މައި ޚަބަރަށް ދިޔުމަށް

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,667 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ކަނޑުތައް ވަރަށް ގަދަވެ އުދަ އަރާނެ ކަމަށް ލަފާކޮށްފި
Thiladhunmathi News

ކަނޑުތައް ވަރަށް ގަދަވެ އުދަ އަރާނެ ކަމަށް ލަފާކޮށްފި

މިއަދު އުދަ އަރާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ހުދު ސަމާލު ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ ށ އަތޮޅުން ފެށިގެން މ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. މީގެ އިތުރުން ރ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ރީނދޫ ސަމާލުވެސް ވަނީ ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 6:00 އިން 10:00 އާ ދެމެދު ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށެވެ. އަދި […]

ހދ އަތޮޅު ކައުންސިލަށް ވޭނެއް ހޯދަނީ
Thiladhunmathi News

ހދ އަތޮޅު ކައުންސިލަށް ވޭނެއް ހޯދަނީ

ހދ. އަތޮޅު ކައުންސިލަށް ވޭނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާން ބާޠިލްކޮށް، އަލުން މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 9 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ބިޑްގައި ރަޖިސްޓަރ ވާންޖެހޭނެއެވެ. ރަޖިސްޓަރ ވުމަށް ހދ. އަތޮޅު ކައުންސިލްގެ ވެބްސައިޓް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 16 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ […]

ތަކަންދޫގައި ކައުންސިލްގެ ހުއްދަނެތި ގަސް އިންދުން މަނާކޮށްފި
Thiladhunmathi News

ތަކަންދޫގައި ކައުންސިލްގެ ހުއްދަނެތި ގަސް އިންދުން މަނާކޮށްފި

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ސަރަހައްދެއްގައި ކައުންސިލްގެ ހުއްދަނެތި ގަސް ނުވަތަ ރުއް އިންދުން މަނާކޮށްފިއެވެ. ކައުންސިލުން ކުރި އާންމު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަށުގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް އަދި ރަށުގައި ހެދިފައިވާ ޕްލޭންތަކަށް ދަތިވާ ގޮތަށް ބައެއް ފަރާތްތަކުން ގަސް އަދި ރުއް އިންދަމުންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވެއެވެ. މިކަމާ ގުޅިގެން، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ސަރަހައްދެއް...

ރީނދޫ ސަމާލު: 50 މޭލަށް ވައި ގަދަވެދާނެ!
Raajje

ރީނދޫ ސަމާލު: 50 މޭލަށް ވައި ގަދަވެދާނެ!

ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެދާނެ ކަމަށް ލަފާކޮށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން މިއަދު ނެރުނު ސަމާލުކަމުގެ އިންޒާރެއްގައި ބުނެފައިވަނީ ރ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ. މި ސަމާލުކަން ދެމިއޮންނާނީ މިރޭ ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އާ ހަމައަށް ކަމަށް މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ގަޑިއަކު […]

މަސައްކަތުގެ އުޖޫރަ ނުދޭ މައްސަލަ ހައްލުކުރަން ގާނޫނެއް ހަދަން ޖެހޭ
Thiladhunmathi News

މަސައްކަތުގެ އުޖޫރަ ނުދޭ މައްސަލަ ހައްލުކުރަން ގާނޫނެއް ހަދަން ޖެހޭ

މަސައްކަތް ކުރުމަށްފަހު އުޖޫރަ ނުދިނުމަކީ މިހާރު ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު މުސީބާތެއް ކަމަށާއި މިކަން ހައްލުކުރުމަށް ޚާއްޞަ ގާނޫނެއް ހަދަން ޖެހޭ ކަމަށް ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. ފޭސްބުކުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިބްރޭ ވިދާޅުވެފައިވަނީ “ރާއްޖޭގައި ފަހަކަށްއައިސް ދިމާވާ އެންމެ ބޮޑު މުސީބާތަކީ މަސައްކަތް ކުރުމަށްފަހު އުޖޫރަނުދިނުމެވެ، ހައްގުއަދާނުކުރުމެވެ، އިންސާފު ނުލިބުން، މިކަމަށް ގާނޫނެއް ހަދަންއެބަޖެހޭ” ކަމަށެވެ. އިބްރޭ އ...

