ކުޅުދުއްފުށި ސިޓީގައި "އޮޑިޓަރ ޖެނެރަލްގެ އުތުރު ސަރަހައްދީ އޮފީސް" ހުޅުވައިފި
ހދ. ކުޅުދުއްފުށި ސިޓީގައި “އޮޑިޓަރ ޖެނެރަލް އޮފީހުގެ އުތުރު ސަރަހައްދީ އޮފީސް” ހުޅުވައިފި އެވެ. މި އޮފީސް ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރް އަބްދުއްލަޠީފް އެވެ. މިކަމަށްޓަކައި ކުޅުދުއްފުށި ސިޓީގައި މިއަދު ބޭއްވުނު ރަސްމިއަޔާތުގައި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒް އާއި އެ އޮފީހުގެ ބައެއް އިސްވެރިންނާއި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް އަދި ހދ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖުގެ އިތުރުން ކުޅުދުއްފުށި ސިޓީގެ އެކިއެކި މުއައްސަސާތަކާ...