ރައީސް ޑރ. މުޢިއްޒުއަށް އެސްޓޯނިއާއިން ހޫނު މަރުޙަބާއެއް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އެސްޓޯނިއާއިން ރަސްމީކޮށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. އެސްޓޯނިއާގެ ރިޔާސީ ގަނޑުވަރުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ވަފްދަށް އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސް ރަސްމީކޮށް މަރުޙަބާ ދެންނެވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި ގާޑް އޮފް އޮނަރއެއް އަރުވާފައިވެއެވެ. އެއަށްފަހު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ވަނީ އެ ޤައުމު...