ފަލަސްތީނުގެ "މޯލްޑިވް ގާޒާ" އަށް ބޮން އަޅައިފި
ރާއްޖޭގެ ގުދުރަތީ ރީތިކަން އިހުސާސުވާގޮތަށް ފަލަސްތީނުގެ ގާޒާގައި ހަދާފައިވާ “މޯލްޑިވް ގާޒާ” ރެސްޓޯރެންޓަށް އިޒުރޭލުން ބޮން އަޅައި މިއަދު އެތަންހަލާކުކޮށްލައިފިއެވެ. މިދިޔަ އަހަރު ހުޅުވި މި ރެސްޓޯރެންޓަށް ދިން ހަމަލާގައި މިހާތަނަށް ތިން މީހަކު ވަނީ ޒަހަމްވެފައެވެ. ބޮން އެޅުމުގެ ސަބަބުން މި ރެސްޓޯރެންޓު ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. ދިވެހިންނާއި ދުނިޔޭގެ ސަމާލުކަމަށް މި ރެސްޓޯރެންޓް ލިބުނީ މިދިޔަ އަހަރު މިތަނުގެ ވެރިޔާ ރޮއިޓާސްއަށް ދިން އިންޓިވިއުއަކަށް ފަހުއެވެ. އެ ރެސްޓޯރެންޓުގެ ވެރިޔާ އިމާ...