ސްޓެވޯއިން އުފެއްދި އާ މޮޑެލްގެ ފުރަތަމަ ޖަނަރޭޓަރު ވ. ތިނަދޫއަށް
ސްޓެލްކޯއިން ސްޓެވޯ ވޯކްޝޮޕުން އުފެއްދި އެސްޓީޑަބްލިޔު500 މޮޑެލްގެ ފުރަތަމަ ޖަނަރޭޓަރުގެ ލޯޑް އަދި ފަންކްޝަން ޓެސްޓް ހަދާނިންމައި، ވ. ތިނަދޫއަށް ފޮނުވާލަން ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ސްޓެލްކޯއިން އެސެމްބަލް ކުރާ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުތަކުގެ އާމޮޑެލް މިހާރު، ބާޒާރަށް ނެރެން ތައްޔާރުވެފައެވެ. މި އާ މޮޑެލްއާއެކު މިހާރު ޖުމްލަ ހަތަރު މޮޑެލްގެ ޖަނަރޭޓަރު ވޯކްޝޮޕުން އެސެމްބަލް ކުރެވިފައި ވާކަމަށެވެ. އެއީ އެސްޓީޑަބްލިޔު 300، 500، 600 އަދި 800 އެވެ. މި މޮޑެލްތަކުގެ ޖަނަރޭޓަރ...