މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,053 Stories
3,269 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

އެސްޓީއޯއަށް އޭސީސީއޭ އެމްޕްލޯޔާ ސްޓޭޓަސް ލިބިއްޖެ
Business

އެސްޓީއޯއަށް އޭސީސީއޭ އެމްޕްލޯޔާ ސްޓޭޓަސް ލިބިއްޖެ

އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް، އެސްޓީއޯ އަށް ލިބިއްޖެއެވެ. އެސްޓީއޯ އިން ބުނީ މި ސްޓޭޓަސް އެކުންފުންޏަށް ލިބުނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވަލް އާއި ޓްރެއިނީ ޑިވެލޮޕްމެންޓްގެ ޕްލެޓިނަމް ލެވެލްގައި ކަމަށެވެ. ދަރިވަރުންނާއި، އެފިލިއޭޓުންނާއި އަދި މެންބަރުން ވަޒީފާތަކަށް ހޯދާ، ތަމްރީންކޮށް، ބޭތިއްބުމުގައި އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްކީމް މުހިއްމު ދައުރެއް އަދާކުރެއެވެ. އޭސީސީއޭގެ ސްޓޭޓަސް ލިބުމަކީ އެސްޓީއޯގައި ވަޒީފާ އަދާކުރާ އޭސީސީއޭ ދަރިވަރުންނާއި އެފިލިއޭޓުންނަށް ކުންފުނިން ފޯރ...

ކަމަދޫ ބަނދަރު މަރާމާތު ކުރަން އެމްޓީސީސީއާ ހަވާލު ކޮށްފި
Business

ކަމަދޫ ބަނދަރު މަރާމާތު ކުރަން އެމްޓީސީސީއާ ހަވާލު ކޮށްފި

ބ. ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން 25،636 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި 180 މީޓަރު ބޭރުތޮއްޓަކާއި 346 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއ...

އިއާދަ ކުރަނިވި ހަކަތައިގެ ބޮޑު ޕްރޮޖެކްޓެއް އައްޑޫގައި
Business

އިއާދަ ކުރަނިވި ހަކަތައިގެ ބޮޑު ޕްރޮޖެކްޓެއް އައްޑޫގައި

އިއާދަ ކުރަނިވި ހަކަތައިގެ ބޮޑު ޕްރޮޖެކްޓެއް އައްޑޫ ސިޓީގައި ހިންގަން ފެނަކަ ކޯޕަރޭޝަނުން ތައްޔާރުވެއްޖެއެވެ. މިއީ މާލޭ ސަރަހައްދު ފިޔަވައި ރާއްޖޭގެ ސަރަހައްދެއްގައި ޕީޕީއޭއެއްގެ ދަށުން މިހާތަނަށް ގާއިމްކުރެވޭ އެންމެ ބޮޑު އިއ/ދަކުރަނިވި ހަކަތައިގެ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ސ.ހުޅުމީދޫގައި 2MWp ގެ ސޯލާ ޕީވީ ބެޓާރީ ސްޓޯރޭޖެއް ސިސްޓަމާއެކު ގާއިމް ކުރާނެއެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި 2.5MWp ސޯލާ ޕީވީ ހަރުކުރާނެއެވެ. ފެނަކައިން ބޭނުންވަނީ ކުރިމަގުގައި ހުޅުމީދޫގައަ އިންސްޓޯލްކުރެވޭ...

ދާންދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް
Business

ދާންދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ގއ. ދާންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 70.8 މިލިއަން ރުފިޔާއަށް، 485 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 81،404 ކިއުބިކް މީޓަރު ބަ...

މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ބޯވައެއް ފެނިއްޖެ
International

މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ބޯވައެއް ފެނިއްޖެ

މަދުން ނޫނީ ނުފެންނަ ބޯވައެއް އޮސްޓްރޭލިއާއިން ފެނިއްޖެއެވެ. މި ބޯވަ ފެނިފައިވަނީ މެރިން ބައޮލޮޖިސްޓެއް ކަމަށްވާ ޖަސިންތާ ޝެކްލެޓަން ފީނަން ގޮސް އުޅެނިކޮށެވެ. އޭނާ މި ބޯވައިގެ ފޮޓޯއާއޮ ވީޑިއޯތައް ވެސް ނަގާފައެވެ. ޖަސިންތާ އާއްމުކޮށްފައިވާ ވީޑިއޯއިން ދައްކާގޮތުގައި މި ބޯވަ ފެންނަނީ ފޮތިކޮޅެއް ހެންނެވެ. މި ބޯވައަށް ކިޔަނީ “ބްލޭންކެޓް އޮކްޓޮޕަސް” އެވެ. ޖަސިންތާ ބުނީ އޭނާއަށް މި ބޯވަ ފެނުމުން ހުރިހާ ގަބޫލު ނުކުރެވިފައި ކަމަށެވެ. އަދި ވި އުފަލެއްގެ ސަބަބުން ކަނޑު އަޑީގައި […]

އުރީދޫ އިން ހިޔާ ފްލެޓުތަކަަށް ހާއްސަ ޕްރޮމޯޝަނެއް
Business

އުރީދޫ އިން ހިޔާ ފްލެޓުތަކަަށް ހާއްސަ ޕްރޮމޯޝަނެއް

އުރީދޫ އިން ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން އުރީދޫ ސުޕަނެޓް ނަގާ މީހުންނަށް ރައުޓަރު ހިލޭ ލިބޭނެ އެވެ. ރައުޓަރުގެ އިތުރުން ލޭންޑްލައިން ފޯނެއް ވެސް ސުޕަނެޓް ނަގާ ކަސްޓަމަރުންނަށް ލިބޭނެއެވެ. އުރީދޫ ސުޕަނެޓަކީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނ...

އުކުޅަހުގެ ބަނދަރު އެއްގަމު ތޮށި ލުމާއި ޖެޓީ ހަދައި ނިމެނީ
Business

އުކުޅަހުގެ ބަނދަރު އެއްގަމު ތޮށި ލުމާއި ޖެޓީ ހަދައި ނިމެނީ

އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއު ނިމެން ކައިރިވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތުގެ 92 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި މިހާރުހުރި ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތް މި މަހުގެ 12 ވަނަ ދުވަހު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން،19,630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ބޭރުތޮށި ލުމާއި، 136 މީޓަރުގެ އެއްގަމުތޮށި […]

އެސްޓީއޯއިން ޒުވާނުން ތަމްރީން ކުރަން ފުރުސަތު ހުޅުވާލައިފި
Business

އެސްޓީއޯއިން ޒުވާނުން ތަމްރީން ކުރަން ފުރުސަތު ހުޅުވާލައިފި

ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ތަމްރީނުވުމުގެ ފުރުސަތުތަކެއް ހުޅުވައިލައިފިއެވެ. މިއީ ޔޫތު މިނިސްޓްރީއިން ކުރިއަށްގެންދާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ހުޅުވައިލައިފައިވާ ތަމްރީނުގެ ފުރުސަތުތަކެކެވެ. އެސްޓީއޯއިން ވަނީ ހަ ދާއިރާއަކުން 26 މީހުންނަށް ފުރުސަތު ހުޅުވާލައިފައެވެ. އެއީ އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނެންސް އާއި އޮޓޮމޯޓިވް މެއިންޓަނަންސާއި ރީ...

މިދިޔަ އަހަރު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ
Business

މިދިޔަ އަހަރު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެއްޖެ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ. ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން 364 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ. އެއީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު 23 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ މަހު ރާއްޖެއަށް އެތެރެ ކޮށްފައިވަނީ 4.5 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ 2020 ވަނަ އަހަރުގެ މި މުއްދަތުގައި އެތެރެކުރި މުދަލާ އަޅާބަލާއިރު […]

އައިލެންޑް އޭވިއޭޝަނުން އޭޓީއާރު ތިން ބޯޓު ގަނެފި
Business

އައިލެންޑް އޭވިއޭޝަނުން އޭޓީއާރު ތިން ބޯޓު ގަނެފި

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އޭޓީއާރުގެ ތިން ބޯޓު ގަނެފިއެވެ. އެ ކުންފުނިން ގަނެފައި ވަނީ އޭޓީއާރު 72-600 ގެ ދެ ބޯޓާއި އޭޓީއާރު 42-600ގެ ބޯޓެކެވެ. މިއީ އެ ކުންފުނިން ގަތް ފުރަތަމަ އޭޓީއާރު ބޯޓުތަކެވެ. މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުނީ ތިން ބޯޓަކީ ވެސް ތެލުގެ ހަރަދު ކުޑަ، ތިމާވެއްޓާ ރައްޓެހި އިންޖީނު ބޭނުން ކޮށްފައިވާ ބޯޓުތަކެއް ކަމަށެވެ. އަދި މިއީ މި ވަގުތު މާކެޓުގައި ހުރި އޭޓީއަރު ބޯޓުތަކާ އަޅާ ބަލާއިރު ތެލުގެ […]

ރާއްޖެއަށް މިއަހަރު ބޭނޭނީ 47،000 ޓަނުގެ ކަންނެލި
Business

ރާއްޖެއަށް މިއަހަރު ބޭނޭނީ 47،000 ޓަނުގެ ކަންނެލި

ރާއްޖެއަށް މިއަހަރު ބޭނޭނީ 47،195 ޓަނުގެ ކަންނެލި ކަމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ކަނޑައަޅައިފިއެވެ. މިއީ އެ އިދާރާއިން މި އަހަރު އޭޝިއާ ސަރަހައްދުން ކަންނެލީގެ މަސްވެރިކަމުގެ އެންމެ ބޮޑު ކޯޓާއެވެ. އެންމެ ބޮޑު ކޯޓާއެއް ކަނޑައަޅާފައިވަނީ އީޔޫ އަށެވެ. އެއީ 73،146 ޓަނެވެ. ރާއްޖެއިން 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެވްރެޖުކޮށް ބާނާފައިވަނީ 47،000 ޓަނުގެ ކަންނެއްޔެވެ. އެކަމަކު 2020 ވަނަ އަހަރު ބޭނީ 42،000 […]

މާޅެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ނިމެނީ
Business

މާޅެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ނިމެނީ

ނ. މާޅެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި ފެން ރައްކާކުރާ ތާނގީ ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ހޮޅި ވަޅުލުމާއި ގޭގެއަށް ފެނުގެ ކަނެކ...

ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 70 އިންސައްތަ ނިމިއްޖެ
Business

ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 70 އިންސައްތަ ނިމިއްޖެ

ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން އެރަށު ގޮނޑުދޮށުގައި ވެލި ބޭނުންކޮށްގެން ކޮނުމަށްފަހު ބިންގަނޑު އެއްވަރު ކުރުމާއި ބެޑު ތައްޔާރު ކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 11,700 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި ބެޑު ތައްޔާރުކުރުމާއި 280 މ...

އައްޑޫ ހިރާ ސްކޫލަށް ސަސްޓެއިނެބިލިޓީ އެވޯޑެއް
Business

އައްޑޫ ހިރާ ސްކޫލަށް ސަސްޓެއިނެބިލިޓީ އެވޯޑެއް

އައްޑޫ ހިތަދޫ ހިރާ ސްކޫލް ހިންގުމުގައި ދެމެހެއްޓެނިވި ތަރައްގީ އަށް އަމާޒު ކޮށްގެން ކުރާ މަސައްކަތަށް ޔޫއޭއީގެ “ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް” ލިބިއްޖެއެވެ. މި އެވޯޑު ހިރާ ސްކޫލަށް ލިބުނީ ދެކުނު އޭޝިއާގެ ގްލޯބަލް ހައި ސްކޫލް ކެޓަގަރީންނެވެ. ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް ދިނުމަށް ޔޫއޭއީގައި އިއްޔެ ބޭއްވި ހަފުލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިފާނު ވަނީ މި ކާމިޔާބީއަށް ހިރާ ސްކޫލަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ކުރިމަގުގައި ހިރާ ސްކޫލ...

ތެލުގެ އަގު ކަންބޮޑުވާ ވަރަށް އުފުލެނީ
Business

ތެލުގެ އަގު ކަންބޮޑުވާ ވަރަށް އުފުލެނީ

ދުނިޔޭގައި ތެލުގެ އަގު ކަންބޮޑުވާ ވަރަށް އުފުލެން ފަށައިފިއެވެ. ތެލުގެ އަގު އިއްޔެ ވަނީ ފީފާއެއް 86.71 ޑޮލަރަށް އަރައިފައެވެ. މިއީ ފާއިތުވި ހަތް އަހަރުތެރޭ ތެލުގެ އަގު އެންމެ ބޮޑުވި ފަހަރެވެ. މިއަހަރުގެ މިހާތަނަށް ވެސް ތެލުގެ އަގު ވަނީ 10 އިންސައްތަ އިތުރުވެފައެވެ. އެންމެ ފަހުން ތެލުގެ އަގު ކަންބޮޑުވާ ވަރަށް އުފުލުނީ 2014 ވަނަ އަހަރުއެވެ. އެއީ ފީފާއެއް 115 ޑޮލަރަށެވެ. އޭގެ ފަހުން ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނީ މިދިޔަ […]