ފަޅުރަށަކަށް ދަތުރު ދިޔަ ބައެއް ހާލުގައި ޖެހުމުން އެހީތެރިވެއްޖެ
Raajje

ފަޅުރަށަކަށް ދަތުރު ދިޔަ ބައެއް ހާލުގައި ޖެހުމުން އެހީތެރިވެއްޖެ

ފުލުހުން ބުނާ ގޮތުގައި، 2025 ޖަނަވަރީ 01 ވަނަ ދުވަހު ފ. ދިގުވަރަށް ދަތުރު ގޮސް އުޅުނު ބަޔަކު ހާލުގައި ޖެހިފައި ތިބިކަމުގެ މަޢުލޫމާތު ފ. ފީއަލީ ޕޮލިސް ޕޯސްޓަށް ލިބުމާ ގުޅިގެން، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފުލުހުންނާއި، ފ. ފީއަލީ ކައުންސިލާއި، އެމްޓީސީސީ ފެރީގެ މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު، ހާލުގައި ޖެހުނު ފަރާތްތައް ފ. ފީއަލިއަށް ގެނެސްދީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ދަތުރުގެ ބައިވެރިންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ....

"މި ސަރުކާރުން އަހަރެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި"
Raajje

"މި ސަރުކާރުން އަހަރެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފި"

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށާއި، ނަމަވެސް އެންމެ އަހަރެއްގެ ތެރޭގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ސަރުކާރުން ހޯއްދަވައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ހަމަޖެހުމާއި އިޖުތިމާޢީ އަދާލަތާއި އިންސާފު ޤާއިމްކުރުމާއި މާލީ ހާލަތު އޮތީ...

ޓުރަމްޕް ހޮޓެލް ކުރިމަތީގައި ޓެސްލާ ސައިބަރޓްރަކެއް ގޮއްވާލައިފި
International

ޓުރަމްޕް ހޮޓެލް ކުރިމަތީގައި ޓެސްލާ ސައިބަރޓްރަކެއް ގޮއްވާލައިފި

އެމެރިކާގެ ނެވާޑާ ސްޓޭޓްގެ ލަސްވެގާސް ސިޓީގައި ހުންނަ ޓުރަމްޕް އިންޓަނޭޝަނަލް ހޮޓެލްގެ ކުރިމަތީގައި ޓެސްލާ ސައިބަރޓްރަކެއް ގޮއްވާލުމުގެ ސަބަބުން އެކަކު މަރުވެ، ހަތް މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ހެނދުނު އެެވެ. ފުލުހުން މިހާރު ތަޙުޤީޤު ކުރަމުންދަނީ މިއީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައެވެ. ހާދިސާގެ ވީޑިއޯ ފުޓޭޖުން ދައްކާގޮތުގައި، ސައިބަރޓްރަކް ހޮޓެލްގެ ބޭރަށް އައި ވަގުތު ގޮއްވާލާފައިވެއެވެ. މަރުވެފައިވަނީ ޓެސްލާ ދުއްވަން އިން ޑްރައިވަރެވެ. އަނިޔާވެފައިވަނީ އެވަގު...

މެންބަރު އައްބާސް ވެލިދޫ ދާއިރާއަށް 1.1 މިލިއަން ހޭދަކޮށްފި
Raajje

މެންބަރު އައްބާސް ވެލިދޫ ދާއިރާއަށް 1.1 މިލިއަން ހޭދަކޮށްފި

ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް، ފާއިތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި އެ ދާއިރާއަށް ޖުމްލަ 1,177,072 ރުފިޔާ ހޭދަކޮށްފައިވާކަން ހާމަކޮށްފި އެވެ. މިއީ އޭނާއަށް މުސާރައިގެ ގޮތުގައި ލިބުނު 615,200 ރުފިޔާއަށްވުރެ ގިނަ އަދަދެކެވެ. އައްބާސް ޓްވިޓަރގައި ހިއްސާކުރި މަޢުލޫމާތުގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނ. ޅޮހީގައި ހިނަވާގެއެއް ބިނާކުރުމަށް ކަމަށްވާއިރު، އެކަމަށް 478,342 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން، ދާއިރާގެ ތިން ރަށުގެ ރައްޔިތުން ކޮންމެ 15 ދުވަހަކުނ...

ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދާ ވެރިފަރާތާ ހަވާލުކޮށްފި
Raajje

ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދާ ވެރިފަރާތާ ހަވާލުކޮށްފި

ގަލޮޅުގައި ހުންނަ ގެއަކުން ވަގަށް ނަގާފައިވާ ދެ މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިމަޢުލޫމާތު ދޭގޮތުގައި މިތަކެތި ވަގަށް ނަގާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ވަގުތެއްގައި ގަލޮޅުގައި ހުންނަ ގެއަކުންނެވެ. މިމައްސަލަ ހުށަހެޅުމާއެކު، ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުން މިތަކެތި ވަނީ ހޯދާފައެވެ. ވަގަށް ނެގުނު ތަކެތީގެ ތެރޭގައި އަގުބޮޑު...

2025 ގައި ފުރި ފުލައިޓަކަށް ދެވުނީ 2024 ވަނަ އަހަރު!
International

2025 ގައި ފުރި ފުލައިޓަކަށް ދެވުނީ 2024 ވަނަ އަހަރު!

ކޭތީ ޕެސިފިކްގެ ފްލައިޓެއް ހޮންގކޮންގުން 2025 ވަނަ އަހަރު ފުރައިގެން، ލޮސްއެންޖެލެސްއަށް ޖެއްސުނީ 2024 ވަނަ އަހަރުގައެވެ. އިންޓަރނޭޝަނަލް ޑޭޓް ލައިން (އައިޑީއެލް) ހުރަސްކުރަން ޖެހުމުން، މި ފްލައިޓްގައި ދަތުރުކުރި ފަސިންޖަރުންނަށް އައު އަހަރަށް ދެފަހަރު މަރުޙަބާ ކިޔުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. އައިޑީއެލްއަކީ ޕެސިފިކް ކަނޑުގެ މެދުން ދަމާލެވިފައިވާ ހިޔާލީ ރޮނގެކެވެ. މި ރޮނގުން ވިދިވިދިގެން އަންނަ ދެ ތާރީޚު ވަކިކޮށްދެއެވެ. މި ފްލައިޓްގައި ދަތުރުކުރާ ފަސިންޖަރުން ހޮންގކޮންގުން ފުރީ އައު އަހަރުގެ...

މިއީ އިޤުތިޞާދީ ފުދުންތެރިކަން އިއާދަވާންފަށާނެ އަހަރެއް: ރައީސް
Raajje

މިއީ އިޤުތިޞާދީ ފުދުންތެރިކަން އިއާދަވާންފަށާނެ އަހަރެއް: ރައީސް

މި ފެށުނު 2025 ވަނަ އަހަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ފަށައި، އިޤުތިޞާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބެންފަށާނެ އަހަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ވިދާޅުވެ ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތ...

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި
Raajje

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށް، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަން އިޢުލާންކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ޗައިނާގެ މިނިސްޓަރ އޮފް ކޮމާސް ވަންގ ވެންޓާއޯ އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވި ހާއްސަ އޮންލައިން ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމަކީ 2014 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށާއި، 20...

އުރީދޫ ހެޑް އޮފީހުގައި ފަޔަރ ޑްރިލްއެއް ކުރިއަށް ގެންގޮސްފި
Business

އުރީދޫ ހެޑް އޮފީހުގައި ފަޔަރ ޑްރިލްއެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް ކުރިއަށް ގެންގޮސްފިއެވެ. މި މަހުގެ 29 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑް އޮފީހުގައި ކުރިއަށްގެންދިޔަ މި ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންޖެހޭނެ ގޮތްތައް ޢަމަލީގޮތުން ވަނީ ފަރިތަކޮށްފައެވެ. މި ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ޚިދުމަތް ހޯދުމަށް އައިސްތ...

ގޯތި ދޫކުރި މައްސަލައިގައި ހިމެނޭ ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި
Raajje

ގޯތި ދޫކުރި މައްސަލައިގައި ހިމެނޭ ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގާ ގުޅިގެން ފުރުން މަނާކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ކުރި އަމުރު ބާތިލްކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވި ގޮތުގައި، މި ނުވަ މީހުންގެ ޕާސްޕޯޓު ދޫކޮށްލީ ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފާ މަޝްވަރާކުރުމަށްފަހު، އޭނާގެ ލަފާގެ މަތިންނެވެ. މި މައްސަލައިގައި މުޅިއެކު 20 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ. އޭގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީ...