މާދަމާއިން ފެށިގެން ކުނި ނަގާ އުސޫލު އަނެއްކާވެސް ބަދަލުވާނެ
މާދަމާއިން ފެށިގެން ވެމްކޯއިން ކުނި ނަގަމުން އަންނަ އުސޫލަށް ބަދަލު އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މާދަމާއިން ފެށިގެން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުންނެވެ. މިއީ މި މަހުގެ 15ވަނަ ދުވަހުވެސް ގެނައި ބަދަލެކެވެ. ނަމަވެސް ރަޖިސްޓްރީވުމުގެ އިތުރު ފުރުސަތު ދީ މި މަސް ނިމެންދެން ގޭގެ ބޭރުގައި ބަހައްޓާ ކުނި ނަގާ ގޮތަށް ވެމްކޯއިން ހެދިއެވެ. މި ބަދަލާއެކު މާދަމާއިން ފެށިގެން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަންޏެވެ. […]