އަލީލާ ކޮތައިފަރު އަންނަ ހަފުތާގައި ހުޅުވަނީ
އެމެރިކާގެ ހޮސްޕިޓަލިޓީ ކުންފުނި “ހަޔާޓް” އިން ރ. ކޮތައިފަރުގައި ހެދި ރިސޯޓް އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފިއެވެ. “އަލީލާ ކޮތައިފަރު މޯލްޑިވްސް”ގެ ނަމުގައި ތަރައްގީ ކުރި އެ ރިސޯޓުން މިހާރު ވަނީ ބުކިން ހެއްދުމުގެ ފުރަސަތު ޓޫރިސްޓުންނަށް ހުޅުވާލައިފައެވެ. އެއީ މަތީފަންތީގެ ޓޫރިސްޓުންނަށް ހާއްސަ ރިސޯޓެކެވެެ. އެ ރިސޯޓުން މި ވަގުތު ބުކިން އަށް ހުޅުވާލައިފައިވަނީ ބީޗް ވިލާތައް އެކަންޏެވެ. ވޯޓާ ވިލާތައް ހުޅުވަން ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގާ...