މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,053 Stories
3,304 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި
Thiladhunmathi News

ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) އެޕްރޫވް ވުމާއެކު މި މަސައްކަތް ފެށީ އަންގާރަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 870 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަސަސްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 250 ދުވަހުގެ ތެރޭގައެވެ. މިއީ 19.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ވޭތުވެދިޔަ ތިން އަހަރުތެރޭ އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް...

ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓް ހަދަން ހަތަރު ފަރާތެއް ޝައުގުވެރިކަން ފާޅުކޮށްފި
Business

ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓް ހަދަން ހަތަރު ފަރާތެއް ޝައުގުވެރިކަން ފާޅުކޮށްފި

ހދ. ހަނިމާދޫ އިންޓަނޭޝަން ޓާމިނަލް ތަރައްގީ ކުރަން ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ބީލަން ހުށަހެޅުމުގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު އެ މުއްދަތުގައި ބީލަން ހުށަހެޅީ ހަތަރު ފަރާތަކުން ކަމަށެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރާއިރު އެއާބަސް A320 އާއި، ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭ ގޮތަށް، 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް އަޅާނެއެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް […]

އުރީދޫ ގްރޫޕުން އެސްއޭޕީއާއެކު ޕާޓްނާޝިޕަކަށް
Business

އުރީދޫ ގްރޫޕުން އެސްއޭޕީއާއެކު ޕާޓްނާޝިޕަކަށް

އޮފީސްތަކާއި ކުންފުނިތައް ހިންގުމުގައި ބޭނުންކުރާ އެޕްލިކޭޝަންތަކާއި ސޮފްޓްވެއާ ފޯރުކޮށްދޭ، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމުގައިވާ އެސްއޭޕީއާއެކު އުރީދޫ ގްރޫޕުން ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކޮށް އުރީދޫ އިން އެކަން އިއުލާން ކުރީ ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް ގައެވެ. އެސްއޭޕީ އަކީ ދުނިޔޭގެ އެންމެ ބޮޑު އެންޓަޕްރައިޒް އެޕްލިކޭޝަން ސޮފްޓްވެއާ ފޯރުކޮށްދޭ ކުންފުންޏެވެ. އެހެންވެ މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ...

ހޮނިހިރު ދުވަހުގެ ފަހުން ލަންކާއިން ކަރަންޓު ނުކެނޑޭނެ ކަމަށް ބުނެފި
International

ހޮނިހިރު ދުވަހުގެ ފަހުން ލަންކާއިން ކަރަންޓު ނުކެނޑޭނެ ކަމަށް ބުނެފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަވަށްޓެރި ސްރީ ލަންކާއިން ކަރަންޓު ނުކެނޑޭނެ ކަމަަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ. ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހުރި ފިޔުލް ސްޓޭޝަނަކަށް ތެޔޮ ފޮނުވަން ފަށަން ނިންމާފައިވާ ކަމަށެވެ. އެ ގައުމުގެ މާލީ ހާލަތު ދަށްވެ ތެޔޮ ގަންނާނެ ލާރިއެއްވެސް ބަޖެޓުގަ ނެތްތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭގެ ސަބަބުން ދުވާލަކު ހަތް ގަޑިއިރާ 30 މިނެޓަށް ލަންކާއިން ކަރަންޓު ކަނޑާލައެވެ. ހޮނިހިރު ދުވަހުން ފެށިގެން ކަރަންޓު […]

ހިންނަވަރު ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

ހިންނަވަރު ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ޅ. ހިންނަވަރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެ ރަށު އުތުރުފަރާތު ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް މިއަދު ސައިޓަށް ވަނީ ގެންގޮސްފައެވެ. ހިންނަވަރު އުތުރުފަރާތު ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ފަށާފައިވާއިރު ދެކުނުފަރާތުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ވަނީ ނިމިފ...

ސެމްސަންގ ގެ އެންމެ ފަހުގެ ފޯނު އުރީދޫ އިން ޕްރިއޯޑާ ކުރަން ހުޅުވާލައިފި
Business

ސެމްސަންގ ގެ އެންމެ ފަހުގެ ފޯނު އުރީދޫ އިން ޕްރިއޯޑާ ކުރަން ހުޅުވާލައިފި

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 22 އަލްޓްރާ ފޯނުތ ޕްރީއޯޑާ ކުރުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ. މިއީ 5ޖީ ގެ ހަަަލުވި ސްޕީޑްތައް ތަަޖުރިބާ ކޮށްލެވޭ ފޯނެކެވެ. މި ފޯނު ފަަރުމާކުރެވިފައިވަނީ ސެމްސަންގްގެ އެންމެ ކުރިއަރާފައިވާ، ކެމެރާ ސިސްޓަމާއެކު، ދުވާލު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެންމެ ފުރިހަމަ ފޮޓޯ އަދި ވީޑިއޯ ކުރެވޭ ގޮތަށެވެ. ރީތި ކުލަތަކާއި، ކެމެރާާ ލެންސް ރިންގާއި، ޒީނަތްތެރި ފްރޭމް އަދި ސްލިމް ޑިޒައިނުން ގެލެކްސީ އެސް 22 […]

ގުރައިދޫ ބަނދަރުގެ 77 އިންސައްތަ ނިމިއްްޖެ
Business

ގުރައިދޫ ބަނދަރުގެ 77 އިންސައްތަ ނިމިއްްޖެ

ތ. ގުރައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 77 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އިއްޔެ ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރަނީ ބޭރުތޮށި ލުމުގެ މަސައްކަތެވެ. މި މަސައްކަތުގެ 69 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 24،485 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުނ...

ސްޓެލްކޯގެ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަ ކޮށްގެން ހިންގި ޕްރޮގްރާމް ނިންމާލައިފި
Business

ސްޓެލްކޯގެ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަ ކޮށްގެން ހިންގި ޕްރޮގްރާމް ނިންމާލައިފި

ސްޓެލްކޯގެ ދަށުން ހިންގާ އިންޖީނުގެތަކުގެ މެނޭޖަރުންނަށް ހާއްސަކޮށްގެން ބޭއްވި “ޕަވަ ހައުސް މެނޭޖާސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022” ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނާ ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. ސްޓެލްކޯއިން ބުނިގޮތުގައި، މި ޕްރޮގްރާމްގެ ސަބަބުން އެ ކުންފުނީގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދ...

މިފްކޯ އެސްޓީއޯގެ ދަށުން ވަކި ކުރަނީ
Business

މިފްކޯ އެސްޓީއޯގެ ދަށުން ވަކި ކުރަނީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އެސްޓީއޯގެ ދަށުން ވަކިކުރަން ނިންމައިފިއެވެ. މި މަސްތެރޭގައި އެ ކުންފުނި ވަކި ކުންފުންޏެއް ގޮތަށް ބަދަލު ކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. މިހާރު ކުރަނީ މިކަމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ މިފްކޯ އެސްޓީއޯގެ ދަށުން ވަކިކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އަމިއްލައަށް ހިންގާ ކުންފުންޏަކ...

ދިވެހިންގެ މާލީ ބައިވެރިވުން ދެނެގަންނަން ސާވޭއެއް ހަދަނީ
Business

ދިވެހިންގެ މާލީ ބައިވެރިވުން ދެނެގަންނަން ސާވޭއެއް ހަދަނީ

ދިވެހިރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ( އެމްއެމްއޭ) އިން އިސްނަގައިގެން”ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ” އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. މި ސްޓްރެޓެޖީ އެކުލަވާލުމަށް ބޭނުންވާ މުހިންމު މައުލޫމާތު ހޯދުމަށް އެ އިދާރާއިންވަނީ ގައުމީ ފެންވަރުގެ ސާވޭއެއް ކުރިއަށް ގެންދަން ނިންމާފައެވެ. މި ސާވޭ ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ. މި ސާވޭއަކީ ރާއްޖޭގައި މާލީ ބައިވެރިވުން އޮތް މިންވަރު ދެނެގަނެ، މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުން މާލ...

