ޑރ. ޓެޑްރޯސް ކަރަންޓީނަށް
ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ކަރަންޓީނަށް ވަޑައިގެންފިއެވެ. ޑރ. ޓެޑްރޯސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއާ ކޮންޓެކްޓްވި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ ކަރަންޓީނުގައި ހުންނެވި ކަމަށެވެ. އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި، ހާލުކޮޅުވެސް ރަނގަޅު ކަމަށް ޑރ. ޓެޑްރޯސްގެ އެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވެއެވެ. ބައްޔަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓަކަށްވުމުން ޑަބްލިޔޫއެޗްއޯގެ ޕްރޮޓ...