މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
290 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ތިލަދެކުނު ވޮލީ މުބާރާތް: ފިރިހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
Thiladhunmathi News

ތިލަދެކުނު ވޮލީ މުބާރާތް: ފިރިހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ ފިރިހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ޓީމް ހަނިމާދޫއިން ކަށަވަރު ކޮށްފިއެވެ. ފިރިހެން ބައިގައި ހަތަރު ޓީމަކުން ވާދަކުރާއިރު މިހާތަނަށް ކޮންމެ ޓީމެއް ވަނީ ދެ މެޗު ކުޅެފައެވެ. ހަނިމާދޫއިން ވަނީ ކުޅުނު ދެ މެޗު ކާމިޔާބު ކޮށްފައެވެ. ހަ ޕޮއިންޓާއިއެކު ޕްއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ވެސް ހަނިމާދޫއެވެ. ދެވަނާގައި އޮތް ކުޅުދުއްފުށީ ކްލަބް ކޮރަލްސްއާއި ތިންވަނާގައި އޮތް ޓީމް ނައިވާދޫއަށް […]

ތިލަދެކުނު ވޮލީ މުބާރާތް: އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގައަށް ލައިކަންއާއި ހަނިމާދޫ ވާދަކުރަނީ
Thiladhunmathi News

ތިލަދެކުނު ވޮލީ މުބާރާތް: އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގައަށް ލައިކަންއާއި ހަނިމާދޫ ވާދަކުރަނީ

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރުމަށް މިއަދު ނޮޅިވަރަންފަރު ލައިކަން އާއި ދެކޮޅަށް ޓީމް ހަނިމާދޫ ނުކުންނާނެއެވެ. އަންހެން ބައިގެ ލީގު ބުރުގައި ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެން ޖެހޭއިރު، މިހާތަނަށް ހަނިމާދޫއާއި ލައިކަން އިން ވަނީ ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފައެވެ. އެ ތިން މެޗުގައި އެ ދެ ޓީމް އަތުން ސެޓެއް ވެސް […]

ނޮޅިވަރަންފަރުގައި ބާއްވާ ފަހާ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ނޮޅިވަރަންފަރުގައި ބާއްވާ ފަހާ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބާއްވާ ފަހާ ކޯހުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. އެ ރަށުގެ ކަނބަލުންނަށް އަމާޒު ކޮށްގެން ބާއްވާ މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ކޯހުގެ ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން 1500 (ފަނަރަސަތޭކަ) ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، ކޯސް ކުރިއަށް ގެންދަން ނިންމާފައި ވަނީ މަދުވެގެން ދިހަ ބައިވެރިން، ބައިވެރިވާނަމައެވެ. މި ކޯހުން...

ތިލައުތުރު ފުޓްސަލް މުބާރާތް: ފައިނަލުގައި އުތީމާއި ވަށަފަރު
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތް: ފައިނަލުގައި އުތީމާއި ވަށަފަރު

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2023” ގެ ފައިނަލުން އުތީމާއި ވަށަފަރު ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު މިއަދު ހަވީރު މާރަންދޫގައި ކުޅެފައިވާއިރު ފުރަތަމަ ސެމީގައި ބައްދަލުކުރީ އުތީމާއި މުރައިދޫއެވެ. މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ގެ ނަތީޖާއިން ދެ ޓީމް އޮތީ އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މުރައިދޫ މައްޗަށް އުތީމުން ކުރިހޯދީ […]

ކުރިނބިން ފަލަސްތީން ފަންޑަށް ބޮޑު އަދަދެއް
Thiladhunmathi News

ކުރިނބިން ފަލަސްތީން ފަންޑަށް ބޮޑު އަދަދެއް

އެހީހޯދުމަށް ހިންގޭ ތަފާތު ހަރަކާތްތަކުގައި އެންމެ އާދަޔާ ހިލާފް ނަތީޖާއެއް ފެންނަ އެއް ރަށަކީ ތިލަދުންމަތީ ދެކުނުބުރީ ކުރިނބީއެވެ. އެ އަތޮޅުގައި އެންމެ ކުޑަ އާބާދީ އޮތް ރަށްތަކުގެ ތެރޭ ހިމެނޭ ކުރިނބީގެ ޖުމްލަ އާބާދީއަކީ 764 މީހުންނެވެ. ނަމަވެސް އިޒުރޭލު ސިފައިން މީގެ މަހެއްހާ ދުވަސް ކުރިން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ރަށުގައި ބޭއްވި […]

މިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި، ފެށުން މި މަހު ވިހި ވަނަ ދުވަހު
Thiladhunmathi News

މިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި، ފެށުން މި މަހު ވިހި ވަނަ ދުވަހު

ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅު ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “މިލައުތުރު ފުޓްސަލް ޓޯނަމަންޓް 2023” ގެ ގުރުއަތު ލައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުން ބާއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެކަމަށްޓަކައި އެ އަތޮޅު ކައުންސިލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މުބާރާތް މި އަހަރު ކުޅުމަށް ހަމަޖެހިފައި ވަނީ ދެ ރަށެއްގައެވެ. މިގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅެން ނިންމާފައި ވަނީ ގޮއިދޫގައެވެ. އއެ ގްރޫޕްގައި ހިމެނޭ ޓީމްތަކަކީ ކަނޑިތީމް، ފީވަށް، ނޫމަރާ، […]

ތިލަދެކުނު ވޮލީ: ނޮޅިވަރަންފަރާއި ހަނިމާދޫ ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފި
Thiladhunmathi News

ތިލަދެކުނު ވޮލީ: ނޮޅިވަރަންފަރާއި ހަނިމާދޫ ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ އަންހެން ބައިގައި ނޮޅިވަރަންފަރު ލައިކަން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކުރި އިރު ފިރިހެން ބައިގައި ޓީމް ހަނިމާދޫ ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު މުބާރާތުގެ އަންހެން ބައިގައި ވާދަކުރީ ލައިކަންއާއި ވައިކަރަދޫ ޓީމް ވިޔެސް އެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައި ވަނީ ލައުކަންއެވެ. ލައިކަން ސެޓްތައް ގެންދިޔައީ (25/10، 25/14، […]

ތިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީފައިނަލަށް ޓީމްތައް ހޮވިއްޖެ
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތުގެ ސެމީފައިނަލަށް ޓީމްތައް ހޮވިއްޖެ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2023” ސެމީ ފައިނަލަށް ޓީމްތައް ހޮވިއްޖެއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ތިން ގްރޫޕަކަށް ޓީމްތައް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެއްވަނަ ހޯދާ ޓީމަށް ސެމީ ފައިނަލުގެ ޖާގައެއް ލިބިގެންދާއިރު، ސެމީގެ ފަހު ޖާގަ ލިބޭނީ ހުރިހާ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެވަނަ ޓީމަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިއަދު ކުޅެފައިވާއިރު، ގްރޫޕް 1، […]

ތިލަދެކުނު ވޮލީ މުބާރާތް: ލައިކަންއާއި ކޮރަލްސް ފެށުން ރަނގަޅުކުރިއިރު ހަނިމާދޫއަށް ދެވަނަ މޮޅު
Thiladhunmathi News

ތިލަދެކުނު ވޮލީ މުބާރާތް: ލައިކަންއާއި ކޮރަލްސް ފެށުން ރަނގަޅުކުރިއިރު ހަނިމާދޫއަށް ދެވަނަ މޮޅު

ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގައި ނޮޅިވަރަންފަރު ލައިކަންއާއި ކުޅުދުއްފުށީ ކޮރަލްސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރިއިރު ޓީމް ހަނިމާދޫއިން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހު ހަވީރު އަންހެން ބައިގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކުލަބާއި ނޮޅިވަރަންފަރު ލައިކަންއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ލައިކަން އިންނެވެ. މި މެޗުގެ ސެޓްތައް ލައިކަން އިން ގެންގޮސްފައި […]

ވަޔެކާނޯ އާއި އެއްވަރުވެ ރެއާލުން ފުރުޞަތު ނަގާލައިފި
Sports

ވަޔެކާނޯ އާއި އެއްވަރުވެ ރެއާލުން ފުރުޞަތު ނަގާލައިފި

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރަޔޯ ވަރެކާނޯ ބައްދަލުކުރި މެޗުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލުން ނަގާލައިފިއެވެ. ރެއާލުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ ދެ ޓީމް (0-0) އެއްވަރު ވެގެންނެވެ. މި މެޗުން މޮޅުވެ މިވަގުތު ތާވަލުގެ އެއްވަނާގައި އޮތް ޖިރޯނާއާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށް ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ ހޯދުމުގެ ފުރުޞަތު ރެއާލަށް އޮތެވެ. ނަމަވެސް ރޭ ދެ […]

