ކޮމަންޑޫ ސިއްހީ މަރުކަޒުން ގޭގެ އަށް ގޮސް ދާނުގައި ތިބޭ ބަލި މީހުންނަށް ޚިދުމަތްދޭތާ 7 އަހަރު
ށ. ކޮމަންޑޫ ސިއްޙީ މަރުކަޒުން ގޭގެއަށް ގޮސް ދާންމަތިވެފާއި ތިބޭ ބަލިމީހުންނަށް ޚިދުމަތް ދޭތާ 7 އަހަރު ވެއްޖެ އެވެ. މިގޮތުން ވޭތުވި ހަތްއަހަރު ވެސް، މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބުތަކާއި ހެދި ހިނގާބިނގާވެ އުޅެން އުނދަގޫ ބަލި މީހުންގެ ގާތަށް ކޮމަންޑޫ ސިއްހީ މަރުކަޒުގެ ޓީމެއް ޒިޔާރަތް ކޮށް ފަރުވާދެމުން ގެންދެއެވެ. ކޮމަންޑޫ ސިއްހީ މަރުކަޒާ އަލަށް ގުޅިވަޑައިގައިން ސީނިއާރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު މުފީދު ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަލި މީހުން […]