ކުޑަކުދިންގެ ނަޒަރުގައި 2045 ގައި ދުނިޔެ އޮންނާނެ ގޮތާއި ގުޅޭގޮތުން ތައްޔާރު ކުރި ފޮތް ނެރެފި
ކުޑަކުދިންގެ ނަޒަރުގައި 2045 ވަނަ އަހަރު ދުނިޔެ އޮންނާނެ ގޮތުގެ ތަސައްވަރާއި ކުރާ އުއްމީދު ދައްކުވައިދޭ ފޮތް “ދަ އިޔާ 2045′ ނެރެފިއެވެ. މި ފޮތް ނެރެދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފުއެވެ. މިއީ އުގައިލް ފައުންޑޭޝަނާއި އެޗްޑީސީގެ ފަރާތުން ހިންގާ “ދަ ސާކަލް” ގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ މަސައްކަތް ހިމެނޭ ފޮތެކެވެ. މިފަދަ ފޮތެއް ނެރުމުގެ ބޭނުމަކީ، ކުޑަކުދިން ދުނިޔެއަށް ލޯހުޅުވާ، އެކުދިންގެ ޚިޔާލާއި ވިސްނުން […]