ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫގައި މިނީ ފުޓްބޯޅަ ދަނޑެއް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ އިތުރުން ކުލަބު ޖަމިއްޔާ ތަކަށެވެ. އަންދާސީ ހިސާބާއިއެކު އެ ފަރާތްތަކު ތަޢާރަފާއި މަޤުޞަދު އެނގޭނޭހެން ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ.

Ad
rt

ކޮންމެ ފަރާތަކަށް ވެސް އެއް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، 10000 (ދިހަހާސް) ރުފިޔާގެ ބިޑް ސެކިއުރިޓީއެއް އެއް މަސް ދުވަހުގެ ނިޔަލަށް ހުށަހަޅަން ޖެހެއެވެ.

މި މަސައްކަތް ހަވާލުކުރުމުގައި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށް ހަމަޖެހިފައިވާއިރު، މަސައްކަތު ތަޖުރިބާގެ ގޮތުގައި ބެލުމަށް ނިންމާފައި ވަނީ ފާއިތުވި ފަސް އަހަރުގެ މުއްދަތުގައި މި ބާވަތުގެ މަސައްކަތްތައް ކޮށް، އެ މަސައްކަތް ހަވާލުކުރި ފަރާތުން، މަސައްކަތް ކުރި ފަރާތައް ދީފައިވާ ރިފަރެންސް ލެޓާ ތަކަށެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް (ވެލާނާގޭ 3 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ ފަރާތުން އެދިލައްވައެވެ.

އިތުރު މަޢުލޫމާތު: https://gazette.gov.mv/iulaan/view/231349