ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީއަށް ފުރުޞަތު ބޮޑީ ނަޝީދު ހޮވައިގެން: މޭޔަރު އާތިފް
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބުކުރަން ފަސޭހަވާނީ، އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ރައީސް މުޙައްމަދު ނަޝީދު ހޮވައިގެންކަމުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މޭޔަރ މިހެން ވިދާޅުވެފައި ވަނީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި މޭޔަރ ވަނީ އެމްޑީޕީއަށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއިއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އޮތް ގޮންޖެހުންތައް ވ...