މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,666 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ސަޢޫދީން ޙައްޖާޖީންނަށް ދެއްވާ މެހެމާންދާރީއާއި ޚިދުމަތްތަކަށް ރައީސްގެ ޝުކުރު
Raajje

ސަޢޫދީން ޙައްޖާޖީންނަށް ދެއްވާ މެހެމާންދާރީއާއި ޚިދުމަތްތަކަށް ރައީސްގެ ޝުކުރު

ޙައްޖާޖީންނަށާއި ޢުމްރާގެ އަޅުކަމަށް އަންނަ މީހުންނަށް، އަދި ދެ ޙަރަމްފުޅު ޤަޞްދުކޮށްގެން ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދެއްވާ ޚާއްޞަ މެހެމާންދާރީއާއި ޚިދުމަތްތަކަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށާއި، އެ ޤައުމުގެ ސަރުކާރަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުނ...

ހަވީރު މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާ
Raajje

ހަވީރު މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މަނާ

މިއަދުގެ ހަވީރު 4 އިން 6 އަށް ވެހިކަލް ދުއްވުން މަނާވާނީ ހަމައެކަނި މާލެ އާއި ވިލިމާލޭގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފި އެވެ. މިއީ މީގެ ދެ ދުވަސް ކުރިން މާލޭ ސިޓީ ކައުންސިލުން ގްރޭޓަރ މާލޭ އޭރިއާގެ ހުރިހާ މަގެއްގައި ވެހިކަލް ދުއްވުން މަނާކުރުމަށް ނިންމި ނިންމުމަށް ގެނައި ބަދަލެކެވެ. މާލޭ ސިޓީ ކައުންސިލުން ބުދަ ދުވަހު ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވަނީ، 2022 ވަނަ އަހަރުގެ ޖޫން 13 ވަނަ […]

ދިވެހިން ޕާޗޭސިންގެ ދާއިރާގައި ބާރުވެރިކުރުމަށް އެސޯސިއޭޝަނެއް އުފައްދައިފި
Raajje

ދިވެހިން ޕާޗޭސިންގެ ދާއިރާގައި ބާރުވެރިކުރުމަށް އެސޯސިއޭޝަނެއް އުފައްދައިފި

މޯލްޑިވިއަން އެސޯސިއޭޝަން ފޯރ ޕްރޮކިއުމެންޓް އެންޑް ލޮޖިސްޓިކުސް އެމްޕްލޯޔީސް (މެޕްލް) ގެ ނަމުގައި އައު ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކޮށްފި އެވެ. މި ޖަމްޢިއްޔާ ރަޖިސްޓްރީ ކުރެވިފައިވަނީ ޤާނޫނު ނަންބަރު 2022/3 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސްގައެވެ. މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ޕްރޮކިއުމެންޓް، ލޮޖިސްޓިކުސް އަދި ސަޕްލައި ޗެއިންގެ ދާއިރާއަށް ދިވެހި ޒުވާނުން ނެރުމާއި، ދިވެހި ސަޕްލަޔަރުންގެ އުފެއްދުންތައް ރިސޯޓު...

މާލެ ސަރަހައްދަށް އަނެއްކާވެސް ބޮޑު ހޮސްޕިޓަލެއް، ނަމަކީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"
Raajje

މާލެ ސަރަހައްދަށް އަނެއްކާވެސް ބޮޑު ހޮސްޕިޓަލެއް، ނަމަކީ "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"

ވިލިމާލޭގައި ޗައިނާގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 112 އެނދުގެ އާ ހޮސްޕިޓަލަށް “ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް” ގެ ނަން ދީ މާލެ ސަރަހައްދަށް އަނެއްކާވެސް ބޮޑު ހޮސްޕިޓަލެއް އެޅުމަށް ނިންމައިފިއެވެ. މި ނިންމުން އިއުލާންކުރެވުނީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ “ލެޓާ އޮފް އެކްސްޗޭންޖު” ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، މި އެއްބަސްވު...

"ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކިހިނެއްތޯ ފެންނަނީ؟" ނަޝީދު ފޮނުއްވި މެސެޖެއް
Raajje

"ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކިހިނެއްތޯ ފެންނަނީ؟" ނަޝީދު ފޮނުއްވި މެސެޖެއް

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މި ކަން އެމަނިކުފާނު ހާމަކުރައްވާފައިވަނީ އެމްޑީޕީ އަދި ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުންނަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ “ކިހިނެއްތޯ ފެންނަނީ؟، ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫނާރާނެ” ކަމަށެވެ. ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ނިޒާމު ތަޢާރަފުވެގެން އައިއިރު، އެންމެ ކުރީ ސަފުގައި ހ...

އަނަސްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރާތީ ޕީޖީން އަނެއްކާވެސް ސުޕްރީމް ކޯޓަށް
Raajje

އަނަސްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރާތީ ޕީޖީން އަނެއްކާވެސް ސުޕްރީމް ކޯޓަށް

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމުމުން އެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން […]

އެމްޓީސީސީގެ ބަސްތައް މަގުމަތިކޮށް، ޕާކުކުރަމުން އައި ބިން ޑިންގީ އެސޯސިއޭޝަން އަށް
Business

އެމްޓީސީސީގެ ބަސްތައް މަގުމަތިކޮށް، ޕާކުކުރަމުން އައި ބިން ޑިންގީ އެސޯސިއޭޝަން އަށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބަސްތައް ޕާކުކުރަމުން އައި ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗުޑީސީ) ޑިންގީ އެސޯސިއޭޝަންއަށް ދީފިއެވެ. މާލޭ ސަރަހައްދުގެ ގިނަ ބައެއް ބޭނުން ކުރަމުން އަންނަ ބަސްތައް މިހާރު ޕާކުކުރަން ޖެހެނީ ފިތުރޯނު މަގުގައެވެ. މި މަގަކީ ބާރު ބޮޑު މަގަކަށް ވުމުން ބޭނުން ކުރާ ފަރާތްތަކަށް ވެސް އުނދަގޫތަކާ ކުރިމަތިވަމުން ދާކަން ފާހަގަކުރެވެއެވެ. އަދި 25 އަށްވުރެ ގިނަ ބަސް މަގުމަތީގައި ޕާކުކޮށްފައި ބެހެއްޓުމުގެ ސަބަބުން ބަސްތައް […]

މާމިގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެރަށު ބަޔަކު ހައްޔަރުކޮށްފި
Raajje

މާމިގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެރަށު ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ޖޫން މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި އދ. މާމިގިލި/ ރީފްސައިޑް، ރިސްވާން އިބްރާހިމް (30އ) އާއި އދ. މާމިގިލި / ވިލެޖް، އަޙްމަދު ފިރުޝާން (28އ) އާއި އދ. މާމިގިލި / ރޯޅި، މުޙައްމަދު ޝަހުދު (27އ) އާއ...

ޖީ7 ސަމިޓަށް މޯދީއަށް ދަޢުވަތު ނުފޮނުވަން ކެނެޑާއިން ނިންމައިފި
International

ޖީ7 ސަމިޓަށް މޯދީއަށް ދަޢުވަތު ނުފޮނުވަން ކެނެޑާއިން ނިންމައިފި

ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދު އޮތް ގައުމު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މިއަހަރުގެ ޖީ7 ސަމިޓަށް ދަޢުވަތު ނުފޮނުވަން ކެނެޑާއިން ނިންމައިފިއެވެ. މިއީ 2019 ވަނަ އަހަރުން ފެށިގެން އިންޑިއާ މި ސަމިޓުގައި ބައިވެރިނުވާ ފުރަތަމަ ފަހަރެވެ. ސަމިޓަށް ދަޢުވަތު ހޯދުމަށް އިންޑިއާގެ ބޮޑުވަޒީރުގެ ފަރާތުން އެތައް މަސައްކަތްތަކެއް ކުރެއްވިކަމަށް އަޑު ފެތުރިފައިވެ އެވެ. މީގެ ތެރޭގައި އެސް. ޖައިޝަންކަރު ސަމިޓުގެ އެންމެ ފަހުގެ ވަގުތުތަކުގައިވެސް ކެނެޑާއާއެކު ގުޅުން ރަނގަޅުކުރުމަށް މަސައ...

ނޮޅިވަރަންފަރާއި ކުޅުދުއްފުށީގައި ޝޫޓްކުރި "ކަނބުލޮ" އޯގަސްޓް މަހު އަޅުވަނީ
Thiladhunmathi News

ނޮޅިވަރަންފަރާއި ކުޅުދުއްފުށީގައި ޝޫޓްކުރި "ކަނބުލޮ" އޯގަސްޓް މަހު އަޅުވަނީ

ހދ. ނޮޅިވަރަންފަރާއި ހދ. ކުޅުދުއްފުށި ސިޓީގައި ޝޫޓްކުރި “ކަނބުލޮ” މި އަހަރުގެ އޯގަސްޓް މަހު އަޅުވާނެ ކަމަށް އިޢުލާނުކޮށްފިއެވެ. ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯއިން ހުށަހަޅާ މި ފިލްމަކީ، ކުޑަކުދިންނަށާއި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ ފަރާތްތަކުން އެމީހުންނަށް ދެމުންދާ އަނިޔާތަކަށް ކެތްކުރުމަށް މަޖުބޫރުކުރުވާ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލާފައިވާ ފިލްމެކެވެ. މި ފިލްމުގައި މުޖުތަމަޢުގައި އަބުރުވެރިންގެ ގޮތުގައި އުޅޭ މީހުން، ގޭތެރޭގައި ފޮރުވިގެން ތިބެ ކުޑަކުދިންނަށް ކ...

ދިވެހި ޙާޖީންނަށް ޚިދުމަތް ކުރުމަކީ ލިބޭ ޝަރަފެއް: މައްކާ ރޫޓު އިނީޝިއޭޓިވް
Raajje

ދިވެހި ޙާޖީންނަށް ޚިދުމަތް ކުރުމަކީ ލިބޭ ޝަރަފެއް: މައްކާ ރޫޓު އިނީޝިއޭޓިވް

ދިވެހި ޙާޖީންނަށް ޚިދުމަތް ކުރުމަކީ ލިބޭ ޝަރަފެއްކަމަށް މައްކާ ރޫޓު އިނީޝިއޭޓިވްއިން ބުނެފިއެވެ. ތިން ވަނަ ފްލައިޓުގައި މިއަދު ފުރި ޙައްޖުވެރންގެ ތެރެއިން ބައެއް ޙައްޖުވެރިންގެ ފޮޓޯއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގެ ރަސްމީ މީސްމީޑިއާ ވަސީލަތްތައް މެދުވެރިކޮށް މިއަދު އާއްމު ކުރި މެސެޖުގައި ބުނެފައިވަނީ “ތިޔަބޭފުޅުންނަށް ޚިދުމަތްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެކެވެ.” ކަމަށެވެ. މިއީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖުވެރިން މައްކާއަށް ދަތުރުކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެ...

ކުރީ ސަރުކާރުގެ ލިސްޓުން ޝަރުތު ހަމަނުވާ މީހުން އުނިކޮށް، ސެޕްޓެމްބަރުގެ ނިޔަލަށް ފްލެޓް ހަވާލުކުރަނީ
Raajje

ކުރީ ސަރުކާރުގެ ލިސްޓުން ޝަރުތު ހަމަނުވާ މީހުން އުނިކޮށް، ސެޕްޓެމްބަރުގެ ނިޔަލަށް ފްލެޓް ހަވާލުކުރަނީ

ހުޅުމާލޭގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރިއަށްދާ 4،000 ފްލެޓްގެ މަޝްރޫޢު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމައި، ފްލެޓްތައް ހައްގުވެރިންނާ ހަވާލުކުރުމަކީ މި ސަރުކާރުގެ އަމާޒު ކަމުގައި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހާމަކުރެއްވި ގޮތުގައި މިހާތަނަށް 1،000 ފްލެޓްގެ އަމަލީ މަސައްކަތް ވަނީ ނިމިފައެވެ. މި ފްލެޓްތަކަށް އަސާސީ ހިދުމަތްތައް ކަމުގައިވާ ފެން، ނަރުދަމާ އަދި ކަރަންޓު ގުޅުމުގެ...

ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި
Raajje

ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވުމާ ގުޅިގެން ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު މިރޭ 23:30 ގެ ނިޔަލަށް އިތުރުކޮށްފިއެވެ. މި ސަރަހައްދުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ. މި ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ގުގުރުމުގެ އިހްތިމާލު އޮތް ކަމަށް ވެސް އެ އިދާރާއިން […]

ތުރާކުނުގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް
Thiladhunmathi News

ތުރާކުނުގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް

ހއ. ތުރާކުނުގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިއަދު ވަނީ ހާމަކޮށްފައެވެ. އެމްޓީސީސީން މިއަދު އާންމުކުރި އެންމެ ފަހުގެ މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި، މިސްކިތް އިމާރާތުގެ ރޫފް ބީމްތަކާއި ނަމާދުކުރާ ސަރަހައްދުގެ ތިންވަނަ ފަންގިފިލާގެ ސްލެބްގެ ޝަޓަރިންގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން، ވުޟޫކުރާ ސަރަޙައްދުގެ ކޮންކްރީޓް މަސައްކަތްވެސް މިހާރު ވަނީ ނިންމާލެވިފައެވެ. 2023 ވަނަ އަ...

ވާނުވާ ބަންދުގައި ތިބި ފަރާތްތަކަށް ލުއި ދޭން ފަށައިފި
Raajje

ވާނުވާ ބަންދުގައި ތިބި ފަރާތްތަކަށް ލުއި ދޭން ފަށައިފި

“ވާނުވާ ބަންދު” ގައި ތިބި ފަރާތްތަކަށް ލުއި ދިނުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ. މިކަން ރައީސް ހާމަކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ދައުލަތުގެ އިދާރާތަކުން ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މީގެ ތެރެއިން، ކޯޓުން ކަނޑައަޅާފައިވާ ޝަރުތުތަކާއެކު އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ދަށުން ބަންދަށް...