މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ތެލުގެ ވިޔަފާރިއަށް ބާރަށުން ބިން ދޫކުރަނީ
Thiladhunmathi News

ތެލުގެ ވިޔަފާރިއަށް ބާރަށުން ބިން ދޫކުރަނީ

ތެލުގެ ވިޔަފާރި ކުރުމަށް ތިލަދުންމަތީ އުތުރުބުރީ ބާރަށުން ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައި، ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ބާރަށުގައި ތެލުގެ ވިޔަފާރި ކުރުމަށް އެ ރަށުގެ ސިނާއީ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 (ދެހާސް) އަކަފޫޓުގެ އެއް ބިމެވެ. ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން، މި މަހުގެ 9 ވަނަ ދުވަހުގެ 11:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓަރީވުމަށް […]

ނައިވާދޫގައި މިނީ ފުޓްބޯޅަ ދަނޑެއް ޤާއިމްކުރަނީ
Thiladhunmathi News

ނައިވާދޫގައި މިނީ ފުޓްބޯޅަ ދަނޑެއް ޤާއިމްކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫގައި މިނީ ފުޓްބޯޅަ ދަނޑެއް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ އިތުރުން ކުލަބު ޖަމިއްޔާ ތަކަށެވެ. އަންދާސީ ހިސާބާއިއެކު އެ ފަރާތްތަކު ތަޢާރަފާއި މަޤުޞަދު އެނގޭނޭހެން ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. ކޮންމެ ފަރާތަކަށް ވެސް އެއް އަންދާސީ ހިސާބު ހުށަހެޅ...

ކޮޕަ ޑެލް ރޭ: ބިލްބާއޯ ބަލިކޮށް އޮސަސޫނާއިން ފައިނަލުގެ އުންމީދު އައުކޮށްފި
Sports

ކޮޕަ ޑެލް ރޭ: ބިލްބާއޯ ބަލިކޮށް އޮސަސޫނާއިން ފައިނަލުގެ އުންމީދު އައުކޮށްފި

ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭ ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ، ފުރަތަމަ ލެގުގައި އެތުލެޓިކް ބިލްބާއޯއާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އޮސަސޫނާއިން ފައިނަލުގެ އުންމީދު އައުކޮށްފިއެވެ. ރޭ އޮސަސޫނާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި އެ ޓީމުން އެތުލެޓިކް ބިލްބާއޯގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ ބިލްބާއޯގެ ދަނޑުގައެވެ. އެ މެޗު ކުޅުމަށް ތާވަލު […]

އެފްއޭ ކަޕް: ޔުނައިޓެޑް ކުއާޓާއަށް، ޓޮޓެންހަމް ކަޓައިފި
Sports

އެފްއޭ ކަޕް: ޔުނައިޓެޑް ކުއާޓާއަށް، ޓޮޓެންހަމް ކަޓައިފި

އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗު ކާމިޔާބުކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މި ބުރުގައި ޓޮޓެންހަމް ކުޅުނު މެޗުން ބަލިވެ އެ ޓީމް މުބާރާތުން ކަޓައިފިއެވެ. ރޭ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ވެސްޓްހޭމްއާއި ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ވެސްޓްހޭމުންނެވެ. މެޗުގެ 54 ވަނަ […]

އާސެނަލްގެ ލީޑު ފަސް ޕޮއިންޓަށް، ވުލްވްސް އަތުން ލިވަޕޫލަށް މުހިންމު މޮޅެއް
Sports

އާސެނަލްގެ ލީޑު ފަސް ޕޮއިންޓަށް، ވުލްވްސް އަތުން ލިވަޕޫލަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި އެވަޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް އާސެނަލުން ލީޑު ފުޅާކުރިއިރު، ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލުން ވުލްވްސް އަތުން މުހިންމު މޮޅެއް ހޯދައިފިއެވެ. ރޭ އާސެނަލްގެ ދަނޑުގައި އެ ޓީމުން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން އެވަޓަން ބަލިކޮށްފައެވެ. މި މެޗުގައި ކޮންމެ ހާފެއްގައި އާސެނަލުން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް […]

ޗެލްސީގެ ޑިފެންޑަރ ތިއާގޯ ސިލްވާއަށް އަނިޔާވެ ކުޅުމާއި ދުރަށް
Sports

ޗެލްސީގެ ޑިފެންޑަރ ތިއާގޯ ސިލްވާއަށް އަނިޔާވެ ކުޅުމާއި ދުރަށް

ޗެލްސީއަށް ކުޅެމުން އަންނަ އުމުރުން 38 އަހަރުގެ ތަޖުރިބާކާރު ބްރެޒިލް ޑިފެންޑަރ، ތިއާގޯ ސިލްވާއަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ. ސިލްވާގެ ކަކުލަށް އަނިޔާވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޓޮޓެންހަމް އަތުން ޗެލްސީ ބަލިވި މެޗުގައެވެ. އޭނާގެ ކަކުލަށް އަނިޔާވުމުގެ ސަބަބުން އެ މެޗުގެ 19 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުވެސް ކޮށްފައެވެ. ސިލްވާގެ ކަކުލަށް ލިބުނު އަނިޔާގެ އިތުރަށް ބެލުމަށްޓަކައި މި ހަފްތާގެ ހޯމަދުވަހު ޓެސްޓުތަކެއް ހަދާފައިވީ ނަމަވެސް އޭނާ އަނިޔާއިން […]

ހޯރަފުށީ ކަނބަލުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑް ދެނީ
Thiladhunmathi News

ހޯރަފުށީ ކަނބަލުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑް ދެނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އަންހެން ކަނބަލުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އެވޯޑަކީ ދިގުމުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތަކެއް ހޯރަފުއްޓަށް ކޮށްދެއްވާފައިވާ ކަނބަލުންނަށާއި ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް އެ ރަށަށް ކޮށްދެއްވާފައިވާ ކަނބަލުންނަށާއި، ރަށަށް އެންމެ ޚިދުމަތްތެރި ކަނބަލުންނަށާއި، ދުނިޔޭގެ ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި އަދި ރަށުފެންވަރުގައި އެ ރަށަ...

ސިޓީ އެފްއޭ ކަޕްގެ ކުއާޓާއަށް
Sports

ސިޓީ އެފްއޭ ކަޕްގެ ކުއާޓާއަށް

އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ މެންޗެސްޓާ ސިޓީއާއި ޗެމްޕިއަންޝިޕްގެ ބްރިސްޓޮލް ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ސިޓީ ޖާގަ ހޯދައިފިއެވެ. ރޭ ބްރިސްޓޮލް ސިޓީގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މިއީ ބްރިސްޓޮލް ސިޓީ މި އަހަރު ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމް އެންމެ ފަހުން ބަލިވެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ފަހުކޮޅު ވެސްޓްބްރޯމް އަތުންނެވެ. އެއަށްފަހު […]

ޔުވެންޓަސް މޮޅުވިއިރު، ފުލުގައި އޮތް ކްރެމޮނީސޭ އަތުން ރޯމާ ބަލިވެއްޖެ
Sports

ޔުވެންޓަސް މޮޅުވިއިރު، ފުލުގައި އޮތް ކްރެމޮނީސޭ އަތުން ރޯމާ ބަލިވެއްޖެ

އިޓާލިއަން ލީގުގައި ޔުވެންޓަސްއާއި ޓޮރީނޯ ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބު ކުރިއިރު، ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ކްރެމޮނީސޭއިން ރޯމާ ބަލިކޮށްފިއެވެ. ރޭ ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 4-2 ގެ ނަތީޖާއިން ޓޮރީނޯ ބަލިކޮށްފައެވެ. ޔުވެންޓަސް ދޫކޮށް 89 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގެ ދަށުން 2015/16 ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު މިދިޔަ އަހަރުގެ ހޫނު މޫސުމުގައި އަލުން ޔުވެންޓަސްއާއި ގުޅުނު ޕޮގްބާ ރޭގެ މެޗުގައި ވަނީ ކުޅެފައެވެ. […]

ހއ. އަތޮޅު ސްކޫލްތަކަށް ސްޓަޑީ ކޭމްޕް ބާއްވަން މާލީ އެހީތެރިކަން ފޯރުކޮށްދެނީ
Thiladhunmathi News

ހއ. އަތޮޅު ސްކޫލްތަކަށް ސްޓަޑީ ކޭމްޕް ބާއްވަން މާލީ އެހީތެރިކަން ފޯރުކޮށްދެނީ

ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކުގައި ހިމެނޭ ސްކޫލުތަކުން ސްޓަޑީ ކޭމްޕް ބާއްވަން މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ. މިކަމާއި ގުޅޭގޮތުން އެ އަތޮޅު ކައުންސިލުން ވިދާޅުވެފައި ވަނީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ޤާބިލް މީހުންގެ އެހީތެރިކަން ދަރިވަރުންނަށް ފޯރުކޮށް ދިނުމަށްޓަކައި އެ އަތޮޅުގެ ރަށްތަކުގައި ހުރި ސްކޫލްތަކުން ހިންގާ ސްޓަޑީ ކޭމްޕްތަކަށް އެ ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލ...

ނައިވާދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
Thiladhunmathi News

ނައިވާދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމާއި ގުޅެގެން އެ ކައުންސިލުން ވިދާޅުވެފައި ވަނީ އެ ރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް، އެ ކައުންސިލުން ހަދާފައިވާ އުސޫލާއި އެއްގޮތަށް ލޭންޑްޔޫސް ޕްލޭން ފާސްވުމާއެކު، ގޯތި ދޫކުރުމަށް އެ ކައުންސިލުން ތައްޔާރު ވަމުން އަންނަ ކަމަށެވެ. މިފަހަރު ނައިވާދޫއިން ގެވަޅު ދޫކުރުމަށް ހަމަޖެހިފައި ވަނީ މިހާރު ގޯތި ދޫކުރަމުންދާ ސަރަހައްދުން ފ...

މެސީއަށް ވޯޓް ދިނުމުން އަމާޒުވި ފާޑުކިޔުންތަކަށް އަލަބާ ރައްދުދީފި
Sports

މެސީއަށް ވޯޓް ދިނުމުން އަމާޒުވި ފާޑުކިޔުންތަކަށް އަލަބާ ރައްދުދީފި

ފީފާއިން ހޮވި ފާއިތުވި އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއަށް ލިބުނުއިރު، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ކެޕްޓަމް ޑޭވިޑް އަލަބާގެ ފުރަތަމަ ވޯޓް މެސީއަށް ދިނުމާއި ގުޅިގެން އަމާޒުވީ ފާޑުކިޔުމަށް އޭނާ ރައްދު ދީފިއެވެ. މެސީ މި އެވޯޑް ހޯދާފައި ވަނީ މެސީއާއި އެއް ޓީމަކަށް ކުޅެމުން އަންނަ އެމްބާޕޭއާއި ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ފަހަތަށް ޖައްސާލުމަށް ފަހުއެވެ. އަލަބާއާއި ބެންޒެމާއަކީ ސްޕެއިންގެ […]

ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެސީއަށް
Sports

ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެސީއަށް

ފީފާއިން ހޮވި ފާއިތުވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާ ފޯވާޑް ލައިނަލް މެސީ ކާމިޔާބު ކޮށްފިއެވެ. އުމުރުން 35 އަހަރުގެ މެސީ މި އެވޯޑް ހޯދާފައި ވަނީ އޭނާއާއި އެއްޓީމަކަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އެމްބާޕޭއާއި ކަރީމް ބެންޒެމާ ފަހަތަށް ޖައްސާލުމަށް ފަހުއެވެ. ފާއިތު އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މެސީ ކާމިޔާބުކުރިއިރު، އޭނާ ވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް […]

ލެވަންޑޯސްކީއަށް އަނިޔާވެ ރެއާލް މެޑްރިޑާއި ދެކޮޅަށް ނުކުޅެވޭނެ
Sports

ލެވަންޑޯސްކީއަށް އަނިޔާވެ ރެއާލް މެޑްރިޑާއި ދެކޮޅަށް ނުކުޅެވޭނެ

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ތަޖުރިބާކާރު އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީއަށް އަނިޔާވެ، މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ކޮޕަ ޑެލް ރޭ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ބާސެލޯނާ ނުކުންނަ މެޗުގައި އޭނާއަށް ނުކުޅެވޭނެ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އާދީއްތަ ދުވަހުގެ ރޭ އަލްމޭރިއާ އަތުން ބާސާ ބަލިވި މެޗަށް ފަހު ބާސެލޯނާއިން ވަނީ ލެވަންޑޯސްކީގެ ފަލަމަގަނޑަށް އަނިޔާވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެ ކުލަބުން އޭނާއަށް […]

ރާއްޖެ ބަލިކޮށް ސިންގަޕޫރުގެ އަންހެން ވޮލީބޯޅަ ޓީމް ޗެމްޕިއަންކަން ހޯދައިފި
Sports

ރާއްޖެ ބަލިކޮށް ސިންގަޕޫރުގެ އަންހެން ވޮލީބޯޅަ ޓީމް ޗެމްޕިއަންކަން ހޯދައިފި

ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ސިންގަޕޫރުން ހޯދައިފިއެވެ. މިރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު މި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ސިންގަޕޫރުން ކާމިޔާބު ކޮށްފައި ވަނީ 3-2 ސެޓުން ރާއްޖޭގެ އަންހެން ވޮލީ ޓީމް ބަލިކޮށްގެންނެވެ. ފުރަތަމަ ސެޓް ފަށައިގެން ރާއްޖޭގެ އަންހެން ޓީމްގެ ފަރާތުން ފެނިފައި ވަނީ މޮޅު ކުޅުމެކެވެ. މިގޮތުން ސެޓްގެ މެދަކާ ހިސާބަށް ރާއްޖެއިން މި ސެޓް ލީޑް ކުރިއެވެ. ނަމަވެސް ސިންގަޕޫރުން ވަނީ […]