Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,665 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މައުރޫފް އިސްތިއުފާ ދެއްވައިފި
Business

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މައުރޫފް އިސްތިއުފާ ދެއްވައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މައުރޫފު ޖަމީލް މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އެނގިފައިވާ ގޮތުގައި ރިޓަޔާ ކުރައްވަން ނިންމަވާފައިވަނިކޮށް، މައުރޫފް އިސްތިއުފާ ދެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެންގުމުންނެވެ. އެޗްޑީސީން މި މައުލޫމާތު ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައިވީ ނަމަވެސް، މައުރޫފް އިސްތިއުފާދެއްވި ސަބަބެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން މައުރޫފް ރިޓަޔާ ކުރައްވަން ނިންމަވ...

އަނިޔާވެރި އިސްރާއީލުން ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 60،000 އަށް އަރައިފި
International

އަނިޔާވެރި އިސްރާއީލުން ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ އަދަދު 60،000 އަށް އަރައިފި

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 60،034 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދީފި އެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 113 މީހުން ހޮސްޕިޓަލުތަކަށް ގެނެވިފައިވާ އިރު، 637 މީހުން ޒަހަމްވެފައިވެއެވެ. މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވެފައިވަނީ 145،870 މީހުންނެވެ. މީގެ އިތުރުން، ޝަހީދުވެފައިވާ ގިނަ އަދަދެއ...

ސްޓެލްކޯއިން ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފި
Business

ސްޓެލްކޯއިން ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފި

އއ. ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ސްޓެލްކޯއިން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. ސްޓެލްކޯއިން ބުނީ، މި މަޝްރޫޢުގެ ދަށުން، ރަށުގެ ޑިސްޓްރިބިއުޝަން ވިއުގައިގެ 90 އިންސައްތަ ވަނީ އެއްކޮށް އައު ކުރެވިފައިކަމަށެވެ. މި މަޝްރޫޢުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފެރިދޫ އިންޖީނުގޭގައި 2000 އެމްޕަޔަރގެ ޒަމާނީ ކޮންޓްރޯލް ޕެނަލެއް ބެހެއްޓި، އެ ޕެނަލް މިހާރު ބޭނުންކުރަން ފަށާފައިވުމެވެ. މި އައު ނިޒާމުގެ ސަބަބުން، ކުރިން ރަށުގައި ދިމާވަމުން އައި ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ […]

ނޮޅިވަރަންފަރުގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކަށް، 65 އަހަރުގެ މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް
Thiladhunmathi News

ނޮޅިވަރަންފަރުގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކަށް، 65 އަހަރުގެ މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް

ނޮޅިވަރަންފަރުގައި ހާއްސައެހީއަށް ބޭނުންވާ އަންހެނަކަށް، ދުވަސްވީ މީހަކު ޖިންސީ ގޯނާކުރި މައްސަލައެއް ހދ. ނޮޅިވަރަންފަރުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ނަފްސާނީ ބައްޔަށް ބޭސްކުރަމުން އަންނަ އަންހެނަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ. މިކަމާއި ގުޅިގެން “ތިލަދުން” އަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ، ހދ. ނޮޅިވަރަންފަރުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 40 އަހަރުގެ އަންހެނަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާ ކަ...

ވަޅިން ހަމަލާދީ މަރާލި ކަމަށް ކޯޓުގައި އިއުތިރާފުވުމާ ގުޅިގެން، ޝަރީއަތް ނިމެންދެން ބަންދު
Thiladhunmathi News

ވަޅިން ހަމަލާދީ މަރާލި ކަމަށް ކޯޓުގައި އިއުތިރާފުވުމާ ގުޅިގެން، ޝަރީއަތް ނިމެންދެން ބަންދު

ލ. މާވަށުގައި އިއްޔެ ހިނގި މާރާމާރީއެއްގައި އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމް (29) އަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ކޯޓުގައި އިއުތިރާފުވުމާ ގުޅިގެން، މި މައްސަލައިގައި ތުހުމަތުކުރެވޭ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، މުޙައްމަދު އިބްރާހީމް (29) ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. މި ހާދިސާ ހިނގީ އިއްޔެ ހެނދުނު 10:10 ހާއިރުއެވެ. މޫސަގެ ކަރަށް ވަޅިން ހަމަލާ ދިނުމަށްފަހު މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ އަމިއްލައަށެވެ. އަދި އޭނާ މޫސަ މަރާލަން ބޭނުންކުރި ކަމަށް […]

އައިފޯން 17 ނެރޭނެ ތާރީޚާއި އައު ފީޗަރތަކާއި ގުޅިގެން ދެކެވޭ ވާހަކަތައް!
International

އައިފޯން 17 ނެރޭނެ ތާރީޚާއި އައު ފީޗަރތަކާއި ގުޅިގެން ދެކެވޭ ވާހަކަތައް!

އެޕަލްގެ އައު އައިފޯން 17 ސީރީޒް ނެރުމަށް ހަމަޖެހިފައިވާ ރަސްމީ ދުވަހެއް އަދި ހިމެނޭނޭ ފީޗާރތަކެއް އިޢުލާނެއް ނުކުރެއެވެ. ނަމަވެސް، އެޕަލްގެ ފޯނުތަކުގެ އިންތިޒާރުކުރާ މީހުންނާއި ދިރާސާކުރާ ފަރާތްތަކުން އަންނަނީ ދުވަސްތަކެއް އަދި އައު އައިފޯނުގައި ހިމެނޭނެ އައު ފީޗާރތަކާއި މެދު ބަހުސްކުރަމުންނެވެ. އެޕަލްގެ އާދަކާދައަށް ބަލާއިރު، އާންމުކޮށް އައު އައިފޯން ތަޢާރަފުކުރަނީ ލޭބަރ ޑޭގެ ފަހުން އަންނަ ފުރަތަމަ އަންގާރަ ދުވަހުއެވެ. ނަމަވެސް 2025 ގައި މި ތާރީޚް ބަދަލުވެ، ސެޕްޓެމްބަރ 3 ނުވަތަ 9 […]

ޓްރަމްޕުގެ މުޙުލަތައް ރަޝިޔާގެ ރައްދު: ރަޝިޔާއަކީ އިޒްރޭލް އަދި އީރާނެއް ނޫން
International

ޓްރަމްޕުގެ މުޙުލަތައް ރަޝިޔާގެ ރައްދު: ރަޝިޔާއަކީ އިޒްރޭލް އަދި އީރާނެއް ނޫން

ރަޝިޔާ އާއި ޔުކްރެއިންގެ ހަނގުރާމައިގެ ކަންތައް ހައްލުކުރުމަށް 50 ދުވަހުގެ މުއްދަތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިނުމާއި ގުޅިގެން ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން ދިމިޓްރީ މެދްވެދެވް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާއަށް ދީފައިވާ އަލްޓިމޭޓަމްއަށް ރައްދުދީ، ރަޝިޔާއަކީ އިޒްރޭލް އަދި އީރާނެއްވެސް ނޫންކަމަށް ވިދާޅުވެ އެއީ ރަޝިޔާ އާއި އެމްރިކާ އާއި ދެމެދުގައި ހަނގުރާމަ އެއް އިޢުލާން ކުރުމަށް ދިން ދަޢުވަތެއްކަމަށް ސިފަކޮށްފައިވެއ...

އިސްރާއިލާއި ދެކޮޅަށް އިންޑިއާއިން ފިޔަވަޅު އެޅުމަށް ދީނީ ޖަމިއްޔާތަކުން ގޮވާލައިފި
International

އިސްރާއިލާއި ދެކޮޅަށް އިންޑިއާއިން ފިޔަވަޅު އެޅުމަށް ދީނީ ޖަމިއްޔާތަކުން ގޮވާލައިފި

ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އިންޑިއާ ސަރުކާރުން ވަގުތުން ފިޔަވަޅު އެޅުމަށް އެގައުމުގެ އިސް މުސްލިމް ޖަމްޢިއްޔާތަކާއި ދީނީ ޢިލްމުވެރިން ސަރުކާރަށް ގޮވާލައިފި އެވެ. މިފަދައިން އިންޑިއާގެ ސަރުކާރަށް ގޮވާލި ފަރާތްތަކުގެ ތެރޭގައި އޯލް އިންޑިއާ މުސްލިމް ޕަރސަނަލް ލޯ ބޯޑު، ޖަމްޢިއްޔަތުލް ޢުލަމާއެ ހިންދު، ޖަމާޢަތެ އިސްލާމީ ހިންދު، މަރްކަޒީ ޖަމްޢިއްޔަތު އަހްލެ ހަދީޘް އަދި ސްޓޫޑެންޓްސް އިސްލާމިކް އޯގަނައިޒޭޝަން އޮފް އިންޑިއާ ފަދަ ޖަމްޢިއްޔާތައް ހިމެނެއެ...

