވާ އެންމެ ބޮޑު މިސްކިތްކަމަށްވާ ކިންގް ސަލްމާން މިސްކިތުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ނޫސްކަމުގައިވާ ސައުދީ ގެޒެޓްއިން ބުނެފި އެވެ. އެނޫހުގައި ސަލްމާން މިސްކިތުގެ ފޮޓޯއެއް ހިމަނާ އިއްޔެގެ އަދަދުގައި ބުނެފައިވަނީ، މިއީ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމެއްގައި އެޅިގެންދާ އެންމެ ބޮޑު މިސްކިތްކަމަށެވެ. ވެރިރަށް މާލޭގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި...

ޗައިނާގެ ކުޑަކުދިންނަށް އޮންލައިން ގޭމްތަކުން ނުރައްކާ ބޮޑުވާތީ، ގޭމް ކުޅެވޭ ވަގުތު މަދުކޮށް ހަރުކަށި ފިޔަވަޅުތަކެއް
International

ޗައިނާގެ ކުޑަކުދިންނަށް އޮންލައިން ގޭމްތަކުން ނުރައްކާ ބޮޑުވާތީ، ގޭމް ކުޅެވޭ ވަގުތު މަދުކޮށް ހަރުކަށި ފިޔަވަޅުތަކެއް

ޗައިނާގެ 18 އަހަރުން ދަށުގެ ކުޑަކުދިންނަށް އޮންލައިން ގޭމްތަކުގެ ސަބަބުން ނުރައްކާ ބޮޑުވެފައިވާތީ، ގޭމް ކުޅެވޭ ވަގުތު މަދުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ. އެޤައުމުގެ އޮންލައިން ގޭމިންގް ޕްލެޓްފޯމްތަކުން ބުނެފައިވަނީ ގޭމް ކުޅުމަށް ކުޑަކުދިން އެޑިކްޓްވެފައިވާކަމަށާއި، މިކަމަށް އޮތް ހަމައެކަނި ހައްލަކީ ގޭމް ކުޅުމަށް ހޭދަވާ ވަގުތު މަދުކުރުންކަމަށެވެ. ބްލޫމްބަރގް ސައިޓިންގެ ސްޓޭޓް މީޑިއާއިން އާންމުކޮށްފައިވާ ގޮތުގައި އަންނަ ހަފްތާއިން ފެށިގެން އޮންލައިންކޮށް ގޭމް ކުޅެވޭނީ ހަތްފާއަ...

ބާރުގަދަ "އައިޑާ" ތޫފާނުން ރައްކާތެރިވުމަށް އެމެރިކާ ތައްޔާރުވަނީ
International

ބާރުގަދަ "އައިޑާ" ތޫފާނުން ރައްކާތެރިވުމަށް އެމެރިކާ ތައްޔާރުވަނީ

ބާރުގަދަ “އައިޑާ” ތޫފާނުން ރައްކާތެރިވުމަށް އެމެރިކާއިން ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. އެމެރިކާގެ މޫސުން ލަފާކުރާ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އައިޑާ ތޫފާންގެ ނުރައްކާތެރިކަން ބޮޑުވެ ގަލްފް އޮފް މެކްސިކޯ ސަރަޚައްދުގައި ދިރިއުޅޭ އެތަށް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ކަމާބެހޭ ފަރާތްތަކާއި ވަނީ ހަވާލުކޮށްފައެވެ. ގަލްފް އޮފް މެކްސިކޯގެ ތެރެއިން އެމެރިކާގެ ދެކުނު އައްސޭރިއާއި ކައިރިން ކަނޑުގެ ސަރަހައްދުގައި މިހާރު އުފެދިފައި ހުރި ތޫފާން “އައިޑާ”ގެ ބާރު...

ސިންގަޕޫރުގެ އާބާދީގެ 80 އިންސައްތަ މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި
International

ސިންގަޕޫރުގެ އާބާދީގެ 80 އިންސައްތަ މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި

ކޯވިޑް-19 އިން ރައްކާތެރިވުމަށް ސިންގަޕޫރުގެ 5.7 މިލިއަން މީހުންގެ އާބާދީގެ 80 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާކަމަށް އެޤައުމުން ހާމަކޮށްފިއެވެ. މިއަދަދާއި އެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަމުން އަންނަ ޤައުމުތަކުގެ ލިސްޓުގައި ސިންގަޕޫރު ހިމެނިފައިވާކަމަށް އެޤައުމުގެ ހެލްތް މިނިސްޓްރީއިން ވަނީ ހާމަކޮށްފައިވެއެވެ. މިއީ ސިންގަޕޫރު ފަދަ ކުޑަ ޤައުމަކުން ކޯވިޑް 19 އާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކާއި އަޅާބަލާއިރު ލިބުނު އިތުރު ކުރިއެރުމެއްކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަކުރައ...

ރޮބަރޓް ކެނެޑީގެ 2 ދަރިން އެދުނީ، ޕެރޯލްގެ ދަށުން ސިރްހާން ދޫކޮށްލުމަށް
International

ރޮބަރޓް ކެނެޑީގެ 2 ދަރިން އެދުނީ، ޕެރޯލްގެ ދަށުން ސިރްހާން ދޫކޮށްލުމަށް

މީގެ 53 އަހަރު ކުރިން، އެމެރިކާގެ ސެނެޓަރ ރޮބަރޓް އެފް ކެނެޑީ އަވަހާރަކޮށްލުމާއި ގުޅިގެން ހައްޔަރުގައި ހުރި އުމުރުން 77 އަހަރުގެ ސިރުހާން ސިރުހާން ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ކެނެޑީގެ 2 ދަރިން އެދިއްޖެ އެވެ. ޤާތިލް ސިރުހާން ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ކެނެޑީގެ ދެ ދަރިން ސިރްހާންއާއި އެއްކޮޅަށް ވާހަކަދެއްކުމުން ޕްރޮސެކިއުޓަރ ވަނީ ސިރްހާން އިތުރަށް ޖަލުގައި ބަންދުކޮށްފައި ނުބެހެއްޓުމާއި މެދު ގޮތެއް ނިންމުމަށް ބަހުސްކޮށްފައެވެ. ކެނެޑީގެ ދަރިފުޅު ޑޮއުގްލަސް ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ބައްޕަ 19...

"ޕެނޮސްކްރޮޓަލް ހައިޕޮސްޕޭޑިއަސް" ތަހައްމަލް ކުރަމުން އަންނަ 4 އަހަރުގެ ކައިލް އަށް އެހީއެއް ވެދެއްވާ!
News

"ޕެނޮސްކްރޮޓަލް ހައިޕޮސްޕޭޑިއަސް" ތަހައްމަލް ކުރަމުން އަންނަ 4 އަހަރުގެ ކައިލް އަށް އެހީއެއް ވެދެއްވާ!

ކުޑަކަމުދާ ނިޒާމްގެ ބައްޔެއްކަމަށްވާ “ޕެނޮސްކްރޮޓަލް ހައިޕޮސްޕޭޑިއަސް” ތަހައްމަލް ކުރަމުން އަންނަ އުމުރުން އެންމެ 4 އަހަރުގެ ކައިލް އަޝްރަފް ރަޝީދްގެ އޮޕަރޭޝަންކުރުމަށް ދީލަތި އެހީއަކަށް އެދިއްޖެއެވެ. މިހާތަނަށް 4 އޮޕަރޭޝަންކޮށްފައިވާ ކައިލް އިތުރު އޮޕަރޭޝަންއެއް ކުރުމަށް ޑޮކްޓަރުން އިރުޝާދުދެއްވާފައިވާތީ ކުރިއަށް ކުރެވެން އޮތް ސަރޖަރީ ކުރުމަށް އިންޑިއާގެ ޖެއިޕޫރަށް ދިއުމަށް ޑޮކްޓަރުންވަނީ އިރުޝާދު ދެއްވާފައެވެ. ނަމަވެސް ޖެއިޕޫރުގައި ހުންނަ ސޫރްޔާ ހޮސްޕިޓަލަކީ މިވަގުތު އާސަންދައިގެ ޙިދުމަތް ރާއް...

ދުނިޔޭގެ އެންމެ އަގު ބޮޑު 20 ހޮޓަލުގެ ލިސްޓުގައި ރާއްޖޭގެ 3 ހޮޓަލެއް
International

ދުނިޔޭގެ އެންމެ އަގު ބޮޑު 20 ހޮޓަލުގެ ލިސްޓުގައި ރާއްޖޭގެ 3 ހޮޓަލެއް

އެމެރިކާގެ މަޝްހޫރު ޓީވީ ޝޯވއެއް ކަމަށްވާ “ލައިފް ސްޓައިލް އޮފް ދަ ރިޗް އެންޑް ފޭމަސް” އިން ކުރި ސާވޭއަކުން ދުނިޔޭގެ އެންމެ އަގު ބޮޑު 20 ހޮޓެލްގެ ލިސްޓުގައި ރާއްޖޭގެ ތިން ހޮޓަލެއް ހިމެނިއްޖެއެވެ. މި ސާވޭއަކީ ލީޑިން ބުކިންގްސް ވެބްސައިޓްތަކަށް ބަލައި، ޓީވީ ޝޯވ ލައިފް ސްޓައިލް އޮފް ދަ ރިޗް އެންޑް ފޭމަސް އިން ހަދާފައިވާ ސާވޭ އެކެވެ. މިލިސްޓްގައި ހިމެނިފައިވާ ހޮޓާތަކުގެ ތެރޭގައި ލިސްޓްގެ 10 ވަނާގައި ރާއްޖޭގެ “ދި ނޯޓިލަސް” […]

ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ސައުދީއަށް ޑައިރެކްޓްކޮށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލައިފި
International

ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ސައުދީއަށް ޑައިރެކްޓްކޮށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަނދުކޮށްފައިވާ ޤައުމުތަކުން ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ސައުދީ އަރަބިއްޔާއަށް ޑައިރެކްޓްކޮށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެޤައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައި އިތުރަށް ބުނެފައިވާގޮތުގައި ސައުދީން ދީފައިވާ މިލުޔާއިއެކު ވިޔަފާރިވެރިންނާއި ކޮމިއުނިޓީ ލީޑަރުންވެސް މިކަމަށް އެ ގައުމުން މަރުޙަބާ ކިޔާކަމަށެވެ. ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް...

އިންޑިއާއިން ބަޖެޓަށް ފައިސާ ހޯދަން 81 ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަނީ
International

އިންޑިއާއިން ބަޖެޓަށް ފައިސާ ހޯދަން 81 ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަނީ

އިންޑިއާ ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކުރުމަށް 80 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެސެޓްތަކެއް ވިއްކާލުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.  މިގޮތުން އިންޑިއާއިން ފާއިތުވި 4 އަހަރުގެ ތެރޭގައި އެޤައުމުގެ ސަރުކާރަށް ނިސްބަތްވާ 6 ޓްރިލިއަން ރުޕީސް ނުވަތަ 80 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެސެޓްތަކެއް ވިއްކާލުމަށް ނިންމާފައިވާކަމަށް ބައިނަލް އަގްވާމީ މީޑިއާގައި ރިޕޯޓުކޮށްފައި ވެއެވެ. އެޤައުމުން މިކަން ނިންމާފައިވަނީ ފާއިތުވި 4 އަހަރުގައި ސަރުކާރަށް ލިބިފައިވާ އެސެޓްތައް ވިއްކައިގ...

އޯޒޯން ފަށަލަ ރަނގަޅުވަމުން އަންނަކަށް ސައިންވެރިން ބުނެފި
International

އޯޒޯން ފަށަލަ ރަނގަޅުވަމުން އަންނަކަށް ސައިންވެރިން ބުނެފި

އޯޒޯން ފަށަލަ ރައްކާތެރިކުރުމަށް 1980 ގެ އަހަރުތަކުން ފެށިގެން އެކި މަސައްކަތްތައް ކުރެވެމުން އައިސްފައިވާއިރު، އަލްޓްރާ ވައިލެޓް ރޭސްގެ ސަބަބުން އިންސާނުންނާއި ގަސްގަހާގެއްސަށް ލިބޭ ގެއްލުންތައް ހައްލުކުރަންވަނީ މަސައްކަތްތަކެއްކޮށްފައެވެ. 1970ގެ އަހަރުތަކުގައި ސައިންސްވެރިންނަށް އޯޒޯން ފަށަލައަށް އެންމެ ގެއްލުން ހުރިކަމަށް ދިރާސާކުރެވިފައި ވަނީ ކްލޮރޯފްލޮރޯކާބޮންސް ގޭހުންކަމަށް ހާމަކޮށްފައިވެއެވެ. އަދި 1987 ވަނަ އަހަރު 197 ޤައުމަކުން ވަނީ މޮންޓްރިއަލް ޕްރޮޓޮކޯލްގައި ސޮއިކޮށް ސީ.އެފް.ސީ ގޭސް މަ...

ގްރީސްއިން ވެސް ތުރުކީއާއި އެއްގޮތަށް ފާރެއް ރާނައިފި
International

ގްރީސްއިން ވެސް ތުރުކީއާއި އެއްގޮތަށް ފާރެއް ރާނައިފި

އަފްޤާނިސްތާނުން ހިޖުރަކުރަމުން އަންނަ ރެފިރުޖީން ވަނަ ނުދިނުމަށް ގްރީސްއިންވެސް ތުރުކީއާއި އެއްގޮތަށް އެޤައުމާއި ތުރުކީ ގުޅޭ ބޯޑަރުގައި އުސްފާރެއް ރާނައިފިއެވެ. ތާލިބާނުން އަފްޤާނިސްތާނު ހިފުމާއި އެކު އެޤައުމުގެ ގިނަ ރައްޔިތުން ދަނީ ޔޫރަޕާއި ތުރުކީ ފަދަ ޤައުމުތަކަށް ހިޖުރަކުރަން ފަށާފައެވެ. ޔޫރަޕަށް ހިޖުރަކުރާ މީހުންގެ ވަގުތީ މަންޒިލަކަށް ތުރުކީއެކޭ އެއްފަދައިން ގްރީސް ވެފައިވާއިރު، 2010 ވަނަ އަހަރުން ފެށިގެން އަފްޤާނިސްތާން، ސީރިޔާ އަދި އިރާގުން ގްރީސްއަށް ހިޖުރަކުރަމުން އަންނަ މީހުންގެ އަދަދު...

މެދު އިރުމަތިން ފެން ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ
International

މެދު އިރުމަތިން ފެން ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

މެދު އިރުމަތީގެ ޤައުމުތަކަށް ނިސްބަތްވާ ފެންކޯރުތައް ހިކި އެހިސާބުތަކުން ފެންހުސްވެދާނެކަމުގެ ބިރު އެބަ އޮތްކަމަށް އަޒްރްބައިޖާންގެ އެންވާރަމެންޓް ޕްރޮޓެކްޝަން ޑިޕާޓްމަންޓްއިން ހާމަކޮށްފިއެވެ. އިރާންގެ ޕްރޮވިންސްއެއްކަމަށްވާ އަޒަރްބައިޖާންގެ އެންވަރަމަންޓް ޕްރޮޓެކްޝަންއިން ޑިޕާޓްމަންޓްއިން މިކަން ހާމަކޮށްފައިމިވަނީ އެހިސާބަށް ނިސްބަތްވާ “އުރްމިއާ ލޭކް” ވަރަށް ބޮޑަށް ހިނދި އެކޯރުގެ ދެބައި ކުޅަ އެއްބައިގައި ހުންނަންޖެހޭ ވަރަށްވެސް ފެން ނެތްކަން އެޑިޕާޓްމަންޓްގެ ދިރާސާތަކުން ދައްކައެވެ. އެޑިޕާޓްމަނ...

އަފްގާނިސްތާނުގެ ރެފިއުޖީންނަށް ތުރުކީގެ ބޯޑަރުތައް ބަންދުކުރަން ފާރެއް ރާނައިފި
International

އަފްގާނިސްތާނުގެ ރެފިއުޖީންނަށް ތުރުކީގެ ބޯޑަރުތައް ބަންދުކުރަން ފާރެއް ރާނައިފި

ތާލިބާނުން އަފްގާނިސްތާން ބަލަހައްޓަމުން އަންނަމުންދާތީ އަފްގާނިސްތާނުން ހިޖުރަކުރާ ފަރާތްތައް ތުރުކީ ވިލާތަށް ވަނަނުދިނުމަށް އެ އެޤައުމުގެ އިރާނާއި ވީ ފަރާތުގެ ބޯޑަރުތައް ބަންދުކޮށް ފާރެއް ރާނާއިފިއެވެ. ނަމަވެސް ހަފްތާއެއްހާ ދުވަސްކުރިން އަފްގާނިސްތާނުން ނިކުމެފައިވާ ބައެއް ރެފިއުޖީން އެސަރަޚައްދުގައި އުޅެމުން އަންނަތަން ފެންނަމުންދާކަމަށް އެގައުމުން ވަނީ ހާމަކޮށްފައިވެއެވެ. މިގޮތުން އަފްގާންގެ ރެފިއުޖީންނަށް ހުރަސްއެޅުމަށް ތުރުކީއިން ވަނީ ބޯޑަރުގެ ކައިރީގައި ތިން މީޓަރުގެ އުސްފާރެއް ރާނާފައެވެ...

ލައިގެން ހުރި ކޯޓާއި ބައެއް އަންނައުނު ނޫން އެއްޗެއް ނުގެންނަން: ގަނީ
International

ލައިގެން ހުރި ކޯޓާއި ބައެއް އަންނައުނު ނޫން އެއްޗެއް ނުގެންނަން: ގަނީ

ގައުމު ދޫކޮށް ވަޑައިގަތީ ފައިސާ ހިއްޕަވައިގެން ނޫންކަމަށް އަފްގާނިސްތާންގެ ރައީސް އަޝްރަފް ގަނީ ވިދާޅުވެއްޖެއެވެ. އެކުވެރި އަރަބި އިމާރާތުގައި ހުންނަވާ ފޭސްބުކް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ގަނީ ވިދާޅުވެފައިވަނީ އޭނާ ޤައުމު ދޫކުރެއްވި އިރު އެއްވެސް ފައިސާއެއް ގެންގޮސްފައިނުވާނެކަމަށެވެ. ގައުމު ދޫކޮށް ވަޑައިގަތްއިރު މިލިއަނުން ފައިސާ ގެންގޮސްފައިވާ ކަމަށް އޭނާގެ މައްޗށް ކުރަމުން އަންނަ ތުހުމަތުތަކަށް އިންކާރުކުރައްވާ މި ވީޑިއޯގެ ޒަރިއްޔާއިން މިކަމާއި ބެހޭގޮތުން ވާހަކަފުޅުދައްވަމ...