Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,662 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

"ހިމޭން އަޑު" ގެ ނަމުގައި ޚާއްޞަ ޓީވީޕްރޮގްރާމެއް ފަށައިފި
Raajje

"ހިމޭން އަޑު" ގެ ނަމުގައި ޚާއްޞަ ޓީވީޕްރޮގްރާމެއް ފަށައިފި

ގެވެށި އަނިޔާ ނުވަތަ ވަކި ވަކިޖިންސަކަށް ނިސްބަތްވީތީ ކުރެވޭ އަނިޔާއަށް އަމާޒުކޮށް އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝް (އަމްފާ) ގެ ފަރާތުން އެސްއެސްމީޑިޔާއާއި ގުޅިގެން އުފައްދާ ޓީވީ ސިލްސިލާ “ހިމޭން އަޑު” ގެ ފުރަތަމަ އެޕިސޯޑު ރޭގަ އެސްއެސްޓީވީ އިން ދައްކައިފިއެވެ. ވަރަށް މުހިންމު މަޢުލޫމާތު ތަކެއް ބެލުންތެރިންނަށް ގެނެސްދިން ރޭގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންނެވީ ޔޫއެންއެފްޕީއޭ ހެޑް އޮފް އޮފީސް ޝާދިޔާ އިބްރާހިމްއާއި މަދަނީ ޖަމިއްޔާއެއްކަމަށްވާ ހޯޕް ފޮރ ވިމެންގެ ޗެއަރޕާރސަން އަ...

ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ
Raajje

ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ނިޔާވެފައިވަނީ މާލެ، މ. ރޭއަލިވާގެއާގެ، އަޙްމަދު ނަވްޝާދު (41އ) އެވެ. އޭނާ ނިޔާވީ ބަންދު ގޮޅީގެ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން، ފަރުވާއަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 15 ވާ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ ނަވްޝާދު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕި...

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ 59 އަހަރުގެ މީހަކު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ
Thiladhunmathi News

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ 59 އަހަރުގެ މީހަކު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

ހދ. ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނަކު، އެ ރަށު ފަޅުތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. ފުލުހުން “ތިލަދުން” އަށް މައުލޫމާތު ދެއްވި ގޮތުގައި، ކުޅުދުއްފުށިން މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 15 ވަނަ ދުވަހުގެ މެންދުރުފަހު 13:48 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ. ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވަނީ މިއަދު މެންދުރުފަހު 15:00 [...

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވުޒާރާ އެއްކޮށްލައި، ވަޒީރަކަށް ޝިޔާމް
Raajje

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވުޒާރާ އެއްކޮށްލައި، ވަޒީރަކަށް ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ މަޤާމަށް އަލްފާޟިލް އަޙްމަދު ޝިޔާމް މިއަދު ޢައްޔަންކުރައްވައިފިއެވެ. މި މަޤާމަށް ވަޒީރު ޢައްޔަންކުރައްވައި، މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި އަޙްމަދު ޝިޔާމަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީ...

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި
Raajje

ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލުމުން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި

ޗާގޯސް އާކިޕެލަގޯ (ފޯޅަވަހި)، މޮރިޝަސްގެ ސަރުކާރާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ. މިކަމާ ގުޅިގެން ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފޯޅަވަހީގެ ކުރިމަގާއި އެ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ކަންކަމުގައި ދިވެހިރާއްޖޭގެ ގާނޫނީ އަދި ހައްގު މަސްލަހަތުތަކެއް އޮތްކަން ފާހަގަކުރާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން، މި މައްސަލައިގައި ދިވެހިރާއްޖެއާއެކު އަލުން މަޝްވ...

ހުއްދަނެތި ފާޑުފާޑުގެ ބޭސް އިމްޕޯރޓްކޮށް، ވިއްކާ އަދި އިޝްތިޙާރުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ
Raajje

ހުއްދަނެތި ފާޑުފާޑުގެ ބޭސް އިމްޕޯރޓްކޮށް، ވިއްކާ އަދި އިޝްތިޙާރުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ

ހުއްދަ ނެތި އެކި ބާވަތްތަކުގެ ބޭސް ރާއްޖެއަށް އެތެރެކޮށް، ވިއްކާ އަދި އިޝްތިހާރު ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ. އެ އޮތޯރިޓީން ބުނީ ބޭސް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި، އޮންލައިން ޕްލެޓްފޯމްތަކާއި އާންމު ފިހާރަތަކުގައި ބޭސް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެމްއެފްޑީއޭ އިން ހާމަކުރި ގޮތުގައި، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، މަސްތައް ވަރުގަދަ ކުރުމަށާއި،...

ޝީޝާ އަށް 92،000 ރުފިޔާގެ ފޭކް ސްލިޕެއް ފޮނުވި ބިދޭސީމީހާ އިތުރު 15 ދުވަހަށް ބަންދުކޮށްފި
Raajje

ޝީޝާ އަށް 92،000 ރުފިޔާގެ ފޭކް ސްލިޕެއް ފޮނުވި ބިދޭސީމީހާ އިތުރު 15 ދުވަހަށް ބަންދުކޮށްފި

92،000 ރުފިޔާގެ ފޭކް ސްލިޕެއް ޝީޝާ އަށް ފޮނުވައިގެން ސައިކަލެއް ގަތް ކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ، ތަހުގީގުގެ ބޭނުމަށް އިތުރު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ ސޮލައިމާން އާމިރުއެވެ. އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު، 92،000 ރުފިޔާގެ ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން ހުޅުމާލޭގައި ހުންނަ […]

ގަޕޯގެ އިތުބާރުގެ މައްސަލަ އަނބުރާ ގެންގޮސްފި، އިބްރޭ އާއި މައުރޫފްގެ މަގާމު އިއާދަކޮށްފި
Raajje

ގަޕޯގެ އިތުބާރުގެ މައްސަލަ އަނބުރާ ގެންގޮސްފި، އިބްރޭ އާއި މައުރޫފްގެ މަގާމު އިއާދަކޮށްފި

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އާ ދެކޮޅަށް ހުށަހަޅާފައި އޮތް އިތުބާރު ނެތްކަމުގެ މައްސަލަ މިރޭ އަނބުރާ ގެންގޮސްފިއެވެ. މި މައްސަލަ އަނބުރާ ގެންގޮސްފައިވަނީ ޕާޓީގެ އެތެރޭގައި އުފެދުނު ނުތަނަވަސްކަމަށް ހައްލެއް ގެނައުމަށް ފަހުގައެވެ. ގަޕޯގެ އިތުބާރުގެ މައްސަލަ އަނބުރާ ގެންދިޔައީ، ކުއްލި ގޮތަކަށް މަގާމުން ވަކިކުރި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) އާއި އެ ޕާޓީގެ […]

މިދިޔަ މަހުގެ ނިއަލަށް އާމްދަނީގެ ގޮތުގައި 512 މިލިއަން ޑޮލަރު ލިބުނު: މީރާ
Business

މިދިޔަ މަހުގެ ނިއަލަށް އާމްދަނީގެ ގޮތުގައި 512 މިލިއަން ޑޮލަރު ލިބުނު: މީރާ

މިއަހަރުގެ މާރިޗް މަހުގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 512 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާރިޗް މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 512,444,534 ޑޮލަރު ބަލައިގެންފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައި...

ރައީސް ޢުމްރާގެ އަޅުކަން ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި
Raajje

ރައީސް ޢުމްރާގެ އަޅުކަން ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތީ މި ހިނގާ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސުޢޫދުގެ ދަޢުވަތަކަށް ކުރެއ...

އިންޑޮނޭޝިއާގެ ހައްޖުވެރިއެއްގެ އަތުން 2 މިލިއަން ރުޕިއާ ކުޑަކުރަން ސަރުކާރުން ނިންމައިފި
International

އިންޑޮނޭޝިއާގެ ހައްޖުވެރިއެއްގެ އަތުން 2 މިލިއަން ރުޕިއާ ކުޑަކުރަން ސަރުކާރުން ނިންމައިފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މިއަހަރު އިންޑޮނޭޝިއާގެ ހައްޖުވެރިންގެ އަތުން ނަގާ އަގު 2 މިލިއަން ރުޕިއާ (ގާތްގަނޑަކަށް 117 އެމެރިކާ ޑޮލަރު) ކުޑަކުރަން އެގައުމުގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ނިންމަވައިފިއެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ ޚަރަދުތައް ވަރަށް ބޮޑަށް އުފުލިފައިވީ ނަމަވެސް، އެ ބުރަ ހައްޖުވެރިންގެ ބޮލުގައި ނޭޅުވުމަށް ރައީސް ޕްރަބޯވޯ ނިންމެވި ނިންމެވުމެކެވެ. މި ނިންމުމާއެކު، 2026 ވަނަ...

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ އައިފޯން ސެޕްޓެމްބަރު މަހު ނެރެނީ
Tech

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ އައިފޯން ސެޕްޓެމްބަރު މަހު ނެރެނީ

އެޕަލް ކުންފުނިން އުފައްދާ ފުރަތަމަ ފަތްޖަހާލެވޭ އައިފޯން މިއަހަރުގެ ސެޕްޓެމްބަރު މަހު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ބްލޫމްބާގް އިން ރިޕޯޓްކޮށްފިއެވެ. މި އާ ފޯނު ބާޒާރަށް ތައާރަފްކުރާނީ އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް މޮޑެލްތަކާ އެކުގައި ކަމަށް މައުލޫމާތު ލިބެއެވެ. މި ފޯނު އުފެއްދުމުގެ އިންޖިނިއަރިން ޓެސްޓް މަރުހަލާގައި ބައެއް ގޮންޖެހުންތައް ކުރިމަތިވެ، ފޯނު ނެރުން ލަސްވެދާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، މިހާރު މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށެވެ. އެ...

ފިނޭ ކައުންސިލްގެ ދެ ގޮނޑި ކަށަވަރުވެ މެޖޯރިޓީ ޕީއެންސީއަށް، ދެ ގޮނޑީގައި ވެސް ވޯޓެއްގެ ފަރަގު
Thiladhunmathi News

ފިނޭ ކައުންސިލްގެ ދެ ގޮނޑި ކަށަވަރުވެ މެޖޯރިޓީ ޕީއެންސީއަށް، ދެ ގޮނޑީގައި ވެސް ވޯޓެއްގެ ފަރަގު

އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ އިންތިޚާބުގައި ހަނި ފަރަގަކުން ފިނޭ ކައުންސިލްގެ ދެ ގޮނޑި ވެރިކަންކުރާ ޕީއެންސީ އަށް ކަށަވަރުވެއްޖެއެވެ. ހަނިމާދޫ ދާއިރާގެ މެމްބަރު އަދި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)ގެ އާއިލާ ނިސްބަތްވާ ފިނޭ ކައުންސިލްގެ ރައީސްގެ ގޮނޑި ކަށަވަރުކުރީ އެމްޑީޕީންނެވެ. މިގޮތުން ފިނޭ ކައުންސިލް ރައީސްގެ ގޮ...

ވޯޓާ ކުރިމަތިލުމަށް ގަޕޯ ތައްޔާރު، އޭނާގެ އިތުބާރު ނެތްކަމަށް ބޮޑު ތިލަދުންމަތީގެ ނުވަ ދާއިރާއެއްގެ ރައީސުން ސޮއިކުރި
Raajje

ވޯޓާ ކުރިމަތިލުމަށް ގަޕޯ ތައްޔާރު، އޭނާގެ އިތުބާރު ނެތްކަމަށް ބޮޑު ތިލަދުންމަތީގެ ނުވަ ދާއިރާއެއްގެ ރައީސުން ސޮއިކުރި

އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގައުމީ މަޖިލީހުގެ 55 މެމްބަރަކު ސޮއިކޮށްފައިވާއިރު، އޭގެ ތެރޭގައި ހއ. އަތޮޅާއި، ހދ. އަތޮޅާއި އަދި ށ. އަތޮޅަށް ނިސްބަތްވާ ގައުމީ މަޖިލީހުގެ 9 މެމްބަރަކު ހިމެނިއްޖެއެވެ. އިތުބާރުގެ މައްސަލާގައި ސާބިތުކަން ދައްކަވައި ގަޕޯ ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ ގޮތް ނިންމަންޖެހޭނީ ގައުމީ މަޖިލިހުގައި ނަގާ ވޯޓުން ކަމަށެވެ....

ނައިވާދޫ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް އެމްޑީޕީއަށް
Thiladhunmathi News

ނައިވާދޫ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް އެމްޑީޕީއަށް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ)ގެ ތާރީޚްގައި އެމްޑީޕީ އަށް ހދ. ނައިވާދޫން އެންމެ ބޮޑު ކާމިޔާބެއް ލިބުނު ފަހަރުކަމުގައި މި ފަހަރުވެއްޖެއެވެ. އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އެމްޑީޕީ އަށް ވަނީ ދެ ގޮނޑިއާއެކު ނައިވާދޫ ކައުންސިލްގެ މެޖޯރިޓީ ލިބިފައެވެ. އަދި ޑަބްލިޔުޑީސީގެ ރައީސާގެ ގޮނޑިވެސް ފުރަތަމަ ފަހަރަށް އެމްޑީޕީން ވަނީ ހޯދާފައެވެ. މި އިންތިޚާބުގައި ނައިވާދޫ ކައުންސިލްގެ ގޮނޑި މިހާރުގެ ރައީސް ޕީއެނ...