ވައިކަރަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް ފުލުހުން ތަހުޤީގު ކުރަނީ
ވައިކަރަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް ތަހުޤީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިއަދު 19:01 ކަންހާ އިރު ވައިކަރަދޫގައި 2 ސައިކަލު ޖެހި އެކްސިޑެންޓް އެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މި މައްސަލައިގައި އެކްސިޑެންޓް ވެފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ދެ މީހުންގެ އަތުގައި ވެސް ލައިސަންސްއެއް ނެތްކަމަށް ފުލުހުންވަނީ ބުނެފައެވެ. މި އެކްސިޑެންޓް 48 އަހަރު މީހާގެ ބޯ ފަޅައިގެން ގ...