މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ހަނިމާދޫ ޑްރައިވިން ޓްރެކް ނިންމަން ހަވާލުކޮށްފި
Thiladhunmathi News

ހަނިމާދޫ ޑްރައިވިން ޓްރެކް ނިންމަން ހަވާލުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ލައިސަންސް ދޫކުރުމަށް ވާ ތައްޔާރީގެ ތެރޭގައި ހިމެނޭ އެ ރަށު ޑްރައިވިން ޓްރެކް އެޅުމުގެ މަސްއްކަތް ނިންމަން ހަވާލުކޮށްފިއެވެ. އެ ޓްރެކުގެ އަމަލީ މަސައްކަތް ނިންމަން ހަނިމާދޫ ކައުންސިލުން ވަނީ މިއަދު މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައެވެ. މި ޓްރެކް އަޅަން ކައުންސިލުން ނިންމާފައިވަނީ ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ފެނަކަ އިމާރާތާއި ދެމެދުގައި އޮތް ހުސް ބިމުގައެވެ. ހަނިމާދޫގައި އަޅާ ޑްރައިވިން ޓްރެކާއި ގުޅޭގޮތުން މި...

މެގުއާ އަތުން ކެޕްޓަން ބޭންޑް އަތުލައިފި
Sports

މެގުއާ އަތުން ކެޕްޓަން ބޭންޑް އަތުލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންގެ މަގާމްގައި ފާއިތުވި ތިންއަހަރު ހުރި އިންގްލެންޑްގެ ޑިފެންޑަރ ހެރީ މެގުއާ އަތުން ކެޕްޓަން ބޭންޑް އަތުލަން ނިންމައިފިއެވެ. އުމުރުން 30 އަހަރުގެ މެގުއާ މެންޗެސްޓާ ޔުނައިޓެޑާއި ގުޅިފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ލެސްޓާ ސިޓީން އޭނާ ޔުނައިޓެޑަށް ގެނައީ އޭރުގެ ކޯޗަކަށް ހުރި ސޯލްޝެއާއެވެ. މެގުއާ ޔުނައިޓެޑާއި ގުޅުނުތާ ހަމަސް ފަހުން 2020 ވަނަ އަހަރު ޖަނަވަރީ މަހު ސޯލްޝެއާ ވަނީ މެގުއާއަށް ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ދީފައެވެ. ޔުނައިޓެޑްގެ ކޯޗްގެ […]

ޖޮކޮވިޗްގެ ބަލިކޮށް ވިމްބެލްޑަންގެ އައު ޗެމްޕިއަނަކަށް އަލްކަރާޒް
Sports

ޖޮކޮވިޗްގެ ބަލިކޮށް ވިމްބެލްޑަންގެ އައު ޗެމްޕިއަނަކަށް އަލްކަރާޒް

އިނގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ ވިމްބެލްޑަން ޓެނިސްމުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަރަށް ސްޕެއިންގެ ކާލޮސް އަލްކަރާޒް ކާމިޔާބު ކޮށްފިއެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނާގައި މިވަގުތު އޮތް އުމުރުން އެންމެ 20 އަހަރުގެ އަލްކަރާޒް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ، މިވަގުތު ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ސާބިއާގެ ނޮވަލް ޖޮކޮވިޗް ބަލިކޮށްގެންނެވެ. ރޭ ކުޅުނު ވާދަވެރި ފޯރިގަދަ ފައިނަލް މެޗު އަލްކަރާޒް ކާމިޔާބު ކޮށްފައި ވަނީ  ތިން ސެޓް ދެ ސެޓުންނެވެ. މެޗުގެ ސެޓްތައް ގޮސްފައިވ...

ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެސީ އިންޓަ މިއާމީއަށް ސޮއިކޮށްފި
Sports

ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެސީ އިންޓަ މިއާމީއަށް ސޮއިކޮށްފި

ދުނިޔެދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެމެރިކާގެ މޭޖަ ލީގު ސޮކާގެ އިންޓަ މިއާމީއަށް ސޮއި ކޮށްފިއެވެ. ބޮލެންޑިއޯ އެވޯޑް ހަތްފަހަރު ހޯދާފައިވާ އުމުރުން 36 އަހަރުގެ މެސީ ފާއިތުވި ދެ އަހަރު ކުޅެފައިވަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށެވެ. ފާއިތުވި އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިން މެސީ އިންޓަ މިއާމީއާއި ގުޅުމަށް ފަހު […]

އާސެނަލުން ޑެކްލަން ރައިސްގެ ޑީލް ނިންމާލައިފި
Sports

އާސެނަލުން ޑެކްލަން ރައިސްގެ ޑީލް ނިންމާލައިފި

ޕްރިމިއާ ލީގުގެ ވެސްޓްހޭމްއަށް ކުޅެމުންއައި އިންގްލެންޑްގެ މިޑްފީލްޑަރ ޑެކްލަން ރައިސްގެ ސޮއި އާސެނަލުން ހޯދައިފިއެވެ. އުމުރުން 24 އަހަރުގެ ރައިސް އާސެނަލަށް ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 138 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައެވެ. އާސެނަލުން ރައިސްއާއިއެކު އެއްބަސްވުން ހަދާފައި ވަނީ ކުލަބުން ބޭނުންވެއްޖެނަމަ އިތުރު އެއް އަހަރު އެއްބަސްވުމަށް އިތުރު ކުރެވޭ ގޮތަށެވެ. ރައިސްވެފައި ވަނީ އެންމެ އަގުބޮޑު ޓްރާންސްފާއެއްގައި ޓީމް ބަދަލުކުރި އިނގިރޭސި ކުޅުންތެރިޔާއަށ...

ހިރިމަރަދޫ ޑޮމިނޭޓާސްގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުރިމަގު ސްޕޯޓްސް ކުލަބަށް
Thiladhunmathi News

ހިރިމަރަދޫ ޑޮމިނޭޓާސްގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުރިމަގު ސްޕޯޓްސް ކުލަބަށް

ހދ. ހިރިމަރަދޫ ކުލަބް ޑޮމިނޭޓާސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ޑޮމިނޭޓާސް ފުޓްސެލް ކަޕް 2023” ގެ ޗެމްޕިއަންކަން ކުރިމަގު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ހިރިމަރަދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުރިމަގު ސްޕޯޓްސް ކުލަބާއި އެފްސީ ޓައިޓަންސްއެވެ. މި މެޗު ކުރިމަގުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިން ޓައިޓަންސް މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް […]

ޖެހިޖެހިގެން ފަސްވަނަ ފަރަށް ޖޮކޮވިޗް ވިމްބެލްޑަންގެ ފައިނަލަށް
Sports

ޖެހިޖެހިގެން ފަސްވަނަ ފަރަށް ޖޮކޮވިޗް ވިމްބެލްޑަންގެ ފައިނަލަށް

އިންގްލެންޑްގެ ވެރިރަށް ލަންޑަންގައި ބާއްވާ ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ފަސްވަނަ ފަރަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ. ހުކުރު ދުވަހު ކުޅުނު މުބާރާތުގެ ސެމީ ފައިނަލް މެޗުގައި އުމުރުން 36 އަހަރުގެ، ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ޖޮކޮވިޗް ބައްދަލު ކޮށްފައި ވަނީ ދުނިޔޭގެ ރޭންކިންގެ އަށް ވަނައިގައި އޮތް އިޓަލީގެ ޔަނިކް ސިނާއާއެވެ. މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށް ޖޮކޮވިޗް ވަނީ މުބާރާތުގެ ފައިނަލުން […]

ހަތަރު އަހަރުގެ އެއްބަސްވުމެގެ ދަށުން ޕްލިސިޗް މިލާނަށް ބަދަލުވެއްޖެ
Sports

ހަތަރު އަހަރުގެ އެއްބަސްވުމެގެ ދަށުން ޕްލިސިޗް މިލާނަށް ބަދަލުވެއްޖެ

ޗެލްސީއަށް ކުޅެމުންއައި އެމެރިކާގެ ފޯވާޑް ކްރިސްޓިއަން ޕްލިސިޗް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެގެ ދަށުން އޭސީ މިލާނަށް ސޮއިކޮށްފިއެވެ. އުމުރުން 24 އަހަރުގެ ޕްލިސިޗް މިލާނާއި ގުޅިފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 20 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައެވެ. މިލާނުން ޕްލިސިޗްގެ އެއްބަސްވުން ހަދާފައިވަނީ އެ ކުލަބުން ބޭނުން ވެއްޖެނަމަ އިތުރު އެއް އަހަރު އެއްބަސްވުމަށް އިތުރު ކުރެވޭ ގޮތަށެވެ. ޕްލިސިޗް މިލާނަށް ބަދަލުވެ މިހާރު އެ ޓީމާއިއެކު ވަނީ ފަރިތަކުރުންތައް ވެސް […]

ނަރުދޫ ސްޕޯޓްސް ފިއެސްޓާ: އިއްޔެގެ މެޗުތައް ކާމިޔާބުކުރީ ލެއިޓްވުލްފާއި ބްލެކް ކޯނާ އެފްސީ އަދި ފިއުރިއަސް
Thiladhunmathi News

ނަރުދޫ ސްޕޯޓްސް ފިއެސްޓާ: އިއްޔެގެ މެޗުތައް ކާމިޔާބުކުރީ ލެއިޓްވުލްފާއި ބްލެކް ކޯނާ އެފްސީ އަދި ފިއުރިއަސް

ށ. ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ބާއްވާ “ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023” ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް ލެއިޓްވުލްފާއި ބެލެކް ކޯނާ އެފްސީ އަދި ފިއުރިއަސް އިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ލެއިޓްވުލްފާއި ފިއުރިއަސް ޖޫނިއާއެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ލެއިޓްވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލެއިޓްވުލްފްގެ ޖޯޒީ ނަމްބަރު 26، […]

ދިއްދޫ ކަޕް، ހަވަނަ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލައިފި
Thiladhunmathi News

ދިއްދޫ ކަޕް، ހަވަނަ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ދިއްދޫ ކަޕް ހަވަނަ ފުޓްބޯޅަ މުބާރާތް” ގެ ގުރުއަތު ލައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުން އިއްޔެ ދިއްދޫ ކައުންސިލުގައި ބާއްވާފައިވާއިރު، މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހެވެ. މި މުބާރާތުގައި ބައިވެރިވުކުގެ ފުރުޞަތު ދީފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަމެންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫއަށް ނިސްބަތްވާ ކުލަބް ޖަމިއްޔާތަކަށެވެ. މިގޮތުން މުބާރާތުގައި އަށް ކްލަބަކުން ވާދަކުރެ...

އެލަންގާ ހޯދަން އެވަޓަންއިން މަސައްކަތް ކުރަނީ
Sports

އެލަންގާ ހޯދަން އެވަޓަންއިން މަސައްކަތް ކުރަނީ

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްވިޑަންގެ ފޯވާޑް އެންތަނީ އެލަންގާ ހޯދުމުގެ މަސައްކަތް އެވަޓަންއިން ފަށައިފިއެވެ. އެވަޓަންއިން އުމުރުން އެންމެ 21 އަހަރުގެ އެލަންގާ ލޯން އެއްބަސްވުމެއްގެ ދަށުން މި އަހަރުގެ ޖަނަވަރީ މަހު އެ ޓީމަށް ގެންނަން މަސައްކަތް ކޮށްފައިވެއެވެ. އެލަންގާގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި އެވަޓަންއިން ފަނަރަ ނުވަތަ ވިހި މިލިއަން ޕައުންޑް ހަރަދު ކުރާނެއެވެ. އެވަޓަންގެ އިތުރުން އެލަންގާއަށް ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓުން ވެސް ޝަޢުޤުވެރިވެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގ...

ވިޔަރެއާލްގެ ޕައު ޓޯރޭސް އެސްޓަން ވިލާއަށް
Sports

ވިޔަރެއާލްގެ ޕައު ޓޯރޭސް އެސްޓަން ވިލާއަށް

ވިޔަރެއާލްއަށް ކުޅެމުން އައި ސްޕެއިންގެ ޑިފެންޑަރ ޕައު ޓޯރޭސް ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް ސޮއިކޮށްފިއެވެ. އުމުރުން 26 އަހަރުގެ ޓޯރޭސް އެސްޓަން ވިލާއަށް ބަދަލުވެފައި މިވަނީ އޭނާ ވިޔަރެއާލާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮށްވައެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ އެސްޓަން ވިލާއާއި ގުޅިފައި ވަނީ 31.5 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. އެސްޓަން ވިލާގެ ކޯޗަކަށް މިހާރުހުރި އުނާއީ އެމެރީ ވިޔަރެއާލަށް އިރުޝާދުދިން އިރު، ޓޯރޭސް ވަނީ 2020 ވަނަ […]

ނަރުދޫ ސްޕޯޓްސް ފިއެސްޓާ: ފިއުރިއަސް ޖޭއާރާއި އެފްސީ ބިގް، ފުރަތަމަ މޮޅު ހޯދިއިރު އެންމެ ކުރީގައި ލެއިޓްވުލްފް
Thiladhunmathi News

ނަރުދޫ ސްޕޯޓްސް ފިއެސްޓާ: ފިއުރިއަސް ޖޭއާރާއި އެފްސީ ބިގް، ފުރަތަމަ މޮޅު ހޯދިއިރު އެންމެ ކުރީގައި ލެއިޓްވުލްފް

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ބާއްވާ “ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023” ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް އެފްސީ ބިގާއި ފިއުރިއަސް ޖޫނިއާގެ އިތުރުން ލެއިޓްވުލްފުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ލެއިޓްވުލްފާއި ފިއުރިއަސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ލެއިޓްވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލެއިޓްވުލްފްގެ ޖީޒީ ނަމްބަރު 26، މުހައްމަދު ޖުނެއިދުއެވެ. މި މުބާރާތުގައި [...

އިހަވަންދޫގައި ބާއްވާ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

އިހަވަންދޫގައި ބާއްވާ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ބާއްވާ ސެޓްފިކެޓް 3 ގެ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. މިއީ ކޮމިއުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް ދަށުން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އިހަވަންދޫ އިމަގު ޖަމިއްޔާ ގުޅިގެން އެ ރަށުގައި ހަތަރު މަސްދުމަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެ ޖިންސުގެ 18 އަހަރުންމަތީގެ ހުރިހާ ބޭފުޅުންނަށް ވަނީ ހުޅުވާލާފައެވެ. މި ކޯހުގެ ކްލާސްތަ...

ހަނިމާދޫ ސްކޫލުގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް ކައުންސިލުން އެލަވަންސް ދެނީ
Thiladhunmathi News

ހަނިމާދޫ ސްކޫލުގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް ކައުންސިލުން އެލަވަންސް ދެނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް އެލަވަންސް ދޭން ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ. ހަނިމާދޫ ސްކޫލުގައި މީގެ އަހަރުތަކެއް ކުރިން، ބައެއް އަހަރުތަކުގައި އޭލެވެލްއަށް ކިޔަވައިދީފައިވެއެވެ. ނަމަވެސް އޯލެވެލް ނިންމައި ރަނގަޅު ނަތީޖާ ހޯދާ ގިނަ ދަރިވަރުންތަކެއް އޭލެވެލްއަށް ގުޅެން ބޭނުންނުވުމާއި، ބައެއް ދަރިވަރުން ނަތީޖާދައްވެ އޭލެވެލްއަށް ވަދެވޭވަރު ނުވާތީ، އެކަށީގެންވާވަރަށް ކުދިން ނުލިބި އެ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދިނުން ހުއްޓިފައި އޮންނަތާ މިހާރު ވަނީ...