ފުރަތަމަ ފަހަރަށް މޫދުއަޑިން ކަރަންޓު ކޭބަލް އަޅައިގެން ހިދުމަތް ދިނުމުގެ ޝަރަފު ފެނަކައަށް
ފުރަތަމަ ފަހަރަށް މޫދުއަޑިން ކަރަންޓް ކޭބަލެއް އަޅައިގެން މީހުން ދިރިއުޅޭ ރަށަކަށް ކަރަންޓް ފޯރުކޮށް ދިނުމުގެ ޝަރަފު ފެނަކަ ކޯޕަރޭޝަނުން ހޯދައިފިއެވެ. ފަރެސްމާތޮޑާ އެއާޕޯޓުގައި އަލަށް އިމާރާތްކުރި އިންޖީނުގޭގެ ކަރަންޓް ވިއުގައާއި ފަރެސް މާތޮޑާގެ ކަރަންޓް ހިދުމަތުގެ ވިއުގައާއި ގުޅާލީ މޫދުއަޑީގައި އެކަމަށް ހާއްސަކޮށް އެޅި ކޭބަލަކުންނެވެ. ފަރެސް މާތޮޑާއަށް ކަރަންޓުގެ ހިދުމަށް ކަށަވަރުވެގެން ދިޔަ ބޮޑު ނެޓްވޯކާ ގުޅިފައިވާ ފަރެސްމާތޮޑާ އެއާޕޯޓުގައި އަލަށް އިމާރާތްކުރި އިންޖީނުގެ އިމާރާތްކޮށް، ފުރިހަމަ...