މާޅޮހުގެ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި
Business

މާޅޮހުގެ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލަ ގެންގޮސްފި

އއ. މާޅޮހުގެ ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި ޝިޕްމަންޓް ގެންގޮސްފައިވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 24،335 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 394 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 56 […]

ސްޓެލްކޯއަށް ޝަރީފު އައްޔަންކޮށްފި
Business

ސްޓެލްކޯއަށް ޝަރީފު އައްޔަންކޮށްފި

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުޣުނީ ވަކި ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް އަހްމަދު ޝަރީފު އެ މަގާމަށް އައްޔަން ކޮށްފިއެވެ. ތިލަދުން އަށް އެނގިފައިވާ ގޮތުގައި މަގާމު ބަދަލު ކުރިކަން އަންގައި މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައި މިއަދުން މިއަދަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ވަނީ ބުނެފައެވެ. މިދިޔަ އަހަރު ވެސް ޝަރީފު އީސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމުން […]

ތެޔޮ ޓެސްޓު ކުރާ ލެބެއް އެސްޓީއޯއިން ހުޅުވައިފި
Business

ތެޔޮ ޓެސްޓު ކުރާ ލެބެއް އެސްޓީއޯއިން ހުޅުވައިފި

ރާއްޖެ އެތެރެ ކުރާ ތެޔޮ ޓެސްޓުކޮށް އޭގެ ކޮލިޓީ ދެނެގަތުމަށް އެސްޓީއޯއިން ލެބޯޓްރީއެއް ހުޅުވައިފިއެވެ. މިއަދު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި މި ލެބޯޓްރީ ހުޅުއްވައިދެއްވީ އެ ކުންފުނީގެ ޗެއާމަން ހާމިދު ނަޝިދު އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އެސްޓީއޯއިން ބުނި ގޮތުގައި މި ލެބޯޓްރީ ހިންގާނީ ޖީއޯ ކެމް މިޑްލް އީސްޓް ކުންފުންޏާ ހަވާލު ކޮށްގެންނެވެ. ކުރިއަށް އޮތްތަނުގައި އެތަނުގައި މަސައްކަތް ކުރާނީ ދިވެހިން ކަމަށާއި އެކަން ހާސިލް ކުރުމަށް ދިވެހިން ތަމްރީން […]

ކާޑެއްދޫ އެއާޕޯޓު ވިލާ ކުންފުންޏާ ހަވާލުކޮށްފި
Business

ކާޑެއްދޫ އެއާޕޯޓު ވިލާ ކުންފުންޏާ ހަވާލުކޮށްފި

ގދ. ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ ކުންފުންޏާ ހަވާލުކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓުގެ އެއްބަސްވުމުގައި ވިލާ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ގާސިމް އިބްރާހިމްއެވެ. ވިލާ ކުންފުންޏާ ކާޑެއްދޫ އެއާޕޯޓްގެ ހިންގުން ހަވާލުކުރީ، ކޯޓުން އެ ގޮތަށް ނިންމާފައިވާތީއެވެ. ވިލާގެ އަތުން ކާޑެއްދޫ އެއާޕޯޓު އަތުލާފައިވަނީ 2017ވަނަ އަަހަރުއެވެ. އޭގެ ފަހުން އެއާޕޯޓް ހިންގީ ރީޖަނަލް އެއާޕޯޓްސް އިންނެވެ. ކާޑެއްދޫ އެއާޕޯޓު ހިންގުން 2013 ވަނަ އަހަރު ވިލާ ކުންފުނ...

ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެތީ ރަޝިއާގެ ބިލިޔަނަރުންގެ ޔޮޓުތައް ރާއްޖެއަށް
International

ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެތީ ރަޝިއާގެ ބިލިޔަނަރުންގެ ޔޮޓުތައް ރާއްޖެއަށް

ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފާނެތީ އެމެރިކާގައި ތިބި ރަޝިއާ މަހުޖަނުންގެ ޔޮޓުތައް ރާއްޖެއަށް ގެންނަން މަސައްކަތް ކުރާ ކަމަށް ބޭރުގެ މީީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ބޭރުގެ މަޝްހޫރު މީޑިއާއެއް ކަމަށްވާ ސީއެންބީސީން ބުނީ އެމެރިކާއިން ރަޝިއާ ވިޔަފާރިވެރިންގެ، އެސެޓްތައް ފްރީޒްކޮށްފާނެ ކަމުގެ ބިރަށް ޔޮޓްތައް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަން ފާހަގަ ކުރެވުނީ މެރިން ޓްރެފިކް ޑާޓާތައް އެ ނޫހުން ރިވިއުކުރި އިރު ކަމަށް ވެސް އެ ނޫހުން ވަނީ ބުނެފައެވެ. ޔޮޓުތައް ރާއްޖެއަށް ފޮނުވުމުން އެމ...