ފަހުވަގުތު އަރައުހޯ ޖެހި ލަނޑުން ބާސާއަށް މުހިންމު މޮޅެއް
Sports

ފަހުވަގުތު އަރައުހޯ ޖެހި ލަނޑުން ބާސާއަށް މުހިންމު މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމެންދަނިކޮށް، މެޗުގެ އިތުރު ވަގުތުގެ ތެރޭ ރޮނާލްޑް އަރައުހޯ ލަނޑުޖަހައި (1-0) ބާސާ މޮޅުކޮށްދީފިއެވެ. ރޭ ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތު ވެސް ތަނަވަސް ކޮށްފައި ވަނީ ސޮސިއެޑާޑުންނެވެ. މިގޮތުން އެ ޓީމްގެ އެ ޓީމްގެ ކުބޯއާއި ޒުބި […]

ތިލައުތުރު ފުޓްސަލް މުބާރާތް ފަށައިފި
Thiladhunmathi News

ތިލައުތުރު ފުޓްސަލް މުބާރާތް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2023” ފަށައިފިއެވެ. މި މުބާރާތް ފަށާފައިވަނީ ދިވެހިރާއްޖޭގެ ނަސްރުންގެ ދުވަސް ކަމަށްވާ ނޮވެމްބަރ ތިންވަނަ ދުވަހު (އިއްޔެ) ހަވީރު މާރަންދޫގައެވެ. މުބާރާތް ފެށުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ވަނީ މާރަންދޫ ސްކޫލްގެ އައްޑިހަ ދަރިވަރުން ބައިވެރިކޮށް ނަސްރުންގެ ދުވަހާއިގުޅޭ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން އިޒްރޭލުން...

ހޯރަފުށީގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ބާއްވާ ވޮލީ ކޭމްޕް ފަށައިފި
Thiladhunmathi News

ހޯރަފުށީގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ބާއްވާ ވޮލީ ކޭމްޕް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގައި ކުރިއަށް ގެންދާ ވޮލީ ކޭމްޕް ފަށައިފިއެވެ. މި ކޭމްޕަކީ ކްލަބް ޖީއެސް އިން އިންތިޒާމްކޮށް ހޯރަފުށީ ޕޮލިހާއި އެ ރަށު ކައުންސިލް، ޑަބްލިއުޑީސީ، ކްރައިމް ޕްރެވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ކޭމްޕެކެވެ. ޖުމްލަ 47 ބައިވެރިންނާއިއެކު ހޯރަފުށީ ވޮލީ ކޯޓުގައި އިއްޔެ މި ކޭމްޕް ފަށާފައިވާއިރު، ކޭމްޕެ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ކޭމްޕް ކުރިއަށް […]

ތިލަދެކުނު ވޮލީ މުބާރާތް ފަށައިފި
Thiladhunmathi News

ތިލަދެކުނު ވޮލީ މުބާރާތް ފަށައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ އެ އަތޮޅު ވައިކަރަދޫގައި އިއްޔެ ފަށައިފިއެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކުޅެފައިވަނީ އަންހެން ބައި ގެ މެޗެކެވެ. އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހަނިމާދޫއާއި ނޭކުރެންދޫ ވިމެންސް ވޮލީ ޓީމެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައި ވަނީ ހަނިމާދޫއިންނެވެ. މި […]

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތާއި ގުޅޭގޮތުން މައުލޫމާތު ދެމުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް މޫސާ ކައުޔަޝް ކައިލް ބުނީ މި އަހަރު މުބާރާތުގައި ރަށުން ބޭރު ޓީމްތަކަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށާއި، މިގޮތުން ހަނިމާދޫ ދާއިރާގެ ރަށްތަކުގެ ތެރެއިން ތިން ރަށަކަށް ދައުވަތު ދިނުމަށް ވިސްނަމުން އަންނަ ކަމަށެވެ. މޫސަ އިތުރަށް...