ޕާކިސްތާނުން އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ވިސާގެ ޚިދުމަތް ދޭން ފަށަނީ
ޕާކިސްތާން ސަރުކާރުން މާދަމާއިން ފެށިގެން ވިސާގެ ޚިދުމަތް ދޭން ހަމަޖެހިފައި ވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ. ޕާކިސްތާނަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް އެދި ފޮރިން މިނިސްޓްރީއިން ވިދާޅުވީ ޕާކިސްތާން ސަރުކާރުން މެނުއަލްކޮށް ދެމުންގެންދިޔަ ވިސާގެ ހިދުމަތް 31 ޖެނުއަރީ 2021 އިން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އަދި ހަމަ އެދުވަހުން ފެށިގެން އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް އެ ގައުމުން ވިސާގެ ހިދުމަތް ދޭން ފަށަން ނިންމާފައި...