ތާލިބާނުން އަފްގާނިސްތާން ބަލަހައްޓަމުން އަންނަމުންދާތީ އަފްގާނިސްތާނުން ހިޖުރަކުރާ ފަރާތްތައް ތުރުކީ ވިލާތަށް ވަނަނުދިނުމަށް އެ އެޤައުމުގެ އިރާނާއި ވީ ފަރާތުގެ ބޯޑަރުތައް ބަންދުކޮށް ފާރެއް ރާނާއިފިއެވެ.

ނަމަވެސް ހަފްތާއެއްހާ ދުވަސްކުރިން އަފްގާނިސްތާނުން ނިކުމެފައިވާ ބައެއް ރެފިއުޖީން އެސަރަޚައްދުގައި އުޅެމުން އަންނަތަން ފެންނަމުންދާކަމަށް އެގައުމުން ވަނީ ހާމަކޮށްފައިވެއެވެ.

Ad
rt

މިގޮތުން އަފްގާންގެ ރެފިއުޖީންނަށް ހުރަސްއެޅުމަށް ތުރުކީއިން ވަނީ ބޯޑަރުގެ ކައިރީގައި ތިން މީޓަރުގެ އުސްފާރެއް ރާނާފައެވެ.

އަފްގާންދޫކޮށް ތުރުކީ ވިލާތަށް ވަންނަން އުޅުނު 69 ހާހަށްވުރެ ގިނަ މީހުން ތުރުކީގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ މިހާތަނަށް ހުއްޓުވާފައެވެ. އަދި އިންސާނުން ރަހީނުކުރަމުން އަންނަކަމަށް ބަލައި 904 މީހަކު ވެސް ތުރުކީގެ ސިފައިންވަނީ ހައްޔަރުކޮށްފައެވެ.

ބޯޑަރުތައް ހުރަސްކޮށް ޔޫރަޕްގެ ޤައުމުތަކަށް ހިޖުރަކުރާމީހުން ވަގުތީ ބިމަކަށް ގައުމަކަށް ތުރުކީވެފައިވާކަމަށް ވެސް ޚަބަރުތައްބުނެއެވެ.

ތުރުކީގެ ރައީސް އުރްދުޤާން ވިދާޅުވީ، ޔޫރަޕަށް ހިޖުރަކުރާ މީހުންގެ ރެފިއުޖީންގެ ވަގުތީ ބިމަކަށް ތުރުކީ ވިޔަނުދޭނެކަމަށެވެ. އަފްގާނީސްތާނުން ހިޖުރަކުރަމުން އަންނަ ރެފިއުޖީން ތުރުކީއަށް އެތެރެވިޔަ ނުދިނުމަށް ތުރުކީގެ ސަރުކާރާއި ޕާކިސްތާންގެ ސަރުކާރާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އުރްދުޤާން ވިދާޅުވިއެވެ. އަދި ތުރުކީއަކީ އަފްގާނިސްތާނުން ޔޫރަޕަށް ހިޖުރަކުރާ މީހުންގެ ވަގުތީ ބިމަކަށް ނުވާނެކަމަށް ބުނެ އުރްދުޤާން ވަނީ އެޤައުމުތަކަށް ދާ މީހުންނަށް އެހީވުމަށް ޔޫރަޕްގެ ޤައުމުތަކަށް ގޮވާލާފައެވެ.

ތާލިބާނުން އަފްގާނިސްތާނު ހިފުމާއި އެކު އެޤައުމުގެ ގިނަ ބަޔަކު ވަނީ އެހެން ޤައުމުތަކަށް ހިޖުރަކުރަންފަށާފައެވެ.