އާންމުން ގޮވައިގެން ދަތުރުކުރި އިންޑޮނޭޝިޔާގެ މަތިންދާ ބޯޓެއް ފުރިފަހުން، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފިއެވެ.
ވީނުވީއެއް ނޭނގި ގެއްލިފައިވަނީ އިންޑޮނޭޝިޔާގެ ސްރިވިޖަޔާ އެއަރގެ ބޮއިން 500-737 މަރުކާގެ ބޯޓެކެވެ. އަދި ޖަކާޓާއިން ނައްޓާލިތާ މާގިނައިރެއް ނުވަނީސް އެ ބޯޓު ވަނީ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ގުޅުން ކެނޑިފައެވެ.
ބޯޓާއި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ގުޅުން ކެނޑުނީ، ބޯޓު އެއާޕޯޓުން ފުރިތާ 4 މިނެޓްފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭރު އެ ބޯޓު ދަތުރު ކުރަމުން ދިޔައީ އެ ގައުމުގެ ވެސްޓް ކަލިމަންޓަން ޕްރޮވިންސްގެ ޕޮންޓިއަނަކަށެވެ.

ނިވިޔޯކު ޕޯސްޓް ބުނާގޮތުން އެ ބޯޓުގައި ޖުމްލަ 62 މީހުން ދަތުރު ކުރިއެވެ. އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އޭޖެންސީން މިހާރު ވަނީ އެ ބޯޓާއި ގުޅުން ކެނޑުނު ސަރަހައްދަށް އޮފިޝަލުން ފޮނުވާފަ އެވެ.
ބީބީސީން ރިޕޯޓު ކުރި ގޮތުގައި އެ ބޯޓުގެ ރެޖިސްޓްރޭޝަން މައުލޫމާތުގައިވާ ގޮތުން އެއީ 27 އަހަރުވެފައިވާ، ބޯއިން 737-500 މަރުކާގެ ބޯޓެކެވެ. އަދި އެއީ 2018 އާއި 2019 ވަނަ އަހަރު ވެއްޓުނު ބޯއިން 737 މެކްސް މަރުކާގެ ބޯޓުތަކަށް ވުރެ ޒަމާންވީ މޮޑެލްއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!