މޯލްޑިވިއަން އިން ކޮޗިންއަށް އިތުރު ދަތުރެއް ބާއްވަނީ
ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިންއަށް އިތުރު ދަތުރެއް ބާއްވަން ނިންމައިފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި ދަތުރު އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. މި ފްލައިޓުން ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންގެ އިތުރުން އެކި ކަންކަމުގައިއިންޑިއާއަށް ދިވެހިންނަށްވެސް ދަތުރު ކުރެވޭނެއެވެ. ކޮޗިން އަކީ ބޭސް ފަރުވާއަށާއި ތައުލީމު ހާސިލް ކުރުމަށް ގިނަ ދިވެހިން ދަތުރު ކުރާ މަންޒިލެކެވެ. ރާއްޖޭން ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު މިހާރު ދެކުނު އޭޝިއާ ގައުމުތަކުން...