މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,053 Stories
3,321 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭ “ފެނަކަ އައިސް” ތައާރަފު ކޮށްފި
Business

މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭ “ފެނަކަ އައިސް” ތައާރަފު ކޮށްފި

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭ “ފެނަކަ އައިސް” އޮންލައިން ހިދުމަތް މިއަދު ތައާރަފު ކޮށްފިއެވެ. މިއީ ފެނަކައިން ރަށްރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއަށް، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމެވުމާގުޅިގެން، ޒަމާނީ ޓެކްނޯލޮގީގެ އެހީގައި މަސްވެރިންނަށް ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ މަގުފަހިކުރުމުގެ މަސައްކަތުގެ ދަށުން ފެނަކައިން ތައާރަފު ކުރި ހިދުމަތެކެވެ. މި ޚިދުމަތް މެދުވެރިކޮށް މ...

މިފްކޯއިން ހިންގަމުން އައި 13 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކޮށްފި، އިހަވަންދޫ ވެސް ހިމެނޭ
Thiladhunmathi News

މިފްކޯއިން ހިންގަމުން އައި 13 އައިސްޕްލާންޓެއް ފެނަކައާ ހަވާލުކޮށްފި، އިހަވަންދޫ ވެސް ހިމެނޭ

މިފްކޯގެ ދަށުން ހިންގަމުން އައި 13 އައިސްޕްލާންޓެއް ހިންގުން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ. ފެނަކަ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން އާއި މިފްކޯގެ މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ފައުޒީގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދުއާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމާއެކު އެތަންތަނު...

އެމްފައިސާ މެދުވެރިކޮށް ވަގުފު ފަންޑަށް ފައިސާ ޖަމާ ކުރެވޭ ގޮތް ހަދައިފި
Business

އެމްފައިސާ މެދުވެރިކޮށް ވަގުފު ފަންޑަށް ފައިސާ ޖަމާ ކުރެވޭ ގޮތް ހަދައިފި

އުރީދޫ މޯލްޑިވްސް އިން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން އެމްފައިސާ މެދުވެރިކޮށް ވަގުފު ފަންޑަށް ފައިސާ ޖަމާ ކުރެވޭ ގޮތް ހަދައިފިއެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ކ.ހިންމަފުށި، މަސްޖިދުލް އިނާރާ މިސްކިތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލްޙަމާދީއެވެ. އުރީދޫގެ ސީއީއީ ޚާލިދު ވިދާޅުވީ އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ މުޖުތަމައުތައް ބިނާކޮށް، އެ ކުންފުނީގެ ވަސީލަތްތަކުގެ ބ...

މާކުރަތުގެ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

މާކުރަތުގެ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ރ. މާކުރަތު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިީސީސީ) އިން ބުނިގޮތުގައި މި، މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ބްލޮކްގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މީގެ އިތުރުން، އާ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 87 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 45،024 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ބޭރ...

ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށަނީ
Business

ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށަނީ

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަދާފައިވާ ބަސް ސްޓޮޕްތައް ހިޔާ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަސް ސްޓޮޕްތައް ހިޔާކުރުމަށް ބޭނުންވާ ޝެޑްތައް ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެ މަސައްކަތް ކުރިއަށްދަނީ ތިލަފުށީގެ ޑޮކްޔާޑުގައިކަމަށާއި، ވަރަށް އަވަހަށް ހިޔާކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އާޒިމް މިހެ...

ކިނޮޅަހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ
Business

ކިނޮޅަހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ

ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 60 އިންސައްތަ ވަނީ ނިމިފައެވެ. އަދި ނެރު ފުންކުރުމުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 285 މީޓަރުގެ ބޭރުތޮށި ލުމާއި، 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 186 މީޓަރުގެ […]

އޮޅުވެލިފުށީގެ އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފި
Business

އޮޅުވެލިފުށީގެ އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފި

ޅ. އޮޅުވެލިފުށީގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލައި އާ އިންޖީނު ގެއިން ކަރަންޓު ދޭން ފަށައިފިއެވެ. އެ ރަށުގައި ހުޅުވި އާ އިންޖީނުގެއަކީ މީހުން ދިރިއުޅޭ ހިސާބުތަކުގައި ހުރި ޒަމާންވީ އިންޖީނުގެތަކުގެ ބަދަލުގައި މީހުން ދިރިއުޅޭ ހިސާބުތަކާ ދުރުގައި ޒަމާނީ، އިންޖީނުގެތަކެއް ހެދުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހަދާފައިވާ އިންޖީނުގެއެކެެވެ. އޮޅުވެލިފުށީގައި ހެދި އާ އިންޖީނު ގެއިން ކަރަންޓު ދޭން ފަށާފައިވަނީ މިދިޔަ ހޯމ...

ވާދޫ ނަރުދަމާގެ މަސައްކަތް ފަށައިފި
Business

ވާދޫ ނަރުދަމާގެ މަސައްކަތް ފަށައިފި

ގދ. ވާދޫގެ ނަރުދަމާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމާއި ޑީއެމްދީ މުހައްމަދު ޝަރީފާއި ވާދޫ ކައުންސިލުގެ ނައިބު ރައީސް ހާޝިރު މުހައްމަދު އަދި ވާދޫ ކައުންސިލުގެ ސެކެޓްރީ ޖެނެރަލް މުހައްމަދު އިބްރާހިމް ދީދީއެވެ. ވާދޫ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން 2020 ވަނަ އަހަރު އެމްޑަބްލިއުއެސްސީއާ ހަވާލު...

މާއުނގޫދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި
Business

މާއުނގޫދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

ށ. މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި މާއުނގޫދޫ ކައުންސިލުގެ ރައީސް އާދަމް ސަލީމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމްޓީސީސީން ބުނީ, ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރިކަމަށް މަޝްހޫރު މާއުނގޫދޫ ބަނދަރު ތަރައްގީކޮށް ނިމުމުން ލަފާފުރުމުގެ ދަތިތައް ހައްލުވެ, އިގްތިސާދީ ފައިދާތައް ލިބިގެންދާނެ ކަމަށެވެ. މި މަ...

ހަތަރު ރަަށެއްގެ ސިއްހީމަރުކަޒު ބޮޑު ކުރުމުގެ މަސައްކަތް ހަވާލުކޮށްފި
Business

ހަތަރު ރަަށެއްގެ ސިއްހީމަރުކަޒު ބޮޑު ކުރުމުގެ މަސައްކަތް ހަވާލުކޮށްފި

4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން މިއަދު ހަވާލު ކޮށްފައިވަނީ ށ. ފީވަށް، ށ. ނަރުދޫ، ށ. ޅައިމަގު، އަދި އއ. މަތިވެރީގެ ސިއްޙީ މަރުކަޒުތަކުގެ މަސައްކަތެވެ. ނަރުދުއާއި ޅައިމަގުގެ މަސައްކަތް ކްލޭ ލިމިޓެޑް ލައިބިލިޓީ ޕާޓްނާޝިޕާ ހަވާލުކޮށްފައިވާއިރު ފީވަކުގެ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލު ކުރީ ޕާސްޓްލައިން ޕްރައިވެޓް ލިިމިޓެޑާއެވެ. އަދި މަތިވެރީގެ ސިއްޚީ މަރުކަޒުގެ މަސައްކަތް ހަވާލު ކުރީ ރައިޒާ ޕްރައިވެޓް ލިމިޓެޑާއެވެ. ހެލްތު މިނ...

14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެ
Business

14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

ސްޓެލްކޯއިން, އަރިއަތޮޅުގެ 14 ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެއްޖެއެވެ. މި މަސައްކަތާ ހަވާލުވުމަށް މިއަދު ސްޓެލްކޯގައި ވަނީ 14 ރަށުގެ ކައުންސިލްތަކާއެކު ފަހުމުނާމާތަކުގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ އިސްވެރިންނާއި ރަށްތަކުގެ އިންޖީނުގެތަކުގެ މެނޭޖަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އާއި އއ އަދި އދ އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ރަށްރަށުގެ ކައުންސިލްގެ ރައީސުންގެ އިތުރުން އެލްޖީއޭގެ ސީއީއޯ އަފްޝ...

އެމްޓީސީސީގެ ޑްރެޖަރު “ބޮަޑު ޖައްރާފު” އިފްތިތާހުކޮށް، ދާންދޫ ބިންހިއްކަން ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި
Business

އެމްޓީސީސީގެ ޑްރެޖަރު “ބޮަޑު ޖައްރާފު” އިފްތިތާހުކޮށް، ދާންދޫ ބިންހިއްކަން ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އާ ޑްރެޖަރު “ބޮޑު ޖައްރާފު” އިފްތިތާހުކޮށް ގއ. ދާންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ރޭ ދާންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބޮޑު ޖައްރާފާ އިފްތިތާހު ކުރެއްވީ، ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އާއި ދާންދޫ ކައުންސިލް ރައީސް މުޙައްމަދު އާސިފްގެ އ...

ބަނޑޮހުގެ ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތް ނިންމާލައިފި
Business

ބަނޑޮހުގެ ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތް ނިންމާލައިފި

ކ. ބަނޑޮހުގެ ގޮނޑުދޮށުގެ ދެކުނު އިރުމަތީ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުއަކީ އޯކިޑް ހޯލްޑިންގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކުރީ މިމަހުގެ 15 ވަނަ ދުވަހުއެ...

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ވޯޑު އިމާރާތާއި އައިސީޔޫގެ މަސައްކަތް ނިމިއްޖެ
Thiladhunmathi News

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ވޯޑު އިމާރާތާއި އައިސީޔޫގެ މަސައްކަތް ނިމިއްޖެ

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ވޯޑު އިމާރާތާއި އައިސީޔޫގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ ހޮސްޕިޓަލުގެ ވޯޑް އިމާރާތުގައި މެޑިކަލް ގޭސް ލިބޭގޮތަށް 30 އެނދު ހުންނާނެ ކަމަށެވެ. މީގެ އިތުރުން ހޮސްޕިޓަލްގެ 2 ވަނަ ފަންގިފިލާގައި 6 އައިސީޔޫ ކޮޓަރި ތަރައްގީ ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެމްޓީސީސީން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް  ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު […]

މިނީ ބަހުގެ ހިދުމަތް އިތުރު ދެ ހަފްތާއަށް ހިލޭ
Business

މިނީ ބަހުގެ ހިދުމަތް އިތުރު ދެ ހަފްތާއަށް ހިލޭ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މިނީ ބަހުގެ ހިދުމަތް މާލެ ސަރަޙައްދުގައި އިތުރު ދެ ހަފުތާއަށް ހިލޭ ފޯރުކޮށްދޭ ގޮތަށް ނިންމައިފި އެވެ. ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން މި ހިދުމަތް ރަނގަޅަށް ތަޖުރިބާރުމުގެ އިތުރު ފުރުސަތު ދިނުމާއެކު، ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ޙިދުމަތަށް އަގުނަގައިގެން ދަތުރުކުރަން ފެށުމާއެކު ޓިކެޓް ނަގަން ފެށުމު...