ތައިލެންޑާއި ކެމްބޯޑިއާ ހަނގުރާމަ ނިމުމަކަށް
International

ތައިލެންޑާއި ކެމްބޯޑިއާ ހަނގުރާމަ ނިމުމަކަށް

މެލޭޝިއާގައި ބޭއްވުނު މަޝްވަރާތަކަކަށް ފަހު، ތައިލެންޑާއި ކެމްބޯޑިއާ އާ ދެމެދު ހިނގަމުންދިޔަ ހަނގުރާމަ ނިމުމަކަށް އައުމަށް އެއްބަސްވެއްޖެއެވެ. ފަސް ދުވަސް ވަންދެން މި ދެ ގައުމުގެ މެދުގައި ހިނގަމުންދިޔަ ހަނގުރާމައިގެ ސަބަބުން އެތައް ބަޔަކު ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާއިރު، މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެންމެ ބޮޑަށް މަޝްވަރާތަކެއްކޮށް މަސައްކަތް ކުރީ މެލޭޝިއާ އިސްވެ އޮވެއެވެ. މެލޭޝިއާގައި ބޭއްވުނު މަޝްވަރާތަކަށް ފަހު، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ މިއީ “އަމާންކަމާ...

ތުރުކީން ޓެސްޓުކުރި "ގަޒަޕް" ބޮމަކީ ނިއުކްލިއަރ ފިޔަވައި އެންމެ ވަރުގަދަ ބޮން!
International

ތުރުކީން ޓެސްޓުކުރި "ގަޒަޕް" ބޮމަކީ ނިއުކްލިއަރ ފިޔަވައި އެންމެ ވަރުގަދަ ބޮން!

ތުރުކީގެ މިލިޓަރީ ޑިފެންސް އިންޑަސްޓްރީން ވަނީ މިހާތަނަށް އެ ގައުމުން އުފައްދާފައިވާ އެންމެ ވަރުގަދަ އެއަރ-ޓު-ސަރފެސް ބޮމު ކަމަށްވާ “ގަޒަޕް” ތަޢާރަފުކޮށް ދުނިޔެއަށް ދައްކާލާފަ އެވެ. “ގަޒަޕް” ގެ ނަމުން ނަންދެވިފައިވާ ބޮމަކީ ނިއުކްލިއަރ ފިޔަވައި މިހާތަނަށް އުފެއްދި އެންމެ ވަރުގަދަ ބޮން ކަމަށް ބުނެ އެވެ. މި ބޮން ތަޢާރަފުކޮށްފައި ވަނީ ތުރުކީގެ އިސްތަންބޫލުގައި ބޭއްވުނު އިންޓަނޭޝަނަލް ޑިފެންސް އިންޑަސްޓްރީ ފެއަރ (އައިޑީއީއެފް) 2025 ގައެވެ. ތުރުކީގ ނޭޝަނަލް ޑިފެންސް މިނިސްޓްރީގެ ރިސަރޗް އެންޑް ޑިވެލޮޕ...

ރެކޯޑު ފޮތުން ޖާގަ ހޯދީ، އެންމެ ގިނަ ސަރަޙައްދެއްގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އަރުވައިގެން
Raajje

ރެކޯޑު ފޮތުން ޖާގަ ހޯދީ، އެންމެ ގިނަ ސަރަޙައްދެއްގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އަރުވައިގެން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބޭއްވި ހަވާ އެރުވުމުގެ ހަރަކާތުން ދިވެހިރާއްޖެއިން ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފައެވެ. އެންމެ ގިނަ ސަރަޙައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އެރުވުމުގެ މި ރެކޯޑު ހާސިލުކުރެވުނީ ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއުޒިކާއެކު، އެއްފަހަރާ 19 ސަރަޙައްދެއްގައި ހަވާ އަރުވައިގެންނެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުލެ، މާލެ އަދި ހުޅުމާލެ ސަރަޙައްދު ހިމެނޭ ގޮތަށެވެ. މި ރެކޯޑްގެ ލިޔުން މޯލްޑި...

ސަރުކާރުގެ އައިނު ފިހާރަ "އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް" ހުޅުވައިފި
Raajje

ސަރުކާރުގެ އައިނު ފިހާރަ "އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް" ހުޅުވައިފި

ސަރުކާރުން ފޯރުކޮށްދެއްވާ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި ޤާއިމުކުރެއްވި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ، އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފިހާރަ ބައްލަވާލައްވާފައެވެ. އަދި އެ ފިހާރައިން ޚިދ...

ގްރީސް އަދި ޓަރކީގައި ހޫނުގަދަވެ، އަލިފާނުގެ ގިނަ ހާދިސާތަކެއް
International

ގްރީސް އަދި ޓަރކީގައި ހޫނުގަދަވެ، އަލިފާނުގެ ގިނަ ހާދިސާތަކެއް

ދެކުނު ޔޫރަޕްގެ ގްރީސް އަދި ޓަރކީގައި ހޫނު ގަދަވެ އަލިފާނުގެ ގިނަ ހާދިސާތަކެއް ހިނގަމުން އެބަދެ އެވެ. ޔޫރަޕުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަލިފާނުގެ ހާދިސާތަކުގައި ޓަރކީގައި އެކަނިވެސް 14 މީހަކު ވަނީ މަރުވެފައެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް 84 އަލިފާނުގެ ހާދިސާއާ އެކި ސަރަހައްދުތަކުން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން، ޓަރކިއޭގެ ހަތަރުވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ބަރުސާ ސިޓީ ވަށައިގެންވާ ފަރުބަދަތަކުގައި ރޯވެފައިވާ އަލިފާން އިތުރަށް ފެތުރި، އާދީއްތަ ދުވަހުގެ ރޭ [...

އަސުރު ނަމާދުން ފެށިގެން އައު ޓަރމިނަލުން ބަންގީގެ އަޑު އިވޭނެ: ރައީސް
Raajje

އަސުރު ނަމާދުން ފެށިގެން އައު ޓަރމިނަލުން ބަންގީގެ އަޑު އިވޭނެ: ރައީސް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުގައި ފަސް ވަގުތު ނަމާދުގެ ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިނިވަން ދުވަހު ރަސްމީކޮށް ހުޅުވާފައިވާ އައު ޓަރމިނަލުގައި ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާފައިވާކަން އިއުލާން ކުރައްވަމުން، މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މިއަދުގެ އަސުރު ނަމާދުން ފެށިގެން ފަސް ވަގުތު ބަންގީގެ އަޑު އިވޭނެ ކަމަށެވެ. ވެލާނާ އިންޓަނ...

އެމެރިކާގެ ދަރަނި އަދާކުރުމަށް ރައްޔިތުންގެ އެހީ ހޯދަން ލުއިގޮތްތަކެއް
International

އެމެރިކާގެ ދަރަނި އަދާކުރުމަށް ރައްޔިތުންގެ އެހީ ހޯދަން ލުއިގޮތްތަކެއް

އެމެރިކާގެ ޓްރެޜަރީން އެ ޤައުމުގެ 36.65 ޓްރިލިއަން ޑޮލަރުގެ ދަރަނި އަދާކުރުމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ހޯދުމަށް ލުއިގޮތްތަކެއް ތައާރަފުކޮށްފި އެވެ. 1996 އަހަރުން ފެށިގެން ހިންގަމުން އަންނަ ޕްރޮގްރާމަށް މިހާރުވަނީ ޕޭޕަލް އަދި ވެންމޯ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އެކްސިއޯސްގެ ރިޕޯޓެއްގައި ބުނާ ގޮތުން، މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން ލިބިފައިވަނީ އެންމެ 67.3 މިލިއަން ޑޮލަރެވެ. މިއީ ޖުމްލަ ދަރަނީގެ ނިސްބަތުން ވަރަށް ކުޑަ އަދަދެކެވެ. ޓްރެޜަރީގެ ޕޭ.ގޮވް ޕްލެޓްފޯ...