މާރާމާރީއެއްގައި ކުޑަކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ތުހުމަތުވި މީހާ ސަލާމަތްވެއްޖެ
މީގެ 10 އަހަރު ކުރިން މާލޭގައި ހިންގި މާރާމާރީއެއްގައި، އުމުރުން 14 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގައި އެކަމުގައި އެހީތެރިވި ކަމަށް ބުނެ ދައުވާކުރި އިރުފާން ރުޝްދީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ޖޫން, 2016 ގައި މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކެއްގެ ތެރެއިން 14 އަހަރުގެ ކުއްޖަކު މަރާލި މައްސަލާގައި މ. ކުރިރުއްގޭ އިރުފާން ރުޝްދީ ހައްޔަރުކުރީ އެ ހާދިސާއަށްފަހު އޭނާ ހޯދަމުންދާތާ ތިން އަހަރުފަހުން 2019 ވަނަ […]