ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސެކްރެޓަރީ މަޤާމަށް ހޫދު
ރައީސްއުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސެކެޓްރީ ކަމުގެ މަޤާމަށް އައްޑުއަތޮޅު ހިތަދޫ، އާސީނުގޭ، އިބްރާހީމް ހޫދު އައްޔަންކުރަށްވައިފި އެވެ. ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް ހޫދު އެމަގާމުން ވަކިކުރައްވާ ފޮރިންރިލޭޝަންގެ ސެކެޓްރީ ކަމަށް އައްޔަން ކުރެއްވީ ރައީސްއުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެވެ. އިބްރާހީމް ހޫދު މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގާ ކަމަށް ރައ...