ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ފައްޔާޟުގެ ޓީމުން މަސައްކަތް ފަށައިފި
އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލިހަށް ހުށަހެޅުމަށްޓަކައި ސޮއި ހަމަކުރުގެ މަސައްކަތް ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަނިމާދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ގަޕޯ މަގާމުން ދުރުކުރުމުގެ މި މަސައްކަތް އިސްވެ ކުރިއަށް ގެންދަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށ...