ވިޔާފާރި ކުރުމަށް ދިއްދޫއިން ބިން ކުއްޔަށް ދޫކުރަނީ
ތިލަދުންމަތީ އުތުރުބުރީ ދިއްދޫއިން ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރަން ނިންމައި ބިޑް ހިށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިއްދޫގައި ވިޔަފާރި ކުރުމަށް 2500 (ދެހާސް ފަސްސަތޭކަ) އަކަފޫޓުގެ ހަތަރު ބިމެއް 15 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ. އެ ބިންތަކަކީ އެ ރަށު އުތުރުފަރާތުގައި ހިއްކާފައިވާ ސަރަހައްދުގައި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކާއި އިންވެގެން އޮތް ވައިލެޓް 18، 19، 20، 21 ބިމެވެ. މިކަމަށް އެދި ބީލަން ހުށަހަޅަން ބޭނުންވާ […]