އަލިފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި
ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. އިއްޔެ އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސައިންއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް އާއި އެ ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން އަލިފުށީ ކައުންިސލް މެމްބަރުން ވެސް ބައިވެރިވެލެއްވިއެވެ. އަލިފުށީގައި އެއަރޕޯޓް ތަރައްޤީކުރުމަށ...