ތިލަފުށި ބުރިޖަކީ އެއްފަސްކުރަން އަޅާބުރިޖެއް ނޫންކަމަށް އިކޮނޮމިކް މިނިސްޓަރ، ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ މިއަދު "ތިލަދުން" ގައި ޝާއިރު ކުރި "ބުރިޖު އެޅުމާއި ބެހޭގޮތުން މިހާރުގެ ވަޒީރުން އޭރު ދެއްކެވި ވާހަކަ!" މި އާޓިކަލް ޓެގް ކުރައްވާ މީހަކު ޓުވިޓަރގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

މިނިސްޓަރ ފައްޔާޒު އިތުރަށް ބުނެފައިވަނީ ކުޑަކޮންވެސް ހިޔާލަކަށް ބަދަލެއް ނާންނަކަމަށާއި ތިލަފުށި ބުރިޖަކީ އެއްފަސްކުރުމަށް އަޅާ ބުރިޖެއް ނޫންކަމަށެވެ. އަތޮޅުތެރެ ތަރައްޤީ ގުރުބާން ކޮށްފަ ކުރާކަމެއް ނޫންކަމަށާއި ޕޯޓު ބަދަލުކޮށް އިޤްތިސާދީ ބޮޑު ހެޔޮ ބަދަލަކަށް ކުރާ ކަމެއް ކަމަށެވެ.