މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,049 Stories
2,755 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ޗައިނާއިން 180 މިލިއަން އަހަރުވެފައިވާ ސާރެއްގެ ކަށިތައް ފެނިއްޖެ
International

ޗައިނާއިން 180 މިލިއަން އަހަރުވެފައިވާ ސާރެއްގެ ކަށިތައް ފެނިއްޖެ

ޗައިނާގެ ޔުނާން ޕްރޮވިންސުން 180 މިލިއަން އަހަރުވެފައިވާ ސާރެއްގައި ކަށިތަކެއް ފެނިއްޖެއެވެ. މި ކަށިތައް ފެނިފައިވަނީ ސާރުތައް ދިރާސާ ކުރާ “ޕޭލިއެންޓޮލޮޖިސްޓުން”ނަށެވެ. އެ މީހުން ބުނެފައިވާގޮތުގައި ސާރުގެ 70 އިންސައްތަ ކަށިތައް ވަނީ ފެނިފައެވެ. މި ސާރުގެ ދިގުމިނުގައި އަށް މީޓަރު ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު މި ސާރު ދުނިޔޭގައި ދިރިހުރީ ޖުރާސިކް އިރުގައި ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއީ މީގެ 145 މިލިއަން އަހަރާއި 201 މިލިއަން އަހަރު ކުރިއެވެ. ސާރުގެ ކަށިތައް ފެނިފައިވާ […]

ވެމްކޯ މުވައްޒަފުން ފަލަސްތީނަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފި
Business

ވެމްކޯ މުވައްޒަފުން ފަލަސްތީނަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފި

ވޭސްޓް މެނޭޖްމަން ކޯޕްރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ. އެ ކުންފުނިން މި ފައިސާ ފަލަސްތީނަށް ހަދިޔާ ކުރަނީ ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާ ގުޅިގެންނެވެ. މިއަދު އެ ފައިސާ ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާހަވާލުކޮށްފައެވެ. ވެމްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން މި ފައިސާ އިންޓަނޭޝަނަލް އެއިޑާ ހަވާލު ކޮށްދެއްވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމްމުހައްމަދުއެވެ. ފަލަސްތީނަށް އެހީވާން ވެމްކޯއިން ވަ...

ފީވަކު ބަނދަރުގެ 92 އިންސައްތަ މަސައްކަތް ނިންމާލައިފި
Thiladhunmathi News

ފީވަކު ބަނދަރުގެ 92 އިންސައްތަ މަސައްކަތް ނިންމާލައިފި

ށ. ފީވަކު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 92 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް އެމްޓީސީސީއިން މިއަދި ބުނެފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ހާބަރ ބޭސިން އަލުން ފުންކުރުމުގެ މަސައްކަތުގެ 78 އިންސައްތަ މަސައްކަތް ވެސް މިހާތަނަށްނިމިފައި ވާކަމަށެވެ. މި މަޝްރޫއުގެ ދަށުން، 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 356 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 182 މީޓަރުގެ...

ފެހެންދޫ ބަނދަރު ހަދަން ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތް ފަށައިފި
Business

ފެހެންދޫ ބަނދަރު ހަދަން ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތް ފަށައިފި

ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތް ފެށީ މި މަހުގެ ތިނެއްގައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 18،500 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 25،000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުންކުރުމަށް ވަނީހަމަޖެހިފައެވެ. އަދި 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، […]

ގޮއިދޫ މިސްކިތުގެ ޓަވަރު ވެއްޓުމުން ސްޕީކަރު އުރީދޫ ޓަވަރަށް ބަދަލުކޮށްފި
Thiladhunmathi News

ގޮއިދޫ މިސްކިތުގެ ޓަވަރު ވެއްޓުމުން ސްޕީކަރު އުރީދޫ ޓަވަރަށް ބަދަލުކޮށްފި

ށ. ގޮއިދޫ މަސްޖިދުލް ރިލުވާންގެ ޓަވަރު ވެއްޓުމުން އެ ޓަވަރުގައި ހުރި ސްޕީކަރު ވަގުތީގޮތުން އުރީދޫ ޓަވަރަށް ބަދަލުކޮށްފިއެވެ. ރިލްވާން މިސްކިތުގެ ޓަވަރު ވެއްޓުނީ މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުންނެވެ. އުރީދޫގެ ޓީމުން ވަނީ ވަގުތުން މިސްކިތުގެ ސްޕީކަރު އެ ކުންފުނީގެ ޓަވަރަށް ބަދަލުކޮށް ބަންގިގޮވޭ ގޮތް ހަދައިދީފައެވެ. އުރީދޫން ވަނީ ގޮއިދޫގެ އެ ކުންފުނީގެ ޓީމުގެ މަސައްކަތަށް ތައުރީފުކޮށް އެ ޓީމަށް ޝުކުރު އަދާކޮށްފައެވެ. Kudos to our field team for their quick […]

އެސްޓީއޯއިން "ގްރީން ކޮންކްރީޓް" ތައާރަފު ކުރަނީ
Business

އެސްޓީއޯއިން "ގްރީން ކޮންކްރީޓް" ތައާރަފު ކުރަނީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ކޮންސްރަކްޝަން ސޮލިއުޝަންސް އިން ރާއްޖެއަށް “ގްރީން ކޮންކްރީޓް” ތައާރަފް ކުރަން ތައްޔާރުވެއްޖެއެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައި އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ނެރުނު އިއުލާނެއްގައި ބުނީ މި ކޮންކްރީޓަކީ ތިމާވެއްޓާ ރަހުމަތްތެރި އެއްޗެއްކަމަށެވެ. އަދި މި ކޮންކްރީޓަކީ ޖައްވަށް ބޭރުކުރާ ކާބަންޑަ އޮކްސައިޑް 30 އިންސައްތަ އާއި ހަމައަށް ދަށްކޮށްދޭ ބާވަތުގެ ކޮންކްރީޓެއް ކަމަށްވެސް އެ ކުންފުނިންބުންޏެވެ. “ކޮންވެންޝަނަލް ކޮންކްރީޓް” ނުވަތަ އާއް...

ކުޑަކުޑަ ދޫންޏެއް ސަލާމަތް ކުރަން ފުއްމާލީ މިޔަރުތަކެއްގެ ތެރެއަށް
International

ކުޑަކުޑަ ދޫންޏެއް ސަލާމަތް ކުރަން ފުއްމާލީ މިޔަރުތަކެއްގެ ތެރެއަށް

ދޫންޏެއް ސަލާމަތް ކުރަން މިޔަރުތަކެއްގެ ތެރެއަށް ފުއްމާލި މީހަކަށް ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ލިބި ތައުރީފު އޮހެން ފަށައިފިއެވެ. މިކަން ހިނގާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ރާއްޖޭގައެވެ. ރާއްޖޭގެ ފިލްމް މޭކާއެއް ކަމަށްވާ ޖަލީލް ނަޖާފޮވް ގެ އިންސްޓަގްރާމުގައި އޭނާ ހިއްސާކުރި ވީޑިއޯގައި ފެންނަނީ އަޒާލިއާ ކްރޫޒް ލައިންގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށްވާ މުހައްމަދު ރަކީބު ދޫންޏެއް ސަލާމަތް ކޮށްގެން އެނބުރި ޔޮޓަށް އަރާ މަންޒަރެވެ. ޖަލީލް މި ވީޑިއޯ ހިއްސާ ކުރުމުން […]

12 އަހަރާއި 15 އަހަރާ ދެމެދު ކުދިންނަށް ވެސް ފައިޒާ ވެކްސިން ޖެހޭނެކަމަށް އިނގިރޭސިވިލާތުން ބުނެފި
International

12 އަހަރާއި 15 އަހަރާ ދެމެދު ކުދިންނަށް ވެސް ފައިޒާ ވެކްސިން ޖެހޭނެކަމަށް އިނގިރޭސިވިލާތުން ބުނެފި

އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދު ކުދިންނަށް ވެސް ފައިޒާ ވެކްސިން ދެވޭނެ ކަމަށާއި އޭގެ ސަބަބުން ބޮޑު ސައިޑްއިފެކްޓުތަކެއް ނުފެންނާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ. އިނގިރޭސިވިލާތުގެ މެޑިސިންސް ރެގިޔުލޭޓާ، މެޑިސިން އެންޑް ހެލްތު ކެއާ ޕްރޮޑަކްޓްސް ރެގިޔުލޭޓަރީ އެޖެންސީ އިން ކުރިއަށްގެންދިޔަ ޓްރަޔަލްތަކަށްފަހު، އެ އިދާރާ އިން ބުނީ ޓްރަޔަލްތަކުން އެ އުމުރުގެ ކުދިންނަށް ވެކްސިން ދިނަސް ސައިޑް އިފެކްޓުތައް ނުފެންނަކަން ހާމަވާ ކަމަށެވެ. އަދި ޓްރަޔަލްތައް ކާމިޔާބު ކަމަށްވެސް އެ އިދާރާއިން ބުން...

ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ކޮމިޓީއެއް
Business

ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ކޮމިޓީއެއް

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސްކޮށް ކުރިއަށް ގެންދިޔުމަށް “ޓޫރިޒަމް ގޯލްޑަން ޖުބިލީ ސްޓިއަރިން ކޮމެޓީ” އެކުލަވާލައިފިއެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނީ، އެ ކޮމެޓީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުފުރޭ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ވިލަރެސްކޮށް، އިންޑަސްޓްރީ އާއި އިންޑަސްޓްރީ އާ ގުޅިފައިވާ ފަރާތްތަކުގެ ބައިވެރިވުން އޮންނާނެހެން ސިޓީތަކާއި އަތޮޅުތަކުގައި ހަރަކާތްތައް ރާވާ ކުރިއަށް ގެންދ...

ގުޅީފަޅުގެ މަޝްރޫއުތައް ފަށަން އެމްޓީސީސީން ސައިޓް މޮބިލައިޒް ކޮށްފި
Business

ގުޅީފަޅުގެ މަޝްރޫއުތައް ފަށަން އެމްޓީސީސީން ސައިޓް މޮބިލައިޒް ކޮށްފި

ގުޅީފަޅު ބިންހިއްކުމާއި އިތުރު މަސައްކަތްތައް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ސައިޓު މޮބިލައިޒް ކޮށްފިއެވެ. އެ ކުންފުނިން ބުނިގޮތުގައި ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 8.94 މިލިއަން ރުފިޔާ އަށެވެ. އަދި މި މަޝްރޫއުގެ މަސައްކަތް 55 ދުވަހުގެ ތެރޭ ނިންމުމަށް އެމްޓީސީސީން ވަނީ ތާވަލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން 80،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހި...

މާރުކޭޓު ގޮޅިތަކުގެ ކުލި ކުޑަކޮށްދީފި
Business

މާރުކޭޓު ގޮޅިތަކުގެ ކުލި ކުޑަކޮށްދީފި

މާލެ ސިޓީ ކައުންސިލުން ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކުން ނަގަމުން އައި ކުލި މިއަދު ކުޑަކޮށްދީފި އެވެ.  ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ މާރުކޭޓާއި ފަތިޔާތަކުގެ ކުލި ކުޑަކޮށް، ލިޔުންތައް މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. މުއިއްޒު ކުރިން ވިދާޅުވެފައިވާގޮތުގައި ހުރިހާ ތަނެއްގެ ކުލި 30 ޕަސެންޓަށް ކުޑަ ކުރާނެ އެވެ. އަދި މިއީ ކޮވިޑް-19ގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ ލުޔެއް ދިނުމުގެ ގޮތުން ގެނައި ބަދަލެއް...

މޯލްޑިވިއަންއިން ޑާކާގެ ދަތުރުތައް އަނެއްކާވެސް މެދުކަނޑާލައިފި
Business

މޯލްޑިވިއަންއިން ޑާކާގެ ދަތުރުތައް އަނެއްކާވެސް މެދުކަނޑާލައިފި

ޤައުމީ އެއާލައިން މޯލްޑިވިއަންއިން، ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުންދިޔަ ދަތުރުތައް އަނެއްކާވެސް މެދުކަނޑާލައިފިއެވެ. މި ދަތުރުތައް މެދުކަނޑާލީ ބަންގްލަދޭޝްގައި ކޯވިޑް-19 ފެތުރުން އިތުރުވުމާއެކު އެޤައުމަށް ބައިނަލްއަޤްވާމީ ފްލައިޓްތައް އެތެރެވުމާއި ބޭރުވުން އެ ޤައުމުގެ ސަރުކާރުންމަނާކުރުމުންނެވެ. ދަތުރުތައް މެދުކަނޑާލަން ނިންމާފައިވަނީ މާދަމާއިން ފެށިގެންނެވެ މިމަހުގެ 4 ވަނަ ދުވަހު ރާއްޖެއިން ބަނގްލަދޭޝްއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު މިހާރު އޮންނާނީ މިއަދުއެވެ. ބަންގްލަދޭޝްގައި ކޯވިޑް ފެތުރ...

ކުނިކޮށި ސާފު ކުރުމަށް، ވެމްކޯއިންކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުން: ކުޅުދުއްފުށީ ސިޓީ ކައުންސިލް
Thiladhunmathi News

ކުނިކޮށި ސާފު ކުރުމަށް، ވެމްކޯއިންކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުން: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުޅުދުއްފުށީ ސިޓީގެ ކުނިކޮށި ސާފު ކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކުރަމުން އަންނަ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން ބުނީ ކުނިކޮށި ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކުނިކޮށްޓަށް ގެންދާ ކުނި ޒިންމާދާރު ކަމާއެކު އުކާލުން މުހިންމު ކަމަށެވެ. އެހެންކަމުން ކުނި ގެންދާއިރު ކައުންސިލުން ބުނެފައިވާ ގޮތްތަކަށް އަމަލު ކުރަން އެ ކައުންސިލުން ވަނީ އެދިފައެވެ. ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި ކުނިވާޒާތުގެ ކުނި...

އައްޑޫ ސިޓީ މީދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި
Business

އައްޑޫ ސިޓީ މީދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

އައްޑޫ ސިޓީ މީދޫ ބަންދަރުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ. މީދޫ ބަނދަރު ތަރައްގީކޮށް ނިންމާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ ޖޫން، 2019 ގައެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީ 5.36 މިލިއަން ރުފިޔާއަށެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މީދޫ ބަނދަރާއި ބަންދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރު އެއްގަމު ތޮށި […]

ހަންޏާމީދޫ ބަނދަރުގެ ބޭރު ތޮށި ލާން ބޭނުންވާ ބޮޑުހިލަ ގެންގޮސްފި
Business

ހަންޏާމީދޫ ބަނދަރުގެ ބޭރު ތޮށި ލާން ބޭނުންވާ ބޮޑުހިލަ ގެންގޮސްފި

އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް މިދިޔަ އާދީއްތަ ދުވަހު ޕްރޮޖެކްޓްސައިޓަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލާނެއެވެ. އަދި 6،363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 266 މީޓަރުގެސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހު...