އިހަވަންދޫ މޮނިޓަރިން އުވާލައިފި
ހއ. އިހަވަންދޫ މޮނިޓަރިން އުވާލައިފި އެވެ. ހުސްވި އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވެ، އެމީހުންނާ ޑައިރިކްޓް ކޮންޓެކްޓްވި 2 މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިން އަށް ލާފައިވަނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގައެވެ. އިހަވަންދޫ ކައުންސިލުން ވިދާޅުވީ ކޮވިޑް 19 ގެ ކޭސްތަކާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައި އޮތް […]