ޑަބްލިއުއެޗްއޯ އިން މުޅި ދުނިޔޭގައި އެމަޖެންސީ އިއުލާން ކޮށްފި
ޗައިނާއިން ފެނުނު ކޮރޯނާ ވައިރަސް ގިނަ ޤައުމުތަކެއްގައި ހަލުވިކަމާ އެކު ފެތުރެމުންދާތީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން މުޅި ދުނިޔެއަށް ސިއްހީ އެމެޖެންސީ އިއުލާންކޮށްފިއެވެ. ޗައިނާގެ ވޫހާންގައި ފެތުރެން ފެށި އެވައިރަސް މިހާރު ވަނީ ދުނިޔޭގެ އެތައް ޤައުމަކަށް ފެތުރި، އެތައް ބަޔަކު ނުރައްކަލަށް ހުށަހެޅިފައެވެ. އެކަމާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ސްވިޒަލެންޑުގެ ޖެނީވާގައި ބޭއްވި ކުއްލި